Roadha Mihaaru
ރަންދީރަށް ކޮވިޑް ޖެހި އެޑްމިޓްކޮށްފި

ރަންދީރު ކަޕޫރަށް ކޮވިޑް ޖެހި އެޑްމިޓްކޮށް، ފަރުވާދެނީ

29 އެޕްރީލް 2021

ބޮލީވުޑްގެ ބަތަލާއިން ކަމަށްވާ ކަރީނާ ކަޕޫރާއި ކަރިޝްމާ ކަޕޫރްގެ ބައްޕަ ރަންދީރު ކަޕޫރް ކޮވިޑަށް ޕޮޒިޓިވްވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ބަތަލާއިން ކަމަށްވާ ކަރީނާ ކަޕޫރާއި ކަރިޝްމާ ކަޕޫރްގެ ބައްޕަ ރަންދީރު ކަޕޫރް ކޮވިޑަށް ޕޮޒިޓިވްވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި އެވެ.

އުމުރުން 74 އަހަރުގެ ކުރީގެ އެކްޓަރު ރޭގެ ވަގުތެއްގައި އެޑްމިޓްކުރީ ނޭވާލާން އުނދަގޫވެގެން މުމްބާއީގެ ކޮކީލާބެން ދިރުބާއީ އަމްބާނީ ހޮސްޕިޓަލްގަ އެވެ. އެތަނުގެ ސީއީއޯ ސަންތޯޝް ޝެޓީ ވިދާޅުވީ ރަންދީރު ކޮވިޑަށް ޕޮޒިޓިވް ނަމަވެސް އޭނާގެ ހާލަތު އާންމު ގޮތެއްގައި ރަނގަޅު ކަމަށެވެ.

ރަންދީރަކީ ކުރީގެ މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު ރާޖް ކަޕޫރްގެ ތިން ފިރިހެން ދަރިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. އަދި މި ވަގުތު ދުނިޔޭގައި ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ވެސް މެ އެވެ. ރަންދީރުގެ ކޮއްކޮ ރިޝީ ކަޕޫރް ކެންސަރު ބަލީގައި މަރުވީ މިދިޔަ އަހަރު އެވެ. އަދި ދެވަނަ ކޮއްކޮ ރަޖީވް ކަޕޫރް ހާޓްއެޓޭކެއް ޖެހިގެން މަރުވީ މި އަހަރުގެ ކުރީކޮޅު އެވެ.

އެ އާއިލާގެ ފަސް ބެއިންގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ ރަންދީރާއި ރީމާ ޖެއިން އެވެ. އަންހެން ދެބޭންގެ ތެރެއިން ރީޓާ ނަންދާ ވެސް މިދިޔަ އަހަރު ވަނީ މަރުވެފަ އެވެ.

ރަންދީރަށް ކޮވިޑް ޖެހިގެން ފަރުވާ ހޯދަން ފެށި އިރު އެ އާއިލާގެ މެމްބަރުންގެ ތެރެއިން ރަންބީރް ކަޕޫރާއި އޭނާގެ މަންމަ ނީޓޫ ސިންގް ވެސް ކޮވިޑް ޖެހިގެން ކުރިން ފަރުވާ ހޯދާފައިވެ އެވެ.

އިންޑިއާގައި މިހާރު ކޮވިޑްގެ ހާލަތު ވަރަށް ގޯހެވެ.