މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި އާ ޕޭމެންޓް ނިޒާމު ޑޮމެސްޓިކް މުއާމަލާތްތަކުގައި ބޭނުން ކުރަން ފަށާނެ ކަމަށް ގަވަރުނަރު އަލީ ހާޝިމު ވިދާޅުވެއްޖެ އެވެ.
01 މެއި 2021
މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި އާ ޕޭމެންޓް ނިޒާމު ޑޮމެސްޓިކް މުއާމަލާތްތަކުގައި ބޭނުން ކުރަން ފަށާނެ ކަމަށް ގަވަރުނަރު އަލީ ހާޝިމު ވިދާޅުވެއްޖެ އެވެ.
އެމްއެމްއޭގެ 2020ގެ އަހަރީ ރިޕޯޓުގައި ގަވަރުނަރުގެ ސްޓޭޓްމެންޓުގައި ވިދާޅުވީ، ކޮވިޑްގެ އުނދަގޫ ހާލަތުގެ ތެރެއިން ވެސް ރާއްޖޭގެ ޕޭމެންޓް ސިސްޓަމް ޒަމާނީ ކުރުމަށްޓަކާއި ހާއްސަ މަސައްކަތްތަކެއް އެމްއެމްއޭ އިން ކޮށްފައިވާ ކަމަށެވެ.
"ކޮވިޑާ ގުޅިގެން އާ ޕޭމެންޓް ސިސްޓަމްގެ މަސައްކަތް ލަސްވި ނަމަވެސް މަސައްކަތް ކުރަނީ މި އަހަރު ނިމުމުގެ ކުރިން ޑޮމެސްޓިކް ޓްރާންސެކްޝަންތަކުގައި އާ ޕޭމެންޓް ސިސްޓަމް ބޭނުން ކުރަން،" އޭނާ ވިދާޅުވި އެވެ.
އާ ޕޭމެންޓް ނިޒާމު އައުމުން މޯބައިލް ފޯނު ބޭނުންކޮށްގެން ނުވަތަ އެހެން ޑިވައިސްތައް ބޭނުންކޮށްގެން ރިއަލް ޓައިމްގައި ވަގުތުން ވަގުތަށް ޕޭމެންޓް ހެދުމުގެ ފުރުސަތު ލިބޭނެ އެވެ. މި ނިޒާމާ އެކު ކޮންމެ ބޭންކެއްގައި އެކައުންޓެއް އޮތް ނަމަވެސް ނަގުދު ފައިސާ ބޭނުން ކުރަން ނުޖެހި، ފައިސާގެ މުއާމަލާތް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
އެމްއެމްއޭގެ އަހަރީ ރިޕޯޓުގައި ގަވަރުނަރު ވިދާޅުވީ މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ހާލަތުގެ އަސަރު ރާއްޖޭގެ އިގްތިސާދަށް ވެސް ކޮށްފައިވާ ކަމަށެވެ. ރާއްޖޭގެ އިގްތިސާދަށް އެހާ ބޮޑު އަސަރެއް ކުރީ ގައުމުތަކުގެ ބޯޑަރު ބަންދުކޮށް މުޅި ދުނިޔޭގެ ޓޫރިޒަމް ދާއިރާ ހުއްޓުމަކަށް އައުމުންނެވެ.
އޭނާ ވިދާޅުވީ، ޓޫރިޒަމް ދާއިރާގެ އިތުރުން ރާއްޖޭގެ އިމްޕޯޓް ދަށްވެ ކާބޯތަކެތީގެ އަގު ތިން ޕަސެންޓަށް އިތުރުވި ކަމަށެވެ. މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ވަނީ 32 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ.
"އިގްތިސާދީ ހަރަކާތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް މުހިއްމު ފިޔަވަޅުތަކެއް އެމްއެމްއޭ އިން އެޅިން. މިގޮތުން ޑޮލަރުގެ ޝޯޓޭޖް ނައްތާލުމަށްޓަކައި މުހިއްމު މަސައްކަތްތަކެއް ކުރިން،" އޭނާ ވިދާޅުވެފައިވެ އެވެ.
ގަވަރުނަރު އަލީ ހާޝިމް ވަކިކޮށް، މަގާމަށް މުނައްވަރު
މައްސަލައަކީ ގަވަރުނަރެއް ނޫން، މެނޭޖްކުރަން ނޭނގުން
ރަނގަޅު ގޮތަކީ ގަވަރުނަރު އިސްތިއުފާ ދެއްވުން: ތޯރިގު
ގަވަރުނަރު އަލީ ހާޝިމް ވަކިކުރަން ކޮމިޓީން ނިންމައިފި
"މިދިޔަ ދެ އަހަރު ވެސް ދިން ލަފާތަކަށް ނުބަލާ"
އެމްއެމްއޭއިން އިސްނަގައިގެން ލަފައެއް ނުދޭ: މިނިސްޓަރު
ގަވަރުނަރުގެ ބައްދަލުވުން ކެންސަލް ކޮށްފި
މާލީ ހާލަތު އޮޅުން ފިލުވަން ގަވަރުނަރު ހާޒިރުކުރަނީ!
އިންސްޓެންޓް ޕޭމެންޓް ސިސްޓަމް "ފަވަރަ" ތައާރަފްކޮށްފި
ކޮވިޑަށް ފަހު ރާއްޖޭގެ އިގްތިސާދު ރަނގަޅު ދިމާއަކަށް