Roadha Mihaaru
ނެޓްފްލިކްސްގެ ކުރީގެ ވެރިޔަކަށް މަނީ ލޯންޑްރިންގެ ކުށް

ނެޓްފްލިކްސްގެ ކުރީގެ ވެރިއެއްގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެއްޖެ

03 މެއި 2021

ނެޓްފްލިކްސްއާ އެކު ވިޔަފާރިގެ މުއާލަމާތްތައް ހިންގާ ފަރާތްތަކުން ލިބެންޖެހޭ ފައިސާ އަމިއްލަ އެކައުންޓަކަށް ޖަމާކުރުމާއި ރިޝްވަތު ހޯދައިގެން އަމިއްލަ ފައިދާތަކެއް ނަގައި މަނީ ލޯންޑްރިންގެ އަމަލުތައް ހިންގުމުގެ ކުށް ނެޓފްލިކްސްގެ ކުރީގެ ވެރިއެއްގެ މައްޗަށް ސާބިތުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނެޓްފްލިކްސްއާ އެކު ވިޔަފާރިގެ މުއާލަމާތްތައް ހިންގާ ފަރާތްތަކުން ލިބެންޖެހޭ ފައިސާ އަމިއްލަ އެކައުންޓަކަށް ޖަމާކުރުމާއި ރިޝްވަތު ހޯދައިގެން އަމިއްލަ ފައިދާތަކެއް ނަގައި މަނީ ލޯންޑްރިންގެ އަމަލުތައް ހިންގުމުގެ ކުށް ނެޓފްލިކްސްގެ ކުރީގެ ވެރިއެއްގެ މައްޗަށް ސާބިތުވެއްޖެ އެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނި ގޮތުގައި އެންމެ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމްގެ އިންފޮމޭޝަން ޓެކްނޮލޮޖީ އޮޕަރޭޝަންސްގެ ވައިސް ޕްރެޒިޑެންޓްގެ މަގާމު 2011-2014 އަށް އަދާކުރެއްވި މައިކަލް ކައިލް ވަނީ މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި އަމިއްލަ ފައިދާއަށް އެތައް މުއާމަލާތެއް ހިންގައިފަ އެވެ. އެގޮތުން ކުންފުނީގެ "ފައިސާގެ ތެރެއަށް އަމިއްލަ އަށް އަތް ބާނައި، އަމިއްލަ އަށް ފައިދާ ނަގާފައިވާ" ކަމަށް ބުންޏެވެ. އެގޮތުން ނެޓްފްލިކްސް އަށް ޕްރޮޑަކްޓާއި ސާވިސް ފޯރުކޮށްދޭ ނުވަ ކުންފުންޏެއްގެ އަތުން މައިކަލް 500،000 ޑޮލަރަށް ވުރެ ފައިސާގެ ރިޝްވަތުގެ ގޮތުގައި ނަގާފައިވާ ކަމަށް ވެސް ޖަސްޓިސް ޑިޕާޓްމަންޓުން ބުންޏެވެ.

މި މައްސަލާގައި އޭނާ މަގާމުން ވަކިކޮށް ނެޓްފްލިކްސް އިން ދައުވާކުރީ 2014 ގަ އެވެ. ނެޓްފްލިކްސް އިން ބުނެފައިވާ ގޮތުގައި މައިކަލް މަގާމުން ވަކިކުރަން ނިންމީ ކުންފުންޏަށް ލިބެން ޖެހޭ އެތައް ފައިސާއެއް އޭނާގެ އަމިއްލަ ކޮންސަލްޓިން ކުންފުންޏެއްގެ އެކައުންޓަކަށް ޖަމާކުރިކަން ވެސް ފަޅާއަރާފައިވެ އެވެ.

ކުށް ސާބިތުވުމާ ގުޅިގެން މައިކަލްގެ ވަކީލު ޖޫލިއާ މެޒިންސްކީ ޖޭން ވިދާޅުވީ އެ ދައުވާ އަކީ އެކަށީގެންވާ ހެކި ނެތި ކޮށްފައިވާ ދައުވާއެއް ކަމަށާއި އެކަން އިސްތިއުނާފުކުރައްވާނެ ކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މައިކަލް އަކީ ނެޓްފްލިކްސްގެ ކާމިޔާބުގައި އަގުހުރި "އެސެޓް" އެކެވެ.