ރައްޔިތުން މަޖިލީހުގެ އިދާރާ އިން މިއަދު އާންމުކުރި އެއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތުހުމަތުވާ މީހުންގެ ލިސްޓުގައި ހިމެނޭ އެ މަޖިލީހުގެ މިހާރުގެ ބައެއް މެމްބަރުންނާއި ކުރީގެ ބައެއް މެމްބަރުން ވެސް އެ ތުހުމަތުތަކަށް ރޭ އިންކާރުކުރައްވައިފި އެވެ.
13 މެއި 2021
ރައްޔިތުން މަޖިލީހުގެ އިދާރާ އިން މިއަދު އާންމުކުރި އެއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތުހުމަތުވާ މީހުންގެ ލިސްޓުގައި ހިމެނޭ އެ މަޖިލީހުގެ މިހާރުގެ ބައެއް މެމްބަރުންނާއި ކުރީގެ ބައެއް މެމްބަރުން ވެސް އެ ތުހުމަތުތަކަށް ރޭ އިންކާރުކުރައްވައިފި އެވެ.
ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކުރާ 200 އަށް ވުރެ ގިނަ މީހުންގެ ލިސްޓް އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ފޮނުވީ އެ އިދާރާ އިން އެދުމުންނެވެ. އެކަމަކު، އެ ކޮމިޝަންގެ ރުހުމާ ވެސް އެކު، މަޖިލީހުގެ އިދާރާ އިން އިއްޔެ ވަނީ އެ ލިސްޓު އާންމުކޮށްފަ އެވެ.
މިއާއެކު އެންމެ ގިނަ ބައެއްގެ ކަންބޮޑުވުމަކީ ތަހުގީގީ އެއްވެސް އިދާރާއަކުން ބައެއް ބޭފުޅުން ހާޒިރު ވެސް ނުކޮށް، ސުވާލު ކުރުމެއް ނެތި ބޮޑު ތުހުމަތުތަކެއް އަޅުވައި ނަން ހަރާބު ކޮށްލުމެވެ. ކަން ހިނގާފައިވާ ގޮތް އެއްވެސް ވަރަކަށް ބެލުމެއް ނެތި ނަންތައް ހާމަކުރުމުން ހިޔާނާތާ ދެކޮޅު ބައެއް ބޭފުޅުންގެ ނުރުހުން ވެސް މަޖިލީހުގެ އިދާރާ އަށް ވަނީ އަމާޒުވެފަ އެވެ.
ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މި ތުހުމަތައް އިންކާރުކުރައްވައި ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ އޭނާގެ ނަން ހިޔާނާތުގެ ލިސްޓުގައި ހިމަނާފައި ވަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފަށް ކަމަށެވެ. މިއީ ސިޔާސީ ގޮތުން އޭނާގެ އަގުވައްޓާލުމަށްޓަކައި ވަކި ބަޔަކު ކޮށްފައިވާ ވަރަށް ޒިންމާދާރު ކުޑަ އަމަލެއް ކަމަށް ވެސް ތުހުމަތުކުރެއްވި އެވެ.
"... މި މައްސަލައާ ގުޅިގެން ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ވެސް މިއަދާ ހަމައަށް އަޅުގަނޑާއި ސުވާލުކޮށް އެއްވެސް ބާވަތެއްގެ ތަހުގީގެއް ހިންގާފައި ނުވުމަކީ އެކަމުގެ އަލިގަދަ ހެއްކެކެވެ،" މި ބަޔާނުގައި ނާޒިމް ވިދާޅުވި އެވެ.
މި ތުހުމަތައް އިންކާކުރައްވާ ސަރުކާރާ އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ވަނީ ޓުވީޓެއް ކުރައްވައިފަ އެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓުގައި އޭނާގެ ނަން ހިމަނާފައި ވަނީ އަބުރު ކަތިލުމަށްޓަކައި ކަމަށް، ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރުކަން ކުރިން ކުރައްވާފައިވާ އަދުރޭ ވިދާޅުވި އެވެ.
MMPRC ގެ ޚިޔާނާތުގެ ލިސްޓްގައި އަޅުގަނޑުގެ ނަން ހިމަނާފައިވަނީ އަބުރު ކަތިލުމުގެ ބޭނުމުގަ. MMPRCގެ ޚިޔާނާތުގެ ލޯ ލާރިއެއްގައިވެސް ޖެހިފައެއް ނުވާނެ.މަތިމައްޗަށް ލިސްޓްތަކުގައި ނަން ޖެހިޔަސް ފަހަތަށް ޖެހުމެއްނެތް.މިހުރީ ވަރަށް ސާބިތުކަމާއެކު ތުހުމަތަށް ޖަވާބުދާރީވުމަށް ތައްޔާރަށް.
— Abdul Raheem Abdulla (@Banafsaa) May 12, 2021
"އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ލޯ ލާރިއެއްގައި ވެސް ޖެހިފައެއް ނުވާނެ. މަތި މައްޗަށް ލިސްޓުތަކުގައި ނަން ޖެހިޔަސް ފަހަތަށް ޖެހުމެއް ނެތް،" އިދިކޮޅު ލީޑަޝިޕްގެ އިސް އެއް މެމްބަރު އަދުރޭ ވިދާޅުވި އެވެ.
މަޖިލީހަށް ހޮވުމުގެ ކުރިން ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާނޫނީ ވަކީލަކަށް ވުމަކީ އޭނާގެ ނަން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ލިސްޓުގައި އޮންނަޖެހޭ ސަބަބެއް ނޫން ކަމަށް ކެންދޫ ދާއިރާގެ މެމްބަރުން އަލީ ހުސެއިން ރޭ ވިދާޅުވި އެވެ. ޖުމްހޫރީ ޕާޓީގެ މެމްބަރު ވިދާޅުވީ އޭނާ އަކީ ބޮޑު ޚިޔާނާތުގެ ބައިވެރިއެއް ނޫން ކަމަށާއި އެމްއެމްޕީއާރްސީގެ އެއްވެސް ފައިސާއެއް ލިބިފައި ނުވާނެ ކަމަށެވެ.
އަލީ ހުސެއިން ވިދާޅުވިގޮތުގައި. އަދީބުގެ އެދިވަޑައިގަތުމަކަށް، ރައްޔިތުން މަޖިލީހުގެ މެމްބަރުކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ތަފާތު އެކި މައްސަލަތަކުގަ އާއި ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ގާނޫނީ ވަކީލުގެ ހައިސިއްޔަތުން ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އަދީބަށް އެހީތެރިކަން ފޯރުކޮށް ދެއްވި ކަމަށެވެ. އަދި އެކަން ސާބިތުކޮށްދެވޭނެ ހެކި ވެސް އެބަހުރި ކަމަށް ފާހަގަކުރެއްވި އެވެ.
އަޅުގަނޑަށް MMPRC ގެ އެއްވެސް ފައިސާއެއް ލިބިފައެއް ނޯންނާނެ. އަޅުގަނޑަކީ އެ ބޮޑު ޚިޔާނާތުގެ ބައިވެރިއެއް ނޫން. މަޖިލީހަށް ހޮވުމުގެ ކުރިން އަދީބުގެ ގާނޫނީ ވަކީލަކަށް ވުމަކީ އަޅުގަނޑުގެ ނަން ޚިޔާނާތުގެ ބައިވެރިއެއްގެ ގޮތުގައި އޮންނަންޖެޭ ސަބަބެއް ނޫން. pic.twitter.com/KqVKLi2cJn
— Ali Hussain (@AleeVoice) May 12, 2021
މިދިޔަ މަހުގެ 10 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވައި އައްޑޫ މޭޔަރަކަށް އިންތިހާބުކުރި އަލީ ނިޒާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހިޔާނާތުގެ ލިސްޓުގައި އޭނާގެ ނަން ހިމެނުމަކީ އަބުރު ކަތިލަން ހިންގާފައިވާ ޖަރީމާއެއް ކަމަށެވެ.
"އިންފޮމޭޝަން ކަލެކްޝަން ޖަހައި ވަގެއް ކަމަށް ނިންމައި މީހުން ބަދުނާމު ކުރެވިގެން ނުވާނެ. ފެއިލް ވެފައިވާ ދައުލަތެއްގެ ސިފަ ސާފުވަމުން މިދަނީ،" ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ނިޒާރު ވިދާޅުވި އެވެ.
މަޖިލީހުގެ އިދާރާގެ ރިޕޯޓުން އެނގޭ ގޮތުގައި، ތުހުމަތު ކުރާ ގިނަ މީހުންގެ ތަހުގީގު އަދި ނުވެސް ނިމެ އެވެ. ލިސްޓުގައި ހިމެނޭ ގިނަ މީހުންގެ މައުލޫމާތު ގޮޅީގައި ވަނީ "އިންފޮމޭޝަން ކަލެކްޝަން" ޖަހައިފަ އެވެ. ތަހުގީގު ނުނިމޭ ލިސްޓެއް އާންމުންގެ ތެރެއަށް ދޫކޮށްލުމާއެކު، މަޖިލީހުގެ އިދާރާ އާއި އެސެޓް ރިކަވަރީ ކޮމިޝަން ވަނީ މިހާރު ހޫނުފެނަށް ވެއްޓިފަ އެވެ.
ހިޔާނާތުގެ ލިސްޓުގައި، ރައްޔިތުންގެ މަޖިލީހުގެ އެހާރާއި މިހާރުގެ ބައެއް މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގެ އެހާރާއި މިހާރުގެ ބައެއް ވެރިންނާއި ވަޒީރުކަމުގެ މަގާމު ފުރުއްވާފައިވާ އަދި މިހާރު ވެސް ފުރުއްވަމުން ގެންދަވާ އެއް ބޭފުޅެއްގެ ނަން ހިމެނެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ލިސްޓުގައި މިހާރުގެ އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ނަން ހިމަނާފައި އޮތުމުންް އެ ގެއްލެނީ މުޅި އޮފީހުގެ ކަރާމާތް ކަމަށް ވިދާޅުވެ އޭނާ ރޭ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ހަސަން ވެސް ވަނީ އޭނާއަށް ކުރާ ތުހުމަތައް އިންކާރުކުރައްވައިފަ އެވެ. ކުރިން ހަސަން ވިދާޅުވެފައިވާ ގޮތުގައި އޭނާ އަށް ލިބިވަޑައިގެންފައިވާ ފައިސާ އަކީ، 2014 ގައި އޮތް ރައްޔިތުންގެ މަޖިލީހަށް ކެމްޕޭން ކުރި އިރު ޕީޕީއެމްގެ ޓިކެޓާ އެކު ކެމްޕޭން ކުރަން ދިން ދެ ލައްކައެއްހާ ރުފިޔާ އެވެ.
ހިޔާނާތުގެ ލިސްޓާއި ރަށްތަކުގެ މައްސަލަ ބަލާނީ އެކީގައި
ރައީސަށް ކުރާ ތުހުމަތު ބަލަން އިދިކޮޅުން އެދިއްޖެ
ލިސްޓަށް ބަދަލު އަންނާނެ ކަމަށް ކޮމިޝަނުން ބުނި
ނިޔާޒްގެ ރައްދު ހިޔާނާތުގެ ފައިސާގައި ޖެހުނު މީހުންނަށް
ބޮޑު ހިޔާނަތުގައި ކުރި އާއި މިހާރުގެ 61 މެމްބަރުން
ވަޒީރެއްގެ ގޮތުގައި ނަން އޮތީ މަހުލޫފުގެ އެކަނި
ޔާމީނަށް ކުރާ ދައުވާގެ މާދަމާގެ އަޑުއެހުން ކެންސަލް
ފައިސާ ހޯދަން ދައުވާކުރާނެ ބަޔަކު ނުވެ އެތައް ދުވަހެއް
ޔާމީންގެ ޝަރީއަތް މާދަމާއިން ފެށިގެން ލައިވް
ނިޒާމެއް ނެތިގެން ގިނަ އަދަދެއްގެ ފައިސާ ނުހޯދިފައި!