ކޮވިޑް-19 ރާއްޖެ އަށް އެތެރެވުމުގެ ފުރުސަތު އެންމެ ބޮޑު ގައުމުތަކުން އެ ބަލި ރާއްޖެ އަށް އައުމަށް އޮތް މަގު ބަންދުކުރުމަކީ މިހާރު އެޅިދާނެ ރަނގަޅު އެއް ފިޔަވަޅު ކަމަށް އައިޖީއެމްއެޗުގެ އެތެރެހަށީގެ ޑޮކްޓަރު ޑރ. މުހައްމަދު އަލީ ރޭ ވިދާޅުވެއްޖެ އެވެ.
05 މެއި 2021
ކޮވިޑް-19 ރާއްޖެ އަށް އެތެރެވުމުގެ ފުރުސަތު އެންމެ ބޮޑު ގައުމުތަކުން އެ ބަލި ރާއްޖެ އަށް އައުމަށް އޮތް މަގު ބަންދުކުރުމަކީ މިހާރު އެޅިދާނެ ރަނގަޅު އެއް ފިޔަވަޅު ކަމަށް އައިޖީއެމްއެޗުގެ އެތެރެހަށީގެ ޑޮކްޓަރު ޑރ. މުހައްމަދު އަލީ ރޭ ވިދާޅުވެއްޖެ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ މީޑިއާ ބްރީފިން ގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. މުހައްމަދު އަލީ ވިދާޅުވީ، ގިނައިން ބަލި އަތުވެދާނެ ގައުމުތަކުން ބަލި އައުން [މީހުން އައުން] ހުއްޓުވުމަކީ އެހެން ބައެއް ގައުމުތަކުން ވެސް އެޅި ފިޔަވަޅެއް ކަމަށެވެ. އޭގެ މިސާލަކަށް އޭނާ ދެއްކެވީ އޮސްޓްރޭލިއާ އެވެ.
"އަޅުގަނޑަށް ބޮޑަށް ލަފާކުރެވެނީ މިހާރަށް ކުރެވިދާނެ އެއް ކަމަކީ [ކޮވިޑް އެންމެ ބާރަށް ފެތުރޭ] އެއް ގައުމަކުން ނުވަތަ މިހާރު [ކޮވިޑް] އެންމެ ގިނަ އެއް ގައުމަކުން ރާއްޖެ އައުމަށް އޮންނަ މަގު ބަންދުކުރެވުން އެއީ އެއްކަންތައް،" އޭނާ ވިދާޅުވި އެވެ.
އޭގެ މިސާލެއްގެ ގޮތުން ޑރ، މުހައްމަދު އަލީ ވިދާޅުވި އޮސްޓްރޭލިއާ އިން މިހާރު ނިންމާފައި ވަނީ ދުނިޔޭގައި މިހާރު އެންމެ ހަލުވިކަމާއެކު ކޮވިޑް ފެތުރޭ އިންޑިއާ އިން މީހަކު އެތެރެވެއްޖެ ނަމަ އެ މީހަކު ފަސް އަހަރުގެ މުއްދަތަކަށް ޖަލު ލުމަށް ނުވަތަ 51،000 ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ. އެކަމަކު، އެ ނިންމުން މި މަހުގެ 15 ގައި މުރާޖައާ ކުރަން އޮސްޓްރޭލިއާގެ ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ.
އޮސްޓްރޭލިއާ އިން ވަނީ އެ ގައުމުގެ ބޯޑަރު ވެސް މިވަގުތަށް އިންޑިއާ އަށް މަނާކޮށްފަ އެވެ.
އަޅުގަނޑަށް ބޮޑަށް ލަފާކުރެވެނީ މިހާރަށް ކުރެވިދާނެ އެއް ކަމަކީ [ކޮވިޑް އެންމެ ބާރަށް ފެތުރޭ] އެއް ގައުމަކުން ނުވަތަ މިހާރު [ކޮވިޑް] އެންމެ ގިނަ އެއް ގައުމަކުން ރާއްޖެ އައުމަށް އޮންނަ މަގު ބަންދުކުރެވުން އެއީ އެއްކަންތައް،" ---ޑރ. މުހައްމަދު އަލީ
ރާއްޖޭގެ ބޯޑަރު ބަންދުކޮށް ލޮކްޑައުން އަކަށް ދާން ސިއްހީ މާހިރުން ކުރިން ލަފާދެއްވީ ޑރ. މުހައްމަދު އަލީ ވިދާޅުވިގޮތުގައި އޭރުގައި ވައިރަހާ ބެހޭ މައުލޫމާތު މަދުކަމުންނާއި ރާއްޖެ އަށްް ބަލި ފެތުރިއްޖެ ނަމަ މީހުން މަރުވާލެއް ގިނަވާނެ ކަމަށް ލަފާކުރެވިފައި އޮތުމުންނެވެ. ރާއްޖޭގައި ދުވާލަކު ސަތޭކައިން މީހުން މަރުވާނެ ކަމަށް އޭރުގައި ލަފާކުރެވުނީ ޗައިނާ އާއި ޔޫރަޕްގެ ބައެއް ގައުމުތަކުގައި ކަންތައް ވަމުން ދިޔަ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭރުގައި ކޮވިޑް ޖެހޭ މީހުންނަށް ވަކި ފެސިލިޓީތަކެއްގައި ފަރުވާ ދެވޭނެ އިންތިޒާމެއް ވެސް ރާއްޖޭގައި ނެތް ކަމަށާއި އެހެންވެ ލޮކްޑައުންގެ އޭރުގެ އަމާޒަކަށް އޮތީ ތައްޔާރުވުން ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ވަނީ މީގެ ކުރިން ދުވަހަކު ވެސް މައްޗަށް ނުދާ ވަރަށް މައްޗަށް ގޮސްފަ އެވެ. އެގޮތުން އިއްޔެ އާއި މިއަދު ވެސް އެބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ހުރީ 500 އަށް ވުރެ މަތީގަ އެވެ.
ހެެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އިން ރޭ އާއްމުކުރި މައުލޫމާތުގައިވާ ގޮތުން މިދިޔަ ހޯމަ ދުވަހުގެ ހަވީރު 6:00 އިން އިއްޔެގެ ހަވީރު 6:00 އަށް 4،552 މީހަކު ކޮވިޑަށް ޓެސްޓްކުރި އިރު އޭގެ ތެރެއިން 601 މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އެއާއެކު ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 6،508 އެވެ. އެ ބަލީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާ މީހުންގެ އަދަދަކީ 181 އެވެ.
ކޮވިޑް ދެވަނަ ފަހަރަށް ޖެހެނީ 9 މަސް ފަހުން
ކޮވިޑްގައި ނިޔާވި ގިނަ މީހުންގެ ބޮޑެތިބަލިތައް ހުރި
ކޮވިޑް: ހަތަރު އަތޮޅެއްގައި ޕީސީއާރު މެޝިން ބަހައްޓަނީ
ކޮވިޑުގައި ހާލުބޮޑުވާމީހުންނަށް ހާއްސަ އައިސީޔޫ ފުރިއްޖެ
ކޮވިޑް-19: އެންމެ މަދުން ކޭސް ފެނުނު 24 ގަޑިއިރު
އުނގޫފާރުގެ ކޭސްތައް، މުޅި އަތޮޅަށް ބިރުވެރިކަން
ލައްކައަކަށް ވުރެ ގިނަ މީހުންނަށް ކޮވިޑު ވެކްސިން ދީފި
ދެއްވަދޫ ކްލަސްޓާގައި ހައިރިސްކުމީހުން ވަރަށް ގިނަ
އާ ވޭރިއަންޓުތޯ ބަލަން ބައެއް ސާމްޕަލްތައް ބޭރަށް
ޕާޓީއަށް ނުދާ، ޔޫކޭން އައި މީހަކު ކްލަސްޓާގައި ހިމެނޭ