ޖަކާޓާ (މެއި 4) - ކަނޑު އަޑިއަށް ފެތިފައި އޮތް އިންޑޮނީޝިއާގެ ސަބްމެރިން ނެގުމުގައި އެހީތެރިވުމަށް ޗައިނާގެ ކަނޑުގެ ސިފައިންގެ އުޅަނދުތައް ބާލީ އަށް ހިނގައްޖެ އެވެ.
04 މެއި 2021
ޖަކާޓާ (މެއި 4) - ކަނޑު އަޑިއަށް ފެތިފައި އޮތް އިންޑޮނީޝިއާގެ ސަބްމެރިން ނެގުމުގައި އެހީތެރިވުމަށް ޗައިނާގެ ކަނޑުގެ ސިފައިންގެ އުޅަނދުތައް ބާލީ އަށް ހިނގައްޖެ އެވެ.
ބާލީގެ އައްސޭރިން ބޭރުން 53 ފަޅުވެރިންނާ އެކު ފެތިފައި އޮތް ކޭއާރްއައި ނަންގަލަ 402 ސަބްމެރިން ތިން ބުރިވެފައިވާކަން އެނގުނީ ސިންގަޕޫރުގެ ޚާއްސަ އުޅަނދަކުން ނެގި ފޮޓޯތަކުންނެވެ. ޗައިނާގެ ބޯޓުތައް އިންޑޮނީޝއާ އަށް ދިޔައީ އެ މަސައްކަތުގައި އުޅުނު ސިންގަޕޫރު، މެލޭޝިއާ އަދި އޮސްޓްރޭލިއާގެ އުޅަނދުތައް ބާލީން ފުރުމާ ގުޅިގެންނެވެ.
ޗައިނާގެ ކަނޑުގެ ސިފައިންގެ ދެ އުޅަނދެއް ބާލީގައި މިހާރު ބަނދަރުކޮށްފައިވާއިރު ތިން ވަނަ ބޯޓު މިއަދުގެ ވަގުތެއްގައި ބާލީ އަށް ދާނެ އެވެ. އެ ތިން އުޅަނދުން 4،500 މީޓަރަށް ޑައިވް ކުރެވޭނެ އެވެ.
ސަބްމެރިން ނެގުމަށް ބޭނުންކޮށްފާނެ އެއްގޮތަކީ ވަރަށް ބާރުގަދަ ދަގަތްފާނާއި އެއާ ބެލޫން ބޭނުން ކުރުމެވެ. ނަމަވެސް ސަބްމެރިން ނަގާނެ ގޮތަކާއި ނަގާނެ ވަގުތެއް އަދި މުޅިން ނުނިންމާ ކަމަށް ކަނޑުގެ ސިފައިންގެ ވެރިޔާ ޔޫޑޯ މާގޮނޯ ކުރިން ވިދާޅުވެފައިވެ އެވެ.
ޖަރުމަނުގައި އުފައްދާފައިވާ ސަބްމެރިން އޮތީ 800 މީޓަރު (2،600 ފޫޓު) އަޑީގަ އެވެ. އިންޑޮނީޝިއާގެ ސަބްމެރިން ފްލީޓުގައި ހިމެނޭ ފަސް އުޅަނދުގެ ތެރޭގައި ހިމެނޭ ސަބްމެރިން ގެއްލުނީ މީގެ ދިހަ ވަރަކަށް ދުވަސްކުރިންނެވެ. އިންޑޮނީޝއާ އަށް 1981 ވަނަ ގެނެސްފައިވާ ސަބްމެރިން ފެތުނު ސަބަބެއް ސިފައިން ހާމަކޮށްފައެއް ނުވެ އެވެ.
138 މިލިއަނުގެ ލޯނެއް ނުދައްކާ ފިލުމުން ހައްޔަރު
ޗައިނާއާ އެކު ފިނި ހަނގުރާމައެއް ނޯންނާނެ: ބައިޑެން
ބައިޑެން އާއި ޝީ ބައްދަލުކުރައްވަނީ، އުންމީދު ކުޑަ
އޯކަސް އިއްތިހާދު: ޔޫރަޕާއި އެމެރިކާގެ ގުޅުމަށް ބުރޫ
ޑެލްޓާ ބާވަތުގެ ވައިރަހާ އެކު އޭޝިޔާގެ ހާލަތު ގޯސްވަނީ
ކަނޑު އަޑީގައި އޮތް އިންޑޮނީޝިއާގެ ސަބްމެރިން ނަގަނީ
ސަބްމެރިންގެ ފަޅުވެރިންގެ ވަދާއީ ލަވައެއްގެ ވީޑިއޯ
ސަބްމެރިން ތިންބުރިވެ، ކަނޑުއަޑީގައި އޮއްވައި ފެނިއްޖެ
ގެއްލުނު ސަބްމެރިން ސަލާމަތެއް ނުކުރެވޭނެ
53 މީހުންނާއެކު އިންޑޮނީޝިއާގެ ސަބްމެރިނެއް ގެއްލިއްޖެ