Roadha Mihaaru
ކެބިނެޓަށް ބަދަލުގެންނަން މަޝްވަރާ ކުރިއަށްދޭ: މަބްރޫކް

ކެބިނެޓަށް ބަދަލު ގެންނަން ކޯލިޝަން ލީޑަރުންނާ އެކު ދަނީ މަޝްވަރާކުރަމުން: މަބްރޫކް

02 މެއި 2021

ވަޒީރުންގެ މަޖިލީހަށް ބަދަލު ގެނައުމަށް މި ސަރުކާރު ކޯލިޝަންގެ ލީޑަރުންނާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވަޒީރުންގެ މަޖިލީހަށް ބަދަލު ގެނައުމަށް މި ސަރުކާރު ކޯލިޝަންގެ ލީޑަރުންނާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ ވިދާޅުވެއްޖެ އެވެ.

ރަައީސް އޮފީހުގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި، މާ ބޮޑު ތަފްސީލަކަށް ވަޑައިނުގެން މަބްރޫކް ވިދާޅުވީ ސަރުކާރުގެ ހިންގުމަށް ބަދަލު ގެންނަން ލީޑަރުންނާ އެކު މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށެވެ. އެ މަޝްވަރާތައް ނިމުމުން އެކަން ހިއްސާކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ކެބިނެޓްގެ ހަތަރު މަގާމަކަށް ބަދަލު ގެންނަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށްވެ އެވެ. އެއީ އެންވަޔަރްމެންޓް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ އަދި ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި އެންވަޔަރްމަންޓް މިނިސްޓަރުކަމުގެ މަގާމުގައި މިހާރު ހުންނެވި ޑރ. ހުސައިން ރަޝީދު ހަސަން ފިޝަރީޒް މިނިސްޓަރުކަމުގެ މަގާމަށް ބަދަލުކުރައްވައި އެ މިނިސްްޓްރީގައި މިހާރު ހުންނެވި ޒަހާ ވަހީދު ބަދަލުކުރައްވާނީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމަށެވެ. އެއަށް ފަހު އެންވަޔަރްމެންޓް މިނިސްޓަރުކަމަށް ހަމަޖައްސަަވާނީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ އެވެ.

އެނގިފައިވާ ގޮތުގައި އެ ބަދަލުތައް މިއަދު އާއްމުކުރަން މީގެ ކުރިން އޮތީ ނިންމައިފަ އެވެ. ނަމަވެސް ފަހުގެ ތާރީހަކަށް އެކަން ބަދަލުކުރީ އެވެ.