އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާގައި ޖެހުނު ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ތުހުމަތުކުރާ ދައުލަތުގެ އިސް މަގާމުތަކުގައި އެހާރާއި މިހާރު ތިއްބެވި އިސް ބޭފުޅުންނަށް އޮޑިޓާ ޖެނެރަލް ނިޔާޒް އިބާރާހީމް ރޭ ރައްދު ދެއްވައިފި އެވެ.
13 މެއި 2021
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާގައި ޖެހުނު ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ތުހުމަތުކުރާ ދައުލަތުގެ އިސް މަގާމުތަކުގައި އެހާރާއި މިހާރު ތިއްބެވި އިސް ބޭފުޅުންނަށް އޮޑިޓާ ޖެނެރަލް ނިޔާޒް އިބާރާހީމް ރޭ ރައްދު ދެއްވައިފި އެވެ.
ނިޔާޒް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން އިއްޔެ އާންމުކުރި، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ލިސްޓުގައި ހިމެނޭ ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މެދުވެރިކޮށް، މިލިއަނުން ފައިސާ ނެންގެވި ކަމަށް ކުރާ ތުހުމަތުތަކާ ގުޅިގެންނެވެ. އެ ލިސްޓުގައި، ރައްޔިތުންގެ މަޖިލީހުގެ އެހާރާއި މިހާރުގެ ބައެއް މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގެ އެހާރާއި މިހާރުގެ ބައެއް ވެރިންނާއި ވަޒީރުކަމުގެ މަގާމު ފުރުއްވާފައިވާ އަދި މިހާރު ވެސް ފުރުއްވަމުން ގެންދަވާ އެއް ބޭފުޅަކު ހިމެނެ އެވެ.
"އަދާކުރާ ދައުލަތުގެ ވަޒީފާއިން 60،000 ރުފިޔާގެ މުސާރަ ލިބޭ މީހަކު މިލިއަނުން މިލިއަނުން ހަދިޔާ ދީ، ފައިސާ ބަހާ ހަދާއިރު، މި ވާނުވާ ނޭނގޭވަރުގެ ތެތްކަން ސިކުނޑީގައި ނެތް މީސްމީހުން ދައުލަތުގެ ޒިންމާދާރު މަގާމުތަކަށް ކުފޫ ހަމަނުވޭ،" ނިޔާޒް އިބްރާހިމްގެ ޓުވީޓުގައި ވެ އެވެ.
އޭނާއަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންމެ ފުރަތަމަ ފެންމަތި ކުރެއްވި ބޭފުޅާ އެވެ. އޭރު ނިޔާޒް އިބްރާހިމް ހުންނެވީ އޮޑިޓާ ޖެނެރަލްކަމުގެ މަގާމުގަ އެވެ. އެ މަގާމު ގެއްލެން މެދުވެރިވި އެއް ސަބަބަކީ ވެސް އެ ބޮޑު ހިޔާނާތާ ދެކޮޅަށް ފާޅުގައި ނުކުންނެވުމެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ލިސްޓުގައި ނަން ހިމަނާފައި އޮތުމުންް އެ ގެއްލެނީ މުޅި އޮފީހުގެ ކަރާމާތް ކަމަށް ވިދާޅުވެ އެ މަގާމުން، އެންމެ ފަހުގެ އޮޑިތަ ޖެނެރަލް ހަސަން ޒިޔަތު ވެސް ރޭ ވަނީ އިސްތިއުފާ ވެސް ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ޒިޔަތު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި، ނަން ހިމެނިފައި އޮތުމުން އޮޑިޓާ ޖެނެރަލްގެ މަގާމުގައި ދެމިހުރުމަކީ ދައުލަތާއި އޮޑިޓަ ޖެނެރަލް އޮފީހުގެ ކަރާމާތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
އޮޑިޓަ ޖެނެރަލްގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވުމުގައި އަދި މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް ހިޔާނާތެއް އަދި އެއްވެސް ރިޝްވަތެއް، ނުވަތަ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭނެ އެއްވެސް ކަމެއްގައި ބައިވެރިވެވަޑައިގެންފައި ނުވާނެކަމުގެ ޔަގީން ވެސް ދެއްވާ ކަމަށް އޭނާގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
ޒިޔަތު ކުރިން ވިދާޅުވެފައިވާ ގޮތުގައި އޭނާ އަށް ލިބިވަޑައިގެންފައިވާ ފައިސާ އަކީ، 2014 ގައި އޮތް ރައްޔިތުންގެ މަޖިލީހަށް ކެމްޕޭން ކުރި އިރު ޕީޕީއެމްގެ ޓިކެޓާ އެކު ކެމްޕޭން ކުރަން ދިން ދެ ލައްކައެއްހާ ރުފިޔާ އެވެ. އެއީ އެ ޕާޓީގެ ހުރިހާ ކެންޑިޑޭޓުންނަށް ދިން ފައިސާއެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އަދި އެ ފައިސާ ދިންއިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ އެއްވެސް ވާހަކައެއް ފެންމަތިވެފައި ނުވާ ކަމަށާއި އެ ފައިސާއަކީ ޚިޔާނާތުގެ ފައިސާއެއްކަން އެއްވެސް މީހަކަށް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ހިޔާނާތުގެ ލިސްޓާއި ރަށްތަކުގެ މައްސަލަ ބަލާނީ އެކީގައި
ލިސްޓަށް ބަދަލު އަންނާނެ ކަމަށް ކޮމިޝަނުން ބުނި
ހިޔާނާތުގެ ތުހުމަތުތައް ބައެއް ބޭފުޅުން ދޮގުކުރައްވަނީ
ބޮޑު ހިޔާނަތުގައި ކުރި އާއި މިހާރުގެ 61 މެމްބަރުން
އޮޑިޓަ ޖެނެރަލް ޒިޔަތު އިސްތިއުފާ ދެއްވައިފި
ވަޒީރެއްގެ ގޮތުގައި ނަން އޮތީ މަހުލޫފުގެ އެކަނި
ޔާމީނަށް ކުރާ ދައުވާގެ މާދަމާގެ އަޑުއެހުން ކެންސަލް
ފައިސާ ހޯދަން ދައުވާކުރާނެ ބަޔަކު ނުވެ އެތައް ދުވަހެއް
ޔާމީންގެ ޝަރީއަތް މާދަމާއިން ފެށިގެން ލައިވް
ނިޒާމެއް ނެތިގެން ގިނަ އަދަދެއްގެ ފައިސާ ނުހޯދިފައި!