އެއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތުހުމަތުވާ ފަރާތްތަކުގެ ލިސްޓް އާއްމުކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން ފާސްކޮށްފި އެވެ.
އެއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތުހުމަތުވާ ފަރާތްތަކުގެ ލިސްޓް އާއްމުކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން ފާސްކޮށްފި އެވެ.
އެމްއެމްޕީއާރުސީ ލިސްޓް ދިރާސާކުރުމަށް ފަހު އެ ލިސްޓާ ބެހޭ ފައިނަލް ރިޕޯޓެއް އެކުލަަވައިލަން ޖޮއިންޓް ކޮމިޓީން ނެގި ސަބް ކޮމިޓީން މިއަދު އެ ރިޕޯޓް ހުށަހެޅި އިރު ލަފާ ދިިނީ ތަހުގީގީ އިދާރާތަކުން ފޮނުވި ލިސްޓް އެ އޮތް ގޮތަށް ހާމަކުރުމަށެެވެ. އެ ރިޕޯޓް ފާސްކުރީ ޖޮއިންޓް ކޮމިޓީގެ އިއްތިފާގުންނެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ ތުހުމަތުވާ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި މިހާރު ތިބި ފަރާތްތަކާއި ކުރިން މަގާމުތައް އަދާކުރި ފަރާތްތަކުގެ ލިސްޓެއް ފޮނުވަން މަޖިލީހުން އެދުނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެެއާޕާސަން ހަސަން ލަތީފު ފޮނުއްވި ސިޓީއަކާ ގުޅިގެންނެވެ. މަޖިލީހުން އެކަމަށް އެދުމުން އެސެޓް ރިކަވަރީ ކޮމިޝަނާއި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ވެސް މަޖިލީހަށް މައުލޫމާތު ފޮނުވި އެވެ. ހިޔާނާތުގެ ފަައިސާ ލިބުނުކަމަށް ބެލެވޭ 281 ފަރާތެއްގެ ނަން ފޮނުވީ އެސެޓް ރިކަވަރީ ކޮމިޝަނުންނެވެ.
ލިސްޓް ދިރާސާކުރަން ޖޮއިންޓް ކޮމިޓީން ނެގި ސަބްކޮމިޓީން ރޭ އެކުލަވައިލި ރިޕޯޓްގައި އޮތީ ކޮމިޝަނުން ފޮނުވި ގޮތަށް ރިޕޯޓް އާއްމުކުރާށެވެ. އެކަމަކު ޖޮއިންޓް ކޮމިޓީން މިއަދު ފާސްކުރީ ލިސްޓްގައިވާ ލިއުމުގެ ބައެެއް ކުށް ފިލުވުމަށް ފަހު އެސެޓް ރިކަވަރީ ކޮމިޝަނުން އަލުން ފޮނުވުމުން ރިޕޯޓްގެ ޖަދުވަލުގައި ހިމަނައި އާއްމުކުރާށެވެ.
ޖޮއިންޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސައިން ވިދާޅުވީ ތުހުމަތުވާ މީހުންގެ ލިސްޓް އާއްމުކޮށްފި ނަމަ ތަހުގީގަށް ހުރަސް އެޅޭނެތޯ އެސެޓް ރިކަވަރީ ކޮމިޝަނާ ސުވާލުުކުރި ކަމަށާއި މިހާރު ހުރި ގާނޫނުތަކާ އެކު އެގޮތަށް އެކަން ނުވާނެ ކަަމަށް ކޮމިޝަނުން ބުނި ކަމަށެވެ.
"އެބޭފުޅުން އޮން ރެކޯޑް ވިދާޅުވެފައި އެބަ އޮތް، މިހާރު މި ސިޓުއޭޝަން ގައި، މިހާރު އަަޅުގަނޑުމެންގެ ގާނޫނީ އޮނިގަނޑަށް މިއައި ބަދަލުތަކާ އެއްކޮށް، ނޭދެވޭ އަސަރެއް ތަހުގީގަށް ކުރާނެކަަމަށް އެބޭފުޅުންނަށް ގަބޫލުނުުކުރެވޭ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ޖޮއިންޓް ކޮމިޓީގެ ސަބްކޮމިޓީން ރޭ އެކުލަަވަލައިލި ރިޕޯޓްގައި އޮތީ ތުހުމަތުވާ މީހުންގެ ތެރެއިން މަގާމުތަކުން ވަކިކުރެވެން ހުރި ފަރާތްތައް ވަކިކުރުމަށެވެ. އެގޮތަށް އެއޮތީ އިންތިހާބީ މަގާމުތަކުގަައި ތިބި މީހުން ވަގުތުން ވަކިނުކުރެވޭނެތީ އެވެެ. ތުހުމަތުވާ މީހުންގެ ތެރެއިން އިންތިހާބީ މަގާމުތަކުގައި ތިބި މީހުން ވަކިކުރެވޭނީ ޝަރުއީ ހުކުމަކުން ނުވަތަ އެ ފަރާތްތައް އަމިއްލައަށް އިސްތިއުފާ ދިނުމުން ކަމަށް ވާތީ، އެފަދަ ފަރާތްތަކުގެ ތަހުގީގު އަވަސްކުރަން އެސެޓް ރިކަވަރީ ކޮމިޝަނަށް އެންގުމަށް ރިޕޯޓްގައި ވެ އެވެ.
ހިޔާނާތު ލިސްޓަށް ފިޔަވަޅުއަޅަން އަންގަން ފާސްކޮށްފި
ސަބް ކޮމިޓީން ނިންމީ ހިޔާނާތުގެ ލިސްޓް އާންމުކުރަން
ލިސްޓަށް ބަދަލު އަންނާނެ ކަމަށް ކޮމިޝަނުން ބުނި
ހިޔާނާތުގެ ލިސްޓްގައި އެމްޑީޕީގެ އިސް ހަ ބޭފުޅެއް
ކޮމިޓީން އެއްފަރާތްވީ އިންޓަގްރިޓީ ހިފަހައްޓަން: އާޒިމް
ހިޔާނާތާ ގުޅޭ ނަމަ ތަހުގީގު ނުނިމުނަސް ވަކިކުރަންޖެހޭ
ލިސްޓުގައި 63 ޕަސެންޓަކީ ތަހުގީގު ނުފަށާ މައްސަލަތައް
ބޮޑު ހިޔާނަތުގައި ކުރި އާއި މިހާރުގެ 61 މެމްބަރުން
މިނިވަން މުއައްސަސާތަކަށް ނިސްބަތްވާ 11 މީހެއްގެ ނަން
ބޮޑުހިޔާނާތް: އިތުރު 14 ނަމެއް، ހާމަކުރުން މަނާ