ޖަކާޓާ (އެޕްރީލް 22) - އިންޑޮނީޝއާގެ ސަބްމެރިނެއް 53 ފަޅުވެރިންނާ އެކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
22 އެޕްރީލް 2021
ޖަކާޓާ (އެޕްރީލް 22) - އިންޑޮނީޝއާގެ ސަބްމެރިނެއް 53 ފަޅުވެރިންނާ އެކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ސަބްމެރިން ގެއްލިފައިވާ ކަމަށް ބެލެވެނީ ބާލީގެ އައްސޭރިން 60 މޭލު (100 ކިލޯމީޓަރު) ދުރުން ކަމަށް ކަނޑުގެ ސިފައިން ލަފާކުރެ އެވެ. ގެއްލުނު ސަބްމެރިންގައި ހުންނާނީ 72 ގަޑިއިރަށްވާ ވަރަށް އޮކްސިޖަން ކަމަށް ސިފައިން ބުނެފައިވެ އެވެ.
ސަބްމެރިން ހޯދަން މިހާރު ވަނީ ހަ މަނަވަރާއި ހެލިކޮޕްޓަރެއް ފޮނުވައިފަ އެވެ. އެ އޮޕަރޭޝަނުގައި ދަނީ 400 މީހުން ހަރަކާތްތެރިވަމުންނެވެ. ސިންގަޕޫރާއި މެލޭޝިއާ އިން ބޯޓުތައް ފޮނުވާފައިވާ އިރު އެމެރިކާ، އޮސްޓްރޭލިއާ، ފްރާންސް އަދި ޖަރުމަނުން ވަނީ އެހީވާން ހުށަހަޅައިފަ އެވެ.
ގެއްލިފައި ވަނީ އިންޑޮނީޝިއާ އިން އޮޕަރޭޓްކުރާ ފަސް ސަބްމެރިންގެ ތެރޭން އެކައްޗެވެ. އެއީ 1970 ގެ އަހަރުތަކުގެ ފަހުކޮޅު އުފައްދާފައިވާ ސަބްމެރިނެކެވެ. އޮފިޝަލުން ބުނި ގޮތުގައި މިއީ އިންޑޮނީޝިއާ އިން ސަބްމެރިނެއް ގެއްލުނު ފުރަތަމަ ފަހަރެވެ. ނަމަވެސް ދުނިޔޭގެ އެހެން ހިސާބުތަކުގައި ސަބްމެރިން ގެއްލުމުގެ ހާދިސާތައް ހިނގާފައިވެ އެވެ. އާޖެންޓީނާގެ އަސްކަރީ ސަބްމެރިނެއް 2017 ވަނަ އަހަރު ވަނީ ދެކުނު އެޓްލާންޓިކަށް 44 ފަޅުވެރިންނާ އެކު ގެއްލިފަ އެވެ. އެ ސަބްމެރިންގެ ބައިތައް ފެނުނީ އަހަރެއް ފަހުންނެވެ.
އިންޑޮނީޝިއާގެ ސަބްމެރިން ނަގައިދޭނީ ޗައިނާ ސިފައިން
ކަނޑު އަޑީގައި އޮތް އިންޑޮނީޝިއާގެ ސަބްމެރިން ނަގަނީ
ސަބްމެރިންގެ ފަޅުވެރިންގެ ވަދާއީ ލަވައެއްގެ ވީޑިއޯ
ސަބްމެރިން ތިންބުރިވެ، ކަނޑުއަޑީގައި އޮއްވައި ފެނިއްޖެ
ގެއްލުނު ސަބްމެރިން ސަލާމަތެއް ނުކުރެވޭނެ
މެލޭޝިއާއަށް މީގެ ކުރިން ނާރާ ވަރުގެ ބާރުގަދަ ތޫފާނެއް
އިންޑޮނީޝިއާއަށް ބާރުގަދަ ބިންހެލުމެއް، ސުނާމީއެއް ނެތް
138 މިލިއަނުގެ ލޯނެއް ނުދައްކާ ފިލުމުން ހައްޔަރު
އިންޑޮނީޝިއާގެ ހިލޭ ނާސްތާ ޕްރޮގްރާމުން ކާނާ ވިހަވަނީ
އިންޑޮނީޝިއާގެ ގައުމީ ބަތަލުންގެ ލިސްޓަށް ސުހާޓޯ