Roadha Mihaaru
އަނިލް އަދިވެސް މަދޫރީއާ އެކު މަސައްކަތްކުރަން ބޭނުން

އަނިލް ކަޕޫރް ހުރީ އަނެއްކާ ވެސް މަދޫރީއާ އެކު މަސައްކަތްކުރަން ބޭނުންވެފައި

17 މެއި 2021

އަދިވެސް ބަތަލާ މަދޫރީ ޑިކްސިޓާ އެކު މަސައްކަތްކޮށްލަން ބޭނުންވާ ކަމަށް އަނިލް ކަޕޫރް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަދިވެސް ބަތަލާ މަދޫރީ ޑިކްސިޓާ އެކު މަސައްކަތްކޮށްލަން ބޭނުންވާ ކަމަށް އަނިލް ކަޕޫރް ބުނެފި އެވެ.

ހިންދީ ސިނަމާގެ އެންމެ މަގުބޫލު އެއް ޖޯޑުގެ ގޮތުގައި ފާހަގަކުރެވުނު ދެ ތަރިން އެކީގައި އެންމެ ފަހުން ކުޅުނު ފިލްމަކީ 2019 ގެ "ޓޯޓަލް ދަމާލް" އެވެ. އަނިލް އާއި މަދޫރީ އަކީ އެކީގައި ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ދެ ތަރިންނެވެ.

ހޮނިހިރު ދުވަހު ފާހަގަކުރި މަދޫރީގެ 54 ވަނަ އުފަން ދުވަހުގެ ތަހުނިޔާ ޓްވިޓާ އިން ފޮނުވަމުން އަނިލް ބުނީ މަދޫރީ އެންމެ އުފާވާ ކަމަށް ފެންނަނީ އެކުވެރިންނާ އެކު ސެޓްތަކުން ކަމަށެވެ. އެހެންވެ އަލުން ދެ މީހުން އެކީގައި ސެޓަކަށް ދާން ބޭނުންވާ ކަމަށް ބުންޏެވެ.

މަދޫރީ އަކީ މިހާރު ކަލާޒް އިން ގެނެސްދޭ "ޑާންސް ދީވާނޭ 3" އިން ފެންނަ ޖަޖެކެވެ.

އޭނާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ 2019 ގެ "ކަލަންކް" އިންނެވެ. މަދޫރީ ވަރަށް އަވަހަށް ނެޓްފްލިކްސް އިން ސްޓްރީމްކުރަން ހަމަޖެހިފައިވާ ވެބް ސީރީޒް "ފައިންޑިން އަނާމިކާ" އިން ފެނިގެން ދާނެ އެވެ. އޭގައި އޭނާއާ އެކު އަނިލްގެ ކޮއްކޮ ސަންޖޭ ކަޕޫރް ވެސް ހިމެނެ އެވެ.

މަދޫރީ އާއި އަނިލް އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި "ކޭލް"، "ބޭޓާ"، "ތޭޒާބް"، "ޖަމާއީ ރާޖާ"، "ރާމް ލަކަން" އަދި "ކަރްމާ" ފަދަ ފިލްމުތައް ހިމެނެ އެވެ.

ޒުވާން ކަމަށް ބަދަލެއް ނާންނަ އަނިލް، 64، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން "އޭކޭ ވާސަސް އޭކޭ" އެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޖުގް ޖުގް ޖިއޯ" އާއި "އެނިމަލް" ހިމެނެ އެވެ.