Roadha Mihaaru
ލެ މެރީޑިއަން ރިސޯޓް އަންނަ އޮގަސްޓްގައި ހުޅުވަނީ

ލެ މެރީޑިއަން ރިސޯޓް އަންނަ އޮގަސްޓުގައި ހުޅުވަނީ

09 މެއި 2021

އެމެރިކާގެ މެރިއެޓް އިންޓަނޭޝަނަލްގެ ދަށުން ހިންގާ ލެ މެރީޑިއަންގެ ރާއްޖޭގެ ފުރަތަމަ ރިސޯޓު އަންނަ އޮގަސްޓް މަހު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެމެރިކާގެ މެރިއެޓް އިންޓަނޭޝަނަލްގެ ދަށުން ހިންގާ ލެ މެރީޑިއަންގެ ރާއްޖޭގެ ފުރަތަމަ ރިސޯޓު އަންނަ އޮގަސްޓް މަހު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ޅ. ތިލަމާފުށީގައި ތަރައްގީ ކޮށްފައިވާ މި ރިސޯޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސީޕްލޭނުގައި 35 މިނެޓުގެ ތެރޭގައި ދެވޭނެ އެވެ. މި ރަށަކީ ނުވަ ހެކްޓަރުގެ ރަށެކެވެ.

ލެ މެރީޑިއަން މޯލްޑިވްސް ރިސޯޓް އެންޑް ސްޕާގައި 154 ވިލާ ހުރެ އެވެ. މީގެ ތެރޭގައި އެއް ކޮޓަރީގެ އާއި ދެ ކޮޓަރީގެ ވޯޓާ ވިލާތަކާއި ބީޗް ވިލާތައް ހިމެނެ އެވެ.

ލެ މެރީޑިއަން ރިސޯޓުގެ ވިލާއެއްގެ މަތިން ނަގާަފައިވާ ފޮޓޯއެއް-- ފޮޓޯ: ލެ މެރީޑިއަން މޯލްޑިވްސް

ލެ މެރީޑިއަން ރިސޯޓުގެ ވިލާއެއްގެ މަތިން ނަގާަފައިވާ ފޮޓޯއެއް-- ފޮޓޯ: ލެ މެރީޑިއަން މޯލްޑިވްސް

މީގެ އިތުރުން އާއިލާތަކާ އެކު ޗުއްޓީ ހޭދަކުރަން ދާ މީހުންނަށް ހާއްސަކޮށްގެން "ތިލަމާފުށި ވިލާ"ގެ ނަމުގައި ވިލާއެއް ވަނީ ހަދައިފަ އެވެ. ގޮނޑުދޮށުގައި ހުންނަ މި ވިލާގައި ތިން ކޮޓަރި ހުރެ އެވެ.

މި ރިސޯޓުގެ ހުރިހާ ވިލާއެއް ވެސް ހަދާފައިވަނީ ދިވެހިންގެ ސަގާފަތް ދައްކުވައިދޭ ގޮތަށެވެ.

ލެ މެރީޑިއަން ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި މި ރިސޯޓުގައި ހަ ރެސްޓޯރެންޓް ހުންނާނެ އެވެ. ކޮންމެ ރެސްޓޯރެންޓަކުން ވެސް ތަފާތު ގައުމުތަކުގެ ކާނާ ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ލެ މެރީޑިއަން ރިސޯޓުގެ ވޯޓާ ވިލާތަކެއް-- ފޮޓޯ: ލެ މެރީޑިއަން މޯލްޑިވްސް

ލެ މެރީޑިއަން ރިސޯޓުގެ ވޯޓާ ވިލާތަކެއް-- ފޮޓޯ: ލެ މެރީޑިއަން މޯލްޑިވްސް

މި ރިސޯޓާ އެކު ޅ. އަތޮޅުގައި ހުޅުވާފައިވާ ރިސޯޓުތަކުގެ އަދަދު ނުވައަކަށް އަރާނެ އެވެ. އެ ރިސޯޓުގައި ހުޅުވާފައި އެހެން ރިސޯޓުތަކުގެ ތެރޭގައި ފުށިފަރު މޯލްޑިވްސް އާއި ކުރެއްދޫ އައިލެންޑާއި އެޓްމޮސްފިއާ ކާނިފުށި އާއި ކޮމަންޑޫ އައިލެންޑާއި އިންނަހުރާ އާއި ކޮކޫން އަދި ހުރަވަޅި އާއި ކުޑަދޫ އައިލެންޑް ހިމެނެ އެވެ.

ލެ މެރީޑިއަންގެ ޕޭރެންޓް ކުންފުނި، މެރިއެޓް އިންވެސް އަންނަނީ ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގަމުންނެވެ.