ރާއްޖޭގެ އެންމެ އުތުރަށް އޮންނަ ހިކިފަސް ސަރަހައްދު ފާހަގަކުރަން، ހއ. ތުރާކުނުގައި ޖަހާފައިވާ ބައްތި، މިހާރު ކުރަމުންދާ ވިއްސާރާގައި މޫދަށް ގިރާލައިފި އެވެ. އިއްޔެ ވެސް 30 ފޫޓު އެއްގަމުގައި ހުރި އެ ބައްތި، މިހާރު ހުރީ ތުރާކުނާ 10 ފޫޓު ދުރުގައި މޫދުގަ އެވެ.
14 މެއި 2021
ރާއްޖޭގެ އެންމެ އުތުރަށް އޮންނަ ހިކިފަސް ސަރަހައްދު ފާހަގަކުރަން، ހއ. ތުރާކުނުގައި ޖަހާފައިވާ ބައްތި، މިހާރު ކުރަމުންދާ ވިއްސާރާގައި މޫދަށް ގިރާލައިފި އެވެ. އިއްޔެ ވެސް 30 ފޫޓު އެއްގަމުގައި ހުރި އެ ބައްތި، މިހާރު ހުރީ ތުރާކުނާ 10 ފޫޓު ދުރުގައި މޫދުގަ އެވެ.
މީގެ ވިއްސަކަށް އަހަރު ކުރިން ސަރުކާރުން ޖެހި 30 ފޫޓުގެ އެ ބައްތި ބަލައި، އެ ބައްތި ކައިރީގައި ފޮޓޯ ނަގަން ތުރާކުނަށް އަބަދުވެސް ގިނަ ބަޔަކު ޒިޔާރަތް ކުރެ އެވެ.
އެ ރަށު ކައުންސިލުން މިރޭ ބުނީ، ކޮވިޑް-19ގެ ބަލިމަޑުކަމާ ހެދި މާލެ އަށް އެރުން މަނާކުރީއްސުރެ މިހާތަނަށް 400 އަށް ވުރެ ގިނަ މީހުން، ބައްތި ބަލާލަން ރަށަށް ޒިޔާރަތް ކުރި ކަމަށެވެ.
ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގެ އަސަރު، ތުރާކުނަށް ވެސް ވަރަށް ބޮޑަށް ކުރި އެވެ.
ކައުންސިލްގެ ނައިބު ރައީސް ތޯހާ އަލީ ވިދާޅުވި ގޮތުގައި "މާދަމާ އިރު އަރަން ވާ އިރަށް ވެސް، ބައްތި ރަށާ ވަކި ނުވެ ހުންނާނެ ކަމެއް ނޭނގެ" އެވެ.
ރާއްޖޭގެ ލޭންޑްމާކެއް ކަމުގައިވާ އުތުރުގެ ބައްތި މޫދަށް ގިރާލާފައި
"މިއީ ރެ އާއި މިއަދު ކުރި ވިއްސާރައިން ވެފައި ވާވަރު. ދެން މާދަމާ އިރު އަރާއިރު ނޭނގޭ ބައްތި ނުވެއްޓި ހުންނާނެ ކަމެއް ވެސް،" މިހާރު ވެސް އެ ސަރަހައްދަށް ވަރަށް ގަދައަށް ވިއްސާރަ ކުރަމުންދާކަން ފާހަގަކޮށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ތުރާކުނުގެ އުތުރު ފަރާތުގައި ސަރުކާރުން އެންމެ ފުރަތަމަ މިފަދަ ބައްތިއެއް ޖެހީ، އެ ސަރަހައްދުން ދަތުރުކުރާ މީހުންގެ ރައްކަލަކަށެވެ. ފަޅުރަށްތަކާއި ފަރުތައް ގިނަ އެ ސަރަހައްދުގައި އޭރު އެ ނޫން އަލިކަމެއް ނުހުރެ އެވެ. ކައުންސިލުން ބުނީ މިހާރު ހުރި ބައްތި، މީގެ ވިއްސަކަށް އަހަރު ކުރިން ސަރުކާރުން ޖެހުމުގެ ކުރިން ވެސް، ރަށުގެ އެ ސަރަހައްދުގައި ސަރުކާރުން ބައްތި ހަރުކުރާ ކަމަށެވެ.
ރާއްޖޭގެ އެންމެ އުތުރުގައި ހުންނަ ބައްތިއަށް ބަޔަކު އަރައި ފޮޓޯ ނަގަނީ-- ފޮޓޯ: އެޓޯލް ސެއިލާ
ފަހުން މި ބައްތިވީ، ރާއްޖޭގެ އެންމެ އުތުރު ފާހަގަ ކުރާ ލޭންޑްމާކަށެވެ. ބައްތީގެ އެންމެ މައްޗަށް އަރައި ފޮޓޯ ނަގަ އެވެ. އަދި ރާއްޖޭގެ ރަށެއްގެ ގޮތުގައި ކުރިން އޮތް މަލިކު ފެނޭތޯ، ސަމާސާއަކަށް ހަދައިގެން ވެސް ބަލަ އެވެ. މަލިކާ، ރާއްޖޭން އެންމެ ކައިރި ވާނީ ތުރާކުނެވެ.
ބައްތި ހުންނަ ސަރަހައްދުގައި ވެއްޔެއް ނުހުރެ އެވެ. އޭގެ ބަދަލުގައި ހުންނަނީ ކަޅުކުލައިގެ ގަލެވެ.
"ރާއްޖޭގެ ވަރަށް ދުރު ރަށްރަށުން ވެސް މީހުން ޒިޔާރަތް ކުރާނެ މި ތަން ބަލާލަން'' ތޯހާ ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ އުތުރު ފާހަގަ ކުރުމަށް ޖަހާފައިވާ ބައްތި ފެންނަ، މަތިން ނަގާފައިވާ ފޮޓޯއެއް
އެންމެ އުތުރުގައި އޮންނަ ރީތި ފަޅުރަށް ދެބުރިވެއްޖެ
އުލިގަމުގެ އާއިލާތަކަށް މެމްބަރު ފައިސާގެ އެހީ ދެއްވައިފި
މާލެއިން 17،000 އެއްހާ ޓަނުގެ ފެން ހިންދައިފި
11،000 ލީޓަރު ފެން ހިންދޭ ޕަމްޕް ބޭނުންކުރަނީ
ފެންބޮޑުވެ ނަޖިސް ބޭރުވެގެން 40 މީހަކު ވަގުތީހިޔާއަށް
ގިނައިން ވާރޭ ވެހުނު ކަމުގެ ރެކޯޑު ދިއްފުއްޓަށް
ފެން ހިނދެންދެން ބަރު އުޅަނދުތައް ނުދުއްވަން އެދިއްޖެ
މޫސުން ގޯސް، ބޮޑު ސަރަހައްދަކަށް އޮރެންޖު އެލާޓް!
މާލޭގެ ބައެއް ސަރަހައްދުތައް ފެނު އަޑީގައި
މާލޭގައި 3،500އަށް ވުރެ ގިނަ ވެލި ބަސްތާ ޖަހައިފި