Roadha Mihaaru
ކަންގަނާ ހުރީ ޓްވިޓާ އަލުން ލިބޭނެ ކަމުގެ އުއްމީދުގައި

މަސްކް ޓްވިޓާ ގަތުމުން ކަންގަނާ އަނބުރާ ޓްވިޓާއަށް އާދެވޭނެ ކަމުގެ އުއްމީދުގައި

30 އޮކްޓޯބަރ 2022

ޓްވިޓާގެ އުސޫލުތަކާ ހިލާފުވު ވާހަކަތައް ދައްކާތީ ދާއިމަށް ޓްވީޓާ އިން ސަސްޕެންޑްކުރި ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނައުތު، އޭނާގެ އެކައުންޓް އަލުން ލިބޭނެ ކަމުގެ އުއްމީދުގައި ހުރި ކަމަށް ބުނެފި އެވެ،

ޓްވިޓާގެ އުސޫލުތަކާ ހިލާފުވު ވާހަކަތައް ދައްކާތީ ދާއިމަށް ޓްވީޓާ އިން ސަސްޕެންޑްކުރި ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނައުތު، އޭނާގެ އެކައުންޓް އަލުން ލިބޭނެ ކަމުގެ އުއްމީދުގައި ހުރި ކަމަށް ބުނެފި އެވެ،

ކަންގަނާ އެގޮތަށް ބުނެފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު، އީލޮން މަސްކް، ޓްވީޓާ ގަތުމަށް ފަހު، އެ ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް ބުނެފައިވަނިކޮށެވެ.

މަސްކްގެ ޓްވިޓާ ގަތުމަށް ފަހު ގެންނާނެ ކަމަށް ބުނާ ބަދަލުތަކާ އެކު އެންމެ ބޮޑު އުފަލެއް ލިބުނު އެކަކީ މިދިޔަ އަހަރު ދާއިމަށް ޓްވީޓާ އިން ބޭރުކޮށްލި ކަންގަނާ އެވެ. ކަންގަނާ ބުނީ ޓްވިޓާގައި ނެތުމުން އުފާކުރާ ކަމަށެވެ. އެކަމަކު އޭނާގެ އެކައުންޓް އަނބުރާ ލިބިއްޖެ ނަމަ، ވަރަށް ތަފާތު ވާހަކަތައް އެންމެނަށް ވެސް ލިބޭނެ ކަމަށް ބުންޏެވެ.

ޓްވިޓާ އިން ބޭރުކޮށްލި މައްސަލާގައި ކަންގަނާ ބުނީ އޭނާ ޓްވިޓާ ބޭނުންކުރަން ފެށިތާ އަހަރެއް ނުވަނީސް އެކައުންޓް ދާއިމަށް ސަސްޕެންޑްކޮށްލުމުން އެނގެނީ ޓްވިޓާއަށް އޭނާގެ ވާހަކަތައް އެންމެ އަހަރެއް ވަންދެން ވެސް ހަޖަމްނުކުރެވުން ކަމަށެވެ.

އިންސްޓަގްރާމު ބޭނުންކުރަން ފެށިތާ ވެސް މިހާރު އަހަރު ދުވަސްވެފައިވާ ކަމަށާއި މިހާތަނަށް ތިން އިންޒާރު ލިބިފައިވާ ކަމަށް ވެސް ކަންގަނާ ބުންޏެވެ. އެހެންވެ، އޭނާ އަމިއްލަށް އިންސްޓަގްރާމު ބޭނުންނުކުރަން ނިންމާފައިވާ ކަމަށާއި އޭނާގެ އެކައުންޓް މިހާރު ބޭނުންކުރަނީ އޭނާގެ ޓީމުން ކަމަށް ވެސް ކަންގަނާ ބުންޏެެވެ.

އޭނާގެ ޓީމުން އިންސްޓަގްރާމު އެކައުންޓް ބަލަމުންދާއިރު ހުރިހާ ކަމެއް ވެސް ހިނގަނީ ރަނގަޅަށް ކަމަށައި އެ އެކައުންޓާ މެދު އެއްވެސް ބައެއްގެ ޝަކުވާއެއް ނެތް ކަމަށް ކަންގަނާ ބުނެ އެވެ.

އެެއްވެސް އިމެއް ނެތި ހިޔާލުފާޅުކުރެވެން ޖެހޭނެ ކަމަށް ގަބޫލުކުރާ މަސްކް 44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަތުމަށް ފަހު އެ ކުންފުނީގެ އިސް އެތައް ބަޔަކު މަގާމުން ވަކިކޮށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.