އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި ތިއްބެވި ފަރާތްތަކާއި ކުރިން ތިއްބެވި ފަރާތްތަކުގެ ލިސްޓް ރައްޔިތުންގެ މަޖިލީހުން މިއަދު އާއްމުކުރި އިރު އެ ލިސްޓްފައި އެމްޑީޕީގެ އިސް ހަ ބޭފުޅެއްގެ ނަން އެބަ އޮތެވެ.
12 މެއި 2021
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި ތިއްބެވި ފަރާތްތަކާއި ކުރިން ތިއްބެވި ފަރާތްތަކުގެ ލިސްޓް ރައްޔިތުންގެ މަޖިލީހުން މިއަދު އާއްމުކުރި އިރު އެ ލިސްޓްފައި އެމްޑީޕީގެ އިސް ހަ ބޭފުޅެއްގެ ނަން އެބަ އޮތެވެ.
ލިސްޓުގައިވާ ނަންތަކުގެ ތެރެއިން، އެމްޑީޕީގެ އެންމެ އިސް މަގާމެއްގައި ހުންނެވި ބޭފުޅެއްގެ ނަމަކަށް އޮތީ އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ. އޭނާއާ އެކު މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރަައްވާ ޖުމްލަ ތިން މެމްބަރުން ލިސްޓްގައި ހިމެެނެ އެވެ. އެއީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އާއި މަަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފެވެ.
މި މެމްބަރުންނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގެ ދުވަސްވަރު 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ތިއްބެވި މެމްބަރުންނެވެ.
މަޖިލިސް މެމްބަރުންގެ އިތުރުން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި ހައުސިިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ނަން ވެސް އެ ލިސްޓްގައި އެބަ އޮތެވެ. މި ދެ ބޭފުޅުންގެ ތެރެއިން މަހްލޫފަކީ 18 ވަނަ މަޖިލީހުގައި މެމްބަރުކަން ކުރެއްވިި ބޭފުޅެކެވެ. އޭނާ މެމްބަރުކަމުން ވަކިވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް އައްޔަންކުުރެއްވުމުންނެވެ. މި ލިސްޓްގައި އެމްޑީޕީގެ ވަރަށް އިސް އެހެން ބައެއް ބޭފުޅުން ހިމެނޭ ކަމަށް ބެލެވެ އެވެ. އެކަމަކު، ލިސްޓްގައި އެ މީހާގެ ހަމައެކަނި ނަން އޮތުމުން އެއީ ސީދާ މިވެނި މީހެއްކަން އަދި މުޅިން ކަށަވަރު ނުވެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި އިބްރާހީމް ޝަރީފް ވާހަކަ ދައްކަވަނީ. އެމްްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ލިސްޓްގައި އޭނާގެ ނަން ވެސް އޮތް. ފޮޓޯ: ނިޝާން އަލީ/މިހާރު
އެމްއެމްޕީއާރުސީ ހިޔާނާތުގެ ތުހުމަތުވާ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި މިހާރު ތިބި ފަރާތްތަކާއި ކުރިން މަގާމުތައް އަދާކުރި ފަރާތްތަކުގެ ލިސްޓެއް ފޮނުވަން މަޖިލީހުން އެދުނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެެއާޕާސަން ހަސަން ލަތީފު ފޮނުއްވި ސިޓީއަކާ ގުޅިގެންނެވެ. މަޖިލީހުން އެކަމަށް އެދުމުން އެސެޓް ރިކަވަރީ ކޮމިޝަނާއި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ވެސް މަޖިލީހަށް މައުލޫމާތު ފޮނުވި އެވެ. ހިޔާނާތުގެ ފަައިސާ ލިބުނުކަމަށް ބެލެވޭ 281 ފަރާތެއްގެ ނަން ފޮނުވީ އެސެޓް ރިކަވަރީ ކޮމިޝަނުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. އޭނާގެ ނަން ވެސް އެމްއެމްޕީއާރުސީ ލިސްޓްގައި އޮތް
އެ ލިސްޓް ދިރާސާކުރީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި ޖުޑިޝަރީ ކޮޮމިޓީ ގުޅިގެން އުފެއްދި ޖޮއިންޓް ކޮމިޓީއަކުންނެވެ. ޖޮއިންޓް ކޮމިޓީގެ ރިޕޯޓް ފައިނަލް ކުރަން ނެގި ސަބްކޮމިޓީއަކުން ރޭ ނިންމީ ރިޕޯޓާއި އެކު ލިސްޓް އާއްމުކުރުމަށެވެ. އެގޮތަށް ރޭ ނިންމި އިރު، ކޮމިޝަނުން ފޮނުވި ލިސްޓްކަމަށް ބުނެ ސޯޝަލް މީޑިއާގައި ރޭ ލިސްޓެއް ވެސް ދައުރުކުރި އެވެ. ފޮޓޯ ޖަހާފައިވާ އެލިސްޓްގައިވާ ބައެއް ބޭފުޅުންގެ ނަންތައް މިއަދު އާއްމުކުރި ލިސްޓްގައި ހުރި ނަމަވެސް ދެ ލިސްޓް ވަރަށް ތަފާތެވެ.
ޖޮއިންޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެމްބަރުން ވިދާޅުވީ އެގޮތަށް ލިސްޓެއް އާއްމުކޮށްގެން މަސައްކަތް ކޮށްފައި އެވަނީ އެސެޓް ރިކަވަރީ ކޮމިޝަނުގެ އިތުބާރު ގެއްލުވައިލުމަށް ކަަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ޖޮއިންޓް ކޮމިޓީގެ ރިޕޯޓްގައި އޮތީ ތުހުމަތުވާ މީހުންގެ ތެރެއިން މަގާމުތަކުން ވަކިކުރެވެން ހުރި ފަރާތްތައް ވަކިކުރުމަށެވެ. އެގޮތަށް އެއޮތީ އިންތިހާބީ މަގާމުތަކުގަައި ތިބި މީހުން ވަގުތުން ވަކިނުކުރެވޭނެތީ އެވެެ. ތުހުމަތުވާ މީހުންގެ ތެރެއިން އިންތިހާބީ މަގާމުތަކުގައި ތިބި މީހުން ވަކިކުރެވޭނީ ޝަރުއީ ހުކުމަކުން ނުވަތަ އެ ފަރާތްތައް އަމިއްލައަށް އިސްތިއުފާ ދިނުމުން ކަމަށް ވާތީ، އެފަދަ ފަރާތްތަކުގެ ތަހުގީގު އަވަސްކުރަން އެސެޓް ރިކަވަރީ ކޮމިޝަނަށް އެންގުމަށް ރިޕޯޓްގައި ވެ އެވެ.
ހިޔާނާތު ލިސްޓަށް ފިޔަވަޅުއަޅަން އަންގަން ފާސްކޮށްފި
ހިޔާނާތުގެ ލިސްޓް އިރުކޮޅަކުން އާންމުކުރާނެ
ސަބް ކޮމިޓީން ނިންމީ ހިޔާނާތުގެ ލިސްޓް އާންމުކުރަން
ކޮމިޓީން އެއްފަރާތްވީ އިންޓަގްރިޓީ ހިފަހައްޓަން: އާޒިމް
ހިޔާނާތާ ގުޅޭ ނަމަ ތަހުގީގު ނުނިމުނަސް ވަކިކުރަންޖެހޭ
ލިސްޓަށް ބަދަލު އަންނާނެ ކަމަށް ކޮމިޝަނުން ބުނި
ބޮޑުހިޔާނާތް: އިތުރު 14 ނަމެއް، ހާމަކުރުން މަނާ
ޚިޔާނާތުގެ މައްސަލަތަކަށް ވީގޮތް ބަލަން ޖޮއިންޓް ކޮމިޓީ
149 ކިލޯ ޑްރަގް މައްސަލަ ޕީޖީ މުރާޖައާކުރަން އެދެނީ
ލިސްޓުގައި 63 ޕަސެންޓަކީ ތަހުގީގު ނުފަށާ މައްސަލަތައް