Roadha Mihaaru
އިންސްޓެންޓް ޕޭމެންޓް ސިސްޓަމް "ފަވަރަ" ތައާރަފްކޮށްފި

އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާ ޓްރާންސްފާ ކުރެވޭ ސިސްޓަމް އިފްތިތާހުކޮށްފި

26 އޯގަސްޓް 2023

އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާގެ މުއާމަލާތްތައް ކުރެވޭ، އިންސްޓެންޓް ޕޭމެންޓް ސިސްޓަމް "ފަވަރަ" މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ތައާރަފްކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާގެ މުއާމަލާތްތައް ކުރެވޭ، އިންސްޓެންޓް ޕޭމެންޓް ސިސްޓަމް "ފަވަރަ" މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ތައާރަފްކޮށްފި އެވެ.

ކްރޮސްރޯޑްސްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި މި ސިސްޓަމް ތައާރަފްކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

"ފަވަރަ"ގެ ނަން ދީފައި ވަނީ، ފަސޭހަ، ވަގުުތުން، ރައްކާތެރި، މި ތިން ބަހުގެ ފެށޭ އަކުރުންނެވެ.

މިހާރު އެކައުންޓު އޮންނަ ބޭންކުން އެހެން ބޭންކެއްގެ އެކައުންޓަކަށް އެޕުން ފައިސާ ފޮނުވާއިރު، އެ އެކައުންޓަށް ފައިސާ ޖަމާވާން ދެ ދުވަހެއް ވަރު ނަގަ އެވެ. ނަމަވެސް، މި ސިސްޓަމާ އެކު އެފަދަ މުއާމަލާތެއް ވަގުތުން ހިންގޭނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވީ، އާ ޕޭމަންޓް ސިސްޓަމާ އެކު، މިހާރު މި ސިސްޓަމްގައި ބައިވެރިވާ ތިން ބޭންކެއްގެ އެޕްތައް ސިސްޓަމްގެ ފީޗާތަކާ އެއްގޮތަށް މިރެއިން ފެށިގެން އަޕްޑޭޓް ވާނެ ކަމަށެވެ.

ޕޭމެންޓް ސިސްޓަމުގެ ޓެސްޓިން ކަންކަން ކުރިއަށް ގެންދިޔައީ ބީއެމްއެލް އާއި އެމްއައިބީ އަދި އެސްބީއައިއާ އެކު އެވެ. ޓެސްޓިން މަރުހަލާ މިހާރު ނިންމާފައިވާއިރު އޭގެ ބޭނުމަކީ ސިސްޓަމް ބޭނުންކުރަން ފެށުމުގެ ކުރިން ދިމާވެދާނެ މައްސަލަތައް ހޯދައި އެކަންކަން ހައްލު ކުރުން ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، މިއީ ރާއްޖޭގެ މާލީ ދާއިރާ ފުޅާކުރަން ކުރެވުނު މުހިއްމު މަސައްކަތެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ރާއްޖޭގެ މާލީ ދާއިރާ "އޯޕަން ބޭންކިން" ނިޒާމަކަށް ބަދަލު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ ކްރެޑިޓް ސްކޯރިން އާއި ޑިޖިޓަލް ކްރެޑިޓް ފެސިލީޓީތައް ތައާރަފްކޮށް އާންމުންނަށް މިހާރަށް ވުރެ ފަސޭހައިން މާލީ ހިދުމަތްތައް ހޯދޭނެ ކަމަށެވެ. މިފަދަ ހިދުމަތްތަކާ އެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިއަށްދާން އިތުރަށް ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނައިބު ރައީސް ފައިސަލް ނަސީމު އެމްއެމްއޭގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް "ފަވަރަ" ރަސްމީކޮށް، ލޯންޗުކޮށްދެއްވަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ނައިބު ރައީސް ފައިސަލް ނަސީމު އެމްއެމްއޭގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް "ފަވަރަ" ރަސްމީކޮށް، ލޯންޗުކޮށްދެއްވަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ގަވަރުނަރު ވިދާޅުވީ، ރާއްޖޭގެ އާބާދީގެ 90 ޕަސެންޓް މީހުން ބޭންކް އެކައުންޓެއް އޮންނަ އިރު ރާއްޖޭގެ ރައްޔިތުންނަކީ އިންޓަނެޓާއި ސްމާޓް ފޯނަށް ވެސް ވަރަށް ބޮޑަށް އަހުލުވެރި ބައެއް ކަމަށެވެ. އަދި އާ ޕޭމެންޓް ނިޒާމާއެކު، މާލީ ހިދުމަތްތައް އިތުރަށް ހަރުދަނާވެ، މުޅި އިގްތިސާދަށް އޭގެ މަންފާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަރުކަޒީ ބޭންކްގެ "ފަވަރަ" މިވަގުތު ތައާރަފް ކުރީ ތިން ބޭންކެއްގަ އެވެ. ބީއެމްއެލް އާއި އެމްއައިބީ އަދި އެސްބީއައި އާ އެކު މި ހިދުމަތް ފެށި ނަމަވެސް، އެހެން ބޭންކްތަކާ އެކު ވެސް އިންސްޓެންޓް ޕޭމެންޓް ސިސްޓަމްގެ ޓެސްޓިން މަރުހަލާތައް ކުރިއަށް ގެންދާ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވީ، އާ ޕޭމެންޓް ސިސްޓަމާ އެކު ކުރިއަށް އޮތްތަނުގައި ކްރޮސް-ބޯޑާ އިންޓަގްރޭޝަން އެރޭންޖްމެންޓްތައް ވެސް ގެނެވޭނެ ކަމަށެވެ. އެއާ އެކު ވަކި ވަކި ގައުމުތަކާ އެކު ފައިސާގެ މުއާމަލާތްތައް ހިންގުން މިހާރަށް ވުރެ ފަސޭހަވާނެ އެވެ. އަދި ޑޮމެސްޓިކް ބޭންކްތަކޭ އެއްގޮތަށް އެހެން ގައުމުތަކުގެ ބޭންކްތަކުން ފައިސާ ޖަމާކޮށް، ފައިސާ ވަގުތުން ފޮނުވޭނެ ގޮތްތައް ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެމްއޭގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ގަވަރުނަރު އަލީ ހާޝިމު ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އެމްއެމްއޭގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ގަވަރުނަރު އަލީ ހާޝިމު ވާހަކަދައްކަވަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"މިހާރު ވެސް ސިންގަޕޫރާއި އިންޑިއާގެ ބޭންކްތަކުން ވަގުތުން ފައިސާ ފޮނުވޭ. އަދި ސިންގަޕޫރާއި ކެނެޑާއިން އަންނަނީ އެ ހިދުމަތް ދޭން މަސައްކަތް ކުރަނީ. އަރަބި ގައުމުތަކުގައި "ބޫނާ" ބޭނުންކޮށްގެން އެއް ގައުމުން އަނެއް ގައުމުގެ ބޭންކަށް ވަގުތުން ފައިސާ ފޮނުވޭ. އާ ޕޭމެންޓް ސިސްޓަމާ އެކު މިފަދަ ހިދުމަތެއް ރާއްޖެއިން ނުފެށެންވީ ސަބަބައެއް ނެތް،" އޭނާ ވިދާޅުވި އެވެ.

އާ ޕޭމަންޓް ނިޒާމުން މޯބައިލް ފޯނު ބޭނުންކޮށްގެން ނުވަތަ އެހެން ޑިވައިސްތައް ބޭނުންކޮށްގެން ރިއަލް ޓައިމްގައި ވަގުތުން ވަގުތަށް ޕޭމަންޓް ހެދުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ކޮންމެ ބޭންކެއްގައި އެކައުންޓެއް އޮތް ނަމަވެސް ނަގުދު ފައިސާ ބޭނުން ކުރަން ނުޖެހި، ފައިސާގެ މުއާމަލާތް މިހާރު ކުރެވޭނެ އެވެ.