Roadha Mihaaru
އައްޑު އާއި ފުވައްމުލަކުގައި ވެސް ކާފިއު ހިންގަނީ

ކޮވިޑް-19 އައްޑު އާއި ފުވައްމުލަކުގައި ވެސް ކާފިއު ހިންގަނީ

07 މެއި 2021

އައްޑު އާއި ފުވައްމުލަކުން ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވްވެފައިވާތީ އެ ދެ ސިޓީގައި ރޭގަނޑު 9 އިން ފަތިހު 4 އަށް ކާފިއު ހިންގަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނިންމައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އައްޑު އާއި ފުވައްމުލަކުން ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވްވެފައިވާތީ އެ ދެ ސިޓީގައި ރޭގަނޑު 9 އިން ފަތިހު 4 އަށް ކާފިއު ހިންގަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނިންމައިފި އެވެ.

ކާފިއުގެ އިތުރުން ކޮވިޑް ކޮންޓްރޯލްކުރުމަށް މިއަދުން ފެށިގެން އައްޑު އާއި ފުވައްމުލަކުގައި ގިނަ ފިޔަވަޅުތަކެއް އަޅަން އެޗްޕީއޭ އިން ވަނީ ނިންމައިފަ އެވެ.

އެއީ:

- ޕާޓީތަކާއި ހަފުލާތައް ބޭއްވުން މަނާ.

- އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން.

- އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުން ހުއްޓައިލުން. - ސެލޫންތަކާއި ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުން.

- ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން.

- ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން، އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުން.

- ފިރާތަކުން ހިދުމަތް ދޭއިރު، އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ފިހާރަތަކުގެ ހިދުމަތް ދިނުން.

- ޔުނިވަސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރު ވެގެން ކުލާސްތައް ކުރިއަށް ގެންދިޔުން ހުއްޓައިލުން.

- ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓުތަކާއި ކާބޯތަކެތީގެ ހިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުން. (ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތެއް ނުހިމެނޭނެ)

އެ ފިޔަވަޅުތަކުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ސިއްހީ ހިދުމަތްތެރިންގެ އިތުރުން ފަތިސް ނަމާދަށް މިސްކިތަށްދާ މީހުންނާއި އިމަޖެންސީކޮށްް ސިއްހީ ހިދުމަތް ހޯދަން ޖެހޭ މީހުން ނުހިމެނޭނެ އެވެ.

ކޮވިޑް-19 ގެ ކޭސްތަކެއް ފެނިގެން އައްޑު އާއި ފުވައްމަލުކުގައި ވެސް ކާފިއު ހިންގަން ނިންމިއިރު ރޭ ވަނީ ޅ.ނައިފަރު، ކ.މާފުށި، އއ. މަތިވެރި، އއ. އުކުޅަސް އަދި ބ. އޭދަފުށީގައި މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަން ނިންމައިފަ އެވެ.

މާލެ ސަރަހައްދެކޭ އެއްގޮތަށް ރަށްރަށުގެ ކޮވިޑްގެ ހާލަތު ވެސް ވަނީ ގޯސްވެފަ އެވެ. ކޮންމެ ދުވަހަކު އެކި ރަށްރަށުން ގިނަ ބަޔަކު ދަނީ ޕޮޒިޓިވްވަމުންނެވެ.