Roadha Mihaaru
ގޭގައި މަސައްކަތްކުރާ މުއްދަތު ހަފުތާއަކަށް އިތުރުކޮށްފި

ސަރުކާރު އޮފީސްތައް ބަންދުކޮށް، ގޭގައި މަސައްކަތްކުރާ މުއްދަތު އަންނަ ހަފުތާއަށް އިތުރުކޮށްފި

13 މެއި 2021

މާލެ ސަރަހައްދުގައި ހިންގާ ސަރުކާރުގެ އޮފީސްތައް ބަންދުކޮށް، ގޭގައި މަސައްކަތްކުރާ މުއްދަތު އަންނަ ހަފުތާއާ ހަމައަށް އިތުރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލެ ސަރަހައްދުގައި ހިންގާ ސަރުކާރުގެ އޮފީސްތައް ބަންދުކޮށް، ގޭގައި މަސައްކަތްކުރާ މުއްދަތު އަންނަ ހަފުތާއާ ހަމައަށް އިތުރުކޮށްފި އެވެ.

ކޮވިޑު-19 ގެ ހާލަތު ގޯސްވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފުރަތަމަ ނިންމެވީ އަންނަ ހޮނިހިރު ދުވަހާ ހަމައަށެވެ. ނަމަވެސް އެއް ހަފުތާ އިތުރުކޮށް، އެ މުއްދަތު އަންނަ ހަފުތާއާ ހަމައަށް ދަންމާލީ އެވެ.

ރައީސް އޮފީހުން ބުނީ މުވައްޒަފުންނަށް ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ކުރުމާއި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހާ ހިދުމަތްތަކެއް އޮންލައިންކޮށް ދިނުމަށް ދަންނަވަން ރައީސް އަންގަވާފައިވާ ކަމަށެވެ.

ނަމަވެސް ސަރުކާރުގެ އިދާރާތަކުން އަސާސީ ހިދުމަތްތައް ދިނުމަށާއި އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރަން މުވައްޒަފުން ހާޒިރުވާން ޖެހިއްޖެނަމަ އެ އިދާރާގެ އިސްވެރިޔަކު ކަނޑައަޅާ ގޮތުގެ މަތިން މުވައްޒަފުން ހާޒިރުވެގެން، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތް ކުރެވިދާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ވެބްސައިޓުގައި ބުނީ ސަރުކާރުގެ އޮފީސްތައް ބަންދުކޮށް ގޭގައި މަސައްކަތްކުރާ ގޮތަށް ހަމަޖެއްސުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑު ކޮންޓްރޯލް ކުރުމެވެ.

"މި މުއްދަތުގެ ތެރޭގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގަވާ އެންގެވުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަންގަތުމަށާއި އެ އެޖެންސީން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރެއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަން ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ،" ވެބްސައިޓުގައި ބުުންޏެވެ.