Roadha Mihaaru
އަންހެނުންނަށް އެންމެ ރައްކާތެރީ އޮސްޓްރޭލިއާ

އަންހެނުންނަށް އެންމެ ރައްކާތެރި ގައުމަކީ އޮސްޓްރޭލިއާ

24 އެޕްރީލް 2019

އަންހެނުންނަށް އެންމެ ރައްކާތެރި އަދި އަމާން ގައުމަކީ އޮސްޓްލިއާ ކަމަށް މި އަހަރުގެ ގްލޯބަލް ވެލްތު މައިގްރޭޝަން ރިވިއުގައި ވެސް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންހެނުންނަށް އެންމެ ރައްކާތެރި އަދި އަމާން ގައުމަކީ އޮސްޓްލިއާ ކަމަށް މި އަހަރުގެ ގްލޯބަލް ވެލްތު މައިގްރޭޝަން ރިވިއުގައި ވެސް ބުނެފި އެވެ.

މިއީ އެ މަގާމު އޮސްޓްރޭލިއާ އިން ޖެހިޖެހިގެން ހޯދި ދެވަނަ އަހަރެވެ.

ނިއު ވޯލްޑް ހެލްތުން ނެރުނު ގްލޯބަލް ވެލްތު މައިގްރޭޝަން ރިވިއުގައި، އަންހެނުންނަށް އެންމެ ރައްކާތެރި ގައުމުގެ ގޮތުގައި އޮސްޓްރޭލިއާ ކަނޑައަޅާފައި ވަނީ އެ ގައުމުގައި އަންހެނުން އަދާކުރާ ދައުރާއި ފުރުސަތުތައް ފަހިވެފައި އޮންނަ މިންވަރާއި އަދި މާލީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވެސް އަންހެނުންގެ ނުފޫޒާއި ހިޔާލުފާޅު ކުރުމުގެ ހައްގު އޮންނަ މިންވަރުގެ މައްޗަށް ބަލައިފަ އެވެ.

އާބާދީގައި 25 މިލިއަނަށް ވުރެ ގިނަ އެ ގައުމުގެ އާބާދީގެ 50.18 ޕަސަންޓަކީ އަންހެނުންނެވެ.

އޮސްޓްރޭލިއާއާ އެކު އަންހެނުންނަށް އެންމެ ރައްކާތެރި ގައުމުތަކުގެ ތެރޭގައި މި އަހަރު ދެން ލިސްޓް ކުރެވިފައިވާ ފަސް ގައުމުގެ ތެރޭގައި ހިމެނެނީ މޯލްޓާ، އައިސްލޭންޑް، ނިއުޒިލެންޑް އަދި ކެނެޑާ އެވެ.

މި އަހަރުގެ ގްލޯބަލް ވެލްތު މައިގްރޭޝަން ރިވިއުގައި ފާހަގަކޮށްފައިވާ ގޯތުގައި އިތުރު ސަރަހައްދުތަކުން އަންހެނުންނަށް އެންމެ ރައްކާތެރި އިތުރު ގައުމުތަކުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ޔޫރަޕުން ސްވިޓްޒަލެންޑް، އެމެރިކާ އިން އުތުރު އެމެރިކާ، އޭޝިއާ ޕެސިކުން ޖަޕާނާއި ދެކުނު ކޮރެއާ އަދި އެފްރިކާ އިން މޮރިޝަސް، ބޮޓްސްވާނާ އަދި ނެމީބިއާ އެވެ.