18 މެއި 2021
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އަރިއަން ޚާން އެމެރިކާގެ ޔުނިވަސިޓީއަކުން ގްރެޖްއޭޓްވެއްޖެ އެވެ.
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އަރިއަން ޚާން އެމެރިކާގެ ޔުނިވަސިޓީއަކުން ގްރެޖްއޭޓްވެއްޖެ އެވެ.
އިނގިރޭސިވިލާތުގައި ކޮލެޖް ނިންމާލައި އަރިއަން، 23، ޔުނިވަސިޓީ ތައުލީމަށް އެމެރިކާ އަށް ބަދަލުވީ މީގެ ހަތަރު އަހަރެއްހާ ދުވަސްކުރިންނެވެ. އޭނާގެ ގްރެޖްއޭޝަން ހަފުލާގެ ބައެއް ފޮޓޯ ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ. އެ ހަފުލާ އަށް އަރިއަން މަންމަ ގޯރީ ޚާން އެމެރިކާ އަށް ފުރީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.
ޔުނިވަސިޓީ އޮތް ސަދަން ކެލިފޯނިއާ (ޔޫއެސްސީ) އިން އަރިއަން ގްރެޖްއޭޓްވީ ބެޗްލާ އޮފް ފައިން އާޓްސް، ސިނެމެޓިކް އާޓްސް، ފިލްމު އެންޑް ޓެލެވިޒން ޕްރޮޑަކްޝަނުންނެވެ. ފިލްމީ މަސައްކަތުގެ ދާއިރާ އިން ތައުލީމު ހާސިލުކުރި ނަމަވެސް ބައްޕަ ޝާހްރުކް ފަދައިން އަރިއަން އެކްޓިން އަށް ނުކުންނާނެ ކަމަކަށް ނުބެލެވެ އެވެ.
އެ ވާހަކަ މީގެ ކުރިން ޝާހްރުކް ވެސް ބުނެފައިވެ އެވެ. އޭނާ ބުނެފައިވާ ގޮތުގައި އަރިއަން އެއްވެސް ވަރަކަށް އެކްޓިންއަކަށް ޝައުގުވެރި ކަމެއް ނުދެ އެވެ. އެހެންވެ އޭނާ ފިލްމު ކުޅޭނެ ކަމަށް ނުބެލެވޭ ކަމަށް ބުނެފައިވެ އެވެ.
ޝާހްރުކަކީ އިންޑިއާގެ އެންމެ ވަރުގަދަ އެއް ސްޓޫޑިއޯ ރެޑް ޗިލީޒް އެންޓަޓައިންމަންޓްގެ ވެރިޔާއަށްވާތީ ކުރިއަށް އޮތް ތަނުގައި އެތަން ހިންގުމުގެ ޒިންމާ ނަގާނީ އަރިއަން ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެ އެވެ. ރެޑް ޗިލީޒް އަކީ އިންޑިއާގެ އެންމެ ވަރުގަދަ ވީއެފްއެކްސް ޔުނިޓް ވެސް އޮތް ސްޓޫޑިއޯ އެވެ.
ފިރިހެން ދަރިފުޅު ފިލްމު ނުކުޅުނަސް، ޝާހްރުކްގެ އަންހެން ދަރިފުޅު ސުހާނާ ޚާން، 20، އަކީ ފިލްމު ކުޅޭނެ ކުއްޖެކެވެ. އެކަން ޝާހްރުކް ކަށަވަރު ވެސް ކޮށް ދީފައިވެ އެވެ. ސުހާނާ އަކީ ވެސް މި ވަގުތު އެމެރިކާގައި ކިޔަވަމުން އަންނަ ކުއްޖެކެވެ.
މާދްވަން އަށް ޔުނިވަސިޓީއަކުން ހާއްސަ ޝަރަފެއް
"ޒީރޯ" ފްލޮޕްވިޔަސް އާނަންދު އަދިވެސް ޝާހު ބޭނުން
މިސް ޔުނިވާސް ހަޒްނާޒް ވެސް ބޮލީވުޑާ ދިމާލަށް
ކިމް އާއި ޓެނިސް ތަރި ލިއަންޑާ ކައިވެންޏާ ދިމާއަށް
ޝާހްރުކް ފިލްމީ މަސައްކަތަށް ނުކުންނާނީ 15 ގައި
ދީޕަކް ތިޖޯރީގެ ދަރިފުޅު ވެސް ބޮލީވުޑަށް
ފިރިމީހާ ޑައިރެކްޓްކުރާ ފިލްމަކަށް ރާނީ އުންމީދު ކުރޭ
އިންޑިއާގެ އެންމެ އަގު ބޮޑު އެކްޓަރަކީ ޕްރަބާސް
އަބީޝެކްގެ "ބޮބް ބިސްވާސް" ޑިސެމްބަރު 3 ގައި
އާޗީގެ ރޯލު އަމީތާބްގެ ކާފަދަރި އަގަސްޓިއާ އަށް؟