ލަންޑަން (މެއި 3) - ގެރެތު ބޭލް ހެދި ހެޓްރިކާ އެކު، ޝެފީލްޑް ޔުނައިޓެޑް ބަލިކޮށް ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ އުންމީދު ޓޮޓެންހަމް ހޮޓްސްޕާސް އިން އާ ކޮށްފި އެވެ.
03 މެއި 2021
ލަންޑަން (މެއި 3) - ގެރެތު ބޭލް ހެދި ހެޓްރިކާ އެކު، ޝެފީލްޑް ޔުނައިޓެޑް ބަލިކޮށް ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ އުންމީދު ޓޮޓެންހަމް ހޮޓްސްޕާސް އިން އާ ކޮށްފި އެވެ.
ރެލިގޭޓްވެފައިވާ ޝެފީލްޑްގެ މައްޗަށް 4-0 ން މޮޅުވެ، ސްޕާސް މިހާރު ވަނީ ފަސް ވަނަ އަށް ޖެހިލައިފަ އެވެ. މެޗުގައި ބޭލްގެ ފޯމު ފެނުނީ ތަފާތު ކޮށެވެ. ސްޕާސްގެ ފުރަތަމަ ތިން ލަނޑު ކާމިޔާބު ކުރީ ބޭލް އެވެ. އަނެއް ލަނޑު ކާމިޔާބު ކުރީ ސަން ހިއުންގް މިން އެވެ.
ޕްރިމިއާ ލީގުގައި ބޭލް ހެޓްރިކެއް މި ހެދީ އަށް އަހަރު ފަހުންނެވެ. މީގެ ކުރިން އޭނާ ހެޓްރިކް ހެދީ ޑިސެމްބަރު 2012 ގައި އެސްޓަން ވިލާއާ ދެކޮޅަށް ސްޕާސް ކުޅުނު މެޗުގަ އެވެ. ރެއާލް މެޑްރިޑްގައި ހަތް ސީޒަންގައި ހޭދަ ކުރުމަށް ފަހު ބޭލް މި ސީޒަންގައި އެނބުރި ޓޮޓެންހަމަށް ބަދަލުވީ ލޯން އެއްބަސްވުމުގެ ދަށުންނެވެ.
މެޗަށް ފަހު ބޭލް ބުނީ ޕްރިމިއާ ލީގުގައި ފުލުކޮށް ކުޅެވެން ފެށުމުން އޭނާ އަށް ހިތްހަމަޖެހުން ލިބިއްޖެ ކަމަށެވެ.
"އަހަރެން ކުރަން ޖެހިފައި އޮތް ކަމަކީ ގިނަ މެޗުތަކެއް ކުޅުން. އަހަރެން މިހާރު ކުރާ ކަމަކީ އެއީ. އަހަރެން މިހާރު ހިތްހަމަޖެހޭ. އަހަރެން ހިތްހަމަ ޖެހެންޏާ އަހަންނަށް ރަނގަޅަށް ކުޅެވޭނެ،" ބޭލް ބުންޏެވެ.
އާސެނަލް އަނެއްކާ ވެސް ޗެމްޕިއަނުންގެ ރޭހަށް
8 އަހަރުވަންދެން މޮޅުވެފަ އަދި ހާސްކަމެއް ނެތް: ޕެޕް
ޔުނައިޓެޑާއި ޗެލްސީއަށް ޕޮއިންޓެއް، ޓޮޓެންހަމް ބަލި
ޔުނައިޓެޑް ބަލިވުމުން ޓެން ހާގަށް ގޯސްވީ ރަތް ކާޑު
ކެޕްޓަނާއި ރައިސް ނެތި ހޯދި މޮޅަށް އާޓެޓާގެ ތައުރީފު
ވައިޓްގެ "ސިއްރު އުކުޅުން" އާސެނަލް އެއްވަނައިގައި
އަންނަ ސީޒަނުގައި ޓޮޓްނަމުން ތައްޓަށް ވާދަކުރަން ބޭނުން
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް
މޮޅު ނުވުމުން ހާލަންޑާއި ގާޑިއޯލާ އަށް ގޯސް ވީ ރެފްރީ
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް