މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ސިއްހީ ދާއިރާ އަށް ނުކަތާ ހިސާބަށް ގޮސްފައިވާތީ، އެ މަސައްކަތަށް އެހީވުމަށް މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ނެރެން ނިންމާފައިވާ ކަމަށް މާލޭގެ އާ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
20 މެއި 2021
މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ސިއްހީ ދާއިރާ އަށް ނުކަތާ ހިސާބަށް ގޮސްފައިވާތީ، އެ މަސައްކަތަށް އެހީވުމަށް މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ނެރެން ނިންމާފައިވާ ކަމަށް މާލޭގެ އާ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ އާދިއްތަ ދުވަހު މަގާމުގެ ހުވާކުރެއްވި މުއިއްޒު މިއަދު ވަނީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރާ ބައްދަލުކުރައްވައި އެ މަޝްވަރާތައް ކުރައްވައިފަ އެވެ.
އެއީ މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ އެކަމުގައި އެހީތެރިވުމަށް ސިޓީ ކައުންސިލަށް ކުރެވޭނެ މަސައްކަތެއް އޮތްތޯ ސާފުކުރުމަށް ބޭއްވި މަޝްވަރާ ބައްދަލުވުމެއް ކަމަށް މޭޔަރު "މިހާރު" އަށް ވިދާޅުވެ އެވެ.
މިނިސްޓަރު ނަސީމާ ހަވާލާ ދެއްވައި މުއިއްޒު ވިދާޅުވި ގޮތުގައި، ކޮވިޑް ކޮންޓްރޯލް ކުރުމުގައި ސިއްހީ ދާއިރާ އަށް މީހުންގެ ދަތިކަން މިހާރު ވަނީ ކުރިމަތިވެފަ އެވެ . އެހެންވެ، އެހީވާން ސިޓީ ކައުންސިލުގެ މުވައްޒަފުން މަސައްކަތަށް ނެރުމަށް މިހާރު ނިންމަވާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އޭގެ އިތުރުން، ވެކްސިން ނުޖަހައި ތިބި މީހުން ވެކްސިން ޖެހުމަށް ބާރު އެޅުވުމާއި މި ބަލިމަޑުކަމުގެ ތެރޭގައި ވެސް މާލެތެރޭގެ ސާފުތާހިރުކަން ދަމަހައްޓަން މަސައްކަތް ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮވިޑްގެ ހާލަތުން އަރައިގަތުމަށް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ނަސީމަށް ދެއްވި ކަމަށެވެ. އަދި ސިޓީ ކައުންސިލުން ވެސް ކޮވިޑް ކޮންޓްރޯލް ކުރަން ކުރާ މަަސައްކަތަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މޭޔަރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ކުރީގެ ހައުސިން މިނިސްޓަރު އަދި އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް މުއިއްޒު ގެންދަވަނީ މާލެ އަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރަން ސަރުކާރުގެ އެކި ފަރާތްތަކާ ބައްދަލު ކުރައްވައި، އެހީތެރިވެވޭނެ ގޮތްތައް ބައްލަވަމުންނެވެ. އެގޮތުން ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އަދި ވެމްކޯގެ އިސްވެރިންނާ ވެސް މުއިއްޒު މިއަދު ބައްދަލުކުރެއްވި އެވެ.
މާލެއިން ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު އޭގެ ތެރޭގައި ފްްރޮންޓްލައިނުގައި މަސައްކަތް ކުރާ ގިނަ ބަޔަކު ވެސް ހިމެނެ އެވެ. އަދި ޑޮކްޓަރުންނާއި ނަރުހުންގެ ދަތިކަން ވެސް ކުރިމަތިވެފައިވާއިރު، މިހާރު ބައެއް ޑޮކްޓަރުންނާއި ނަރުހުން އަންނަނީ ކޮންޓެކްޓުންނަށް ވިޔަސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު މަސައްކަތަށް ނުކުންނަމުންނެެވެ.
ދިވެހިންގެ އެވްރެޖް އުމުރު 80 އަށް މަތިކުރެވިއްޖެ
"ހަކުރު ބަލީގެ ގިނަ ބަޔަކު ދެނެނުގަނެވި އެބަތިބި"
ރާއްޖެއަކީ ކޮންޓްރޯލް ކުރުމުގައި ނަމޫނާއެއް: މިނިސްޓަރު
ކިއުބާއިން ބޮޑުމުސާރާގައި ތިންމަހަށް ޑޮކްޓަރުން ގެންނަނީ
ހޭނައްތާ ޑޮކްޓަރުން ނުލިބޭތީ މުސާރަ ބޮޑުކޮށްފި
މިޝްކާގެ މަރުގެ ތަހުގީގީ ރިޕޯޓު ނުނެރުވުނު!
ސިއްހީ ނުރައްކަލުގެ ހާލަތު އަންނަ މަހާ ހަމައަށް ދަންމާލައިފި
"މިޝްކާގެ މަރުގެ ތަހުގީގު ނިމިއްޖެ، ރިޕޯޓު ހާމަކުރާނަން"
އޮގަސްޓް މަހުގެ ނިޔަލަށް 700،000 ޑޯޒް ހަމަވާނެ
މިޝްކާގެ މަރުގެ މައްސަލައިގެ ތަހުގީގު މިރޭ ނިމޭނެ