ޖަކާޓާ (އެޕްރީލް 27) - ފެތިގެން ތިން ބުރިވި އިންޑޮނީޝިއާގެ ސަބްމެރިންގެ ފަޅުވެރިން އުޅަނދު ތެރޭގައި ވަދާއީ ލަވައެއް ކިޔާ ވީޑިއޯއެއް ސިފައިން އާއްމުކޮށްފި އެވެ.
27 އެޕްރީލް 2021
ޖަކާޓާ (އެޕްރީލް 27) - ފެތިގެން ތިން ބުރިވި އިންޑޮނީޝިއާގެ ސަބްމެރިންގެ ފަޅުވެރިން އުޅަނދު ތެރޭގައި ވަދާއީ ލަވައެއް ކިޔާ ވީޑިއޯއެއް ސިފައިން އާއްމުކޮށްފި އެވެ.
މީގެ ހަފުތާތަކެއް ކުރިން ވީޑިއޯކޮށްފައިވާ އެ ލަވައިގައި ފަޅުވެރިން ކިޔާފައި ވަނީ އިންޑޮނީޝިއާގެ ހިޓެއް ކަމަށްވާ ސަމްޕައި ޖަމްޕާ (ފަހުން ބައްދަލުވާނެ) އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ސަބްމެރިންގެ ކޮމާންޑަރު ހެރި އޮކްޓަވިއަންއާ އެކު އެހެން ފަޅުވެރިން ލަވަކިޔަމުން ދިޔަ އިރު ގިޓާ ވެސް ކުޅެމުން ދިޔަ އެވެ.
"ކަލާ ގެއްލިދާކަށް އަހަރެން ތައްޔާރެއް ނޫނެވެ. ކަލާއާ ނުލައި ދިރިއުޅެން ތައްޔާރެއް ނޫނެވެ. އަހަރެން އެދެނީ ކަލާ އަށް ހުރިހާ ކަމެއް ވެސް ރަނގަޅަށް ވުމެވެ." ފަޅުވެރިން ކިޔާފައިވާ ލަވައިގެ މާނައިގައިވެ އެވެ.
ފެތުނު ސަބްމެރިންގެ ފަޅުވެރިން ލަވަކިޔަނީ
ބާލީގެ އައްސޭރިން މިދިޔަ ބުދަ ދުވަހު ގެއްލުނު ސަބްމެރިން ކަނޑުގެ އެންމެ ފުނަށް ފެތި، ތިން ބުރިވެފައިވާ ކަމަށް ސިފައިން ވަނީ ބުނެފަ އެވެ. ސަބްމެރިންގައި ތިބި 53 ފަޅުވެރިން ވަނީ މަރުވެފަ އެވެ.
ސަބްމެރިން ފެތިފައި އޮތީ 800 މީޓަރު (2،600 ފޫޓު) އަޑީގަ އެވެ. ސިންގަޕޫރުން ގެނައި ކަނޑުއަޑީގައި ބޭނުން ކުރާ ރެސްކިއު ވެހިކަލެއް ފޮނުވައިގެން ސަބްމެރިންގެ ބައިތަކުގެ ފޮޓޯ ވަނީ ނަގައިފަ އެވެ.
ސިފައިން ބުނެފައި ވަނީ ފެތިފައި އޮތް ސަބްމެރިނާއި ފަޅުވެރިންގެ ހަށިތައް ފެންމައްޗަށް ނެގުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
ޖަރުމަނުގައި އުފައްދާފައިވާ ސަބްމެރިނަކީ 40 އަހަރުވެފައިވާ އުޅަނދެކެވެ.
އިންޑޮނީޝިއާގެ ސަބްމެރިން ނަގައިދޭނީ ޗައިނާ ސިފައިން
ކަނޑު އަޑީގައި އޮތް އިންޑޮނީޝިއާގެ ސަބްމެރިން ނަގަނީ
ސަބްމެރިން ތިންބުރިވެ، ކަނޑުއަޑީގައި އޮއްވައި ފެނިއްޖެ
ގެއްލުނު ސަބްމެރިން ސަލާމަތެއް ނުކުރެވޭނެ
53 މީހުންނާއެކު އިންޑޮނީޝިއާގެ ސަބްމެރިނެއް ގެއްލިއްޖެ
މެލޭޝިއާއަށް މީގެ ކުރިން ނާރާ ވަރުގެ ބާރުގަދަ ތޫފާނެއް
އިންޑޮނީޝިއާއަށް ބާރުގަދަ ބިންހެލުމެއް، ސުނާމީއެއް ނެތް
138 މިލިއަނުގެ ލޯނެއް ނުދައްކާ ފިލުމުން ހައްޔަރު
އިންޑޮނީޝިއާގެ ހިލޭ ނާސްތާ ޕްރޮގްރާމުން ކާނާ ވިހަވަނީ
އިންޑޮނީޝިއާގެ ގައުމީ ބަތަލުންގެ ލިސްޓަށް ސުހާޓޯ