ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، އެ ގައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވެ، ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން މިރޭ އިލްތިމާސް ކޮށްފި އެވެ.
28 ނޮވެމްބަރ 2025
ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، އެ ގައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވެ، ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން މިރޭ އިލްތިމާސް ކޮށްފި އެވެ.
ރާއްޖޭގެ އެމްބަސީން ނެރުނު ބަޔާނެއްގައިވަނީ ތޫފާން "ދީތުވާ" ގެ ސަބަބުން ލަންކާއަށް ބޯކޮށް ވާރޭވެހި އަދި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާތެރި ހާދިސާތައް ހިނގަމުންދާތީ އެ ގައުމަށް ރެޑް އެލާޓް ނެރެފައިވާ ކަމަށެވެ.
އެހެންވެ، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށާއި އަދި ފެންބޮޑުވެ، ނުރައްކާތެރި ހާދިސާތައް ހިނގާ ސަރަހައްދުތަކަށް ދިވެހިން ނުދިއުމަށާއި ބޯކޮށް ވާރޭވެހި އަދި ވައިގަދަވާ ވަގުތުތަކުގައި ގެއިން ބޭރަށް ނުނިކުތުމަށް ވެސް އިލްތިމާސްކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ކާބޯތަކެއްޗާއި ފެނާއި ބޭސް ފަދަ ސާމާނުތައް ރައްކާތެރިކޮށް ބެހެއްޓުމާއި މޮބައިލް ފޯން ޗާޖްކޮށް، މުހިންމު ލިޔުންތައް ރައްކާތެރިކަމާއެކު ބަލަހައްޓަން ވެސް އެ ބަޔާނުގައިވަނީ އިލްތިމާސްކޮށްފަ އެވެ.
އެ ބަޔާނުގައިވަނީ ކޯރުތައް ފުރިގެން ބަންޑުންވާ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ދީފައިވާތީ، އެފަދަ ސަރަހައްދުތަކުގައި ދިރިއުޅޭ ދިވެހިންނާއި ބިން ތިރި ސަރަހައްދުތަކާއި މޫދާއި ކައިރި ސަރަހައްދުތަކުގައި އުޅޭ ދިވެހިން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވާން ވެސް އިލްތިމާސްކުރާ ކަމަށެވެ.
ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ލަންކާގައި އެ ވިއްސާރައިގެ ސަބަބުން ދިވެއްސަކަށް ގެއްލުމެއް ނުވެ އެވެ.
ސްރީލަންކާއަށް ދަތުރުކުރާ އެހެން ގައުމުތަކުގެ މީހުންނަށް ވިއްސާރައިގެ ސަބަބުން ގެއްލުމެއް ލިބިއްޖެނަމަ އިމަޖެންސީގައި ގުޅުމަށް 1912 ހޮޓްލައިން މިހާރު ވަނީ ހަމަޖައްސައިފަ އެވެ. އަދި 24 ގަޑިއިރު އެ ހޮޓްލައިންގެ ހިދުމަތް ލިބޭނެ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގައި ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މިހާތަނަށް 56 މީހަކު މަރުވެފައި ވާއިރު، މިހާތަނަށް 21 މީހަކު އެ ހާދިސާގައި ވަނީ ގެއްލިފަ އެވެ.
"ނުވަރަ އެލިއާއަށް ދިޔަ ދިވެހި އާއިލާގެ ހަބަރެއްނުވޭ"
ޓްރެވެލް އެޑްވައިޒަރީ: އެއާޕޯޓަށް ދިއުމުގެ ކުރިން ގުޅާ
ލަންކާގައި ދިވެހިން އުޅޭ 11 ގެއަކަށް ގެއްލުންވެއްޖެ
ބާރުގަދަ ކޮޅިގަނޑުގައި ލަންކާ އިން ތިން މީހުން މަރުވެއްޖެ
ލަންކާގައި ދިވެހިން ހިންގާ އެހީގެ ހަރަކާތް ކާމިޔާބު
ލަންކާ އަށް އެހީވާން ދިވެހި ސަރުކާރުން ދޭން ނިންމި 50،000 ޑޮލަރު ހަވާލުކޮށްފި
ރާއްޖެއިން ލަންކާއަށް ދޭ 12 މިލިއަން މިއަދު ފޮނުވަނީ
ދިވެހިންގެ އެހީއަށް ލަންކާގެ ޝުކުރު ބަންޑުންކޮށްލައިފި
ސިފައިންނާއި ފުލުހުން ލަންކާއަށް 3 މިލިއަން ރުފިޔާ
ފަސް ގަޑިއިރުން ޓެލެތޯން އަށް 9 ލައްކަ ރުފިޔާ