މާފަންނު ބޮޑުގޭގައި މިހާރު ވަގުތީ މިސްކިތް ހަދާފައިވާ ގޯތީގައި އިސްލާމީ މަރުކަޒެއް އިމާރާތް ކުރުމުގެ ހިޔާލު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެ އަވަށުގެ މީހުންނަށް ރޭ ހުށަހަޅުއްވައިފި އެވެ.
13 އޯގަސްޓް 2021
މާފަންނު ބޮޑުގޭގައި މިހާރު ވަގުތީ މިސްކިތް ހަދާފައިވާ ގޯތީގައި އިސްލާމީ މަރުކަޒެއް އިމާރާތް ކުރުމުގެ ހިޔާލު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެ އަވަށުގެ މީހުންނަށް ރޭ ހުށަހަޅުއްވައިފި އެވެ.
މާފަންނުގެ މީހުންނާއެކު ސިޓީ ކައުންސިލުން ރޭ ތާޖުއްދީން ސްކޫލުގައި ބޭއްވި ބައްދަލުވުމުގައި މޭޔަރު ވަނީ ބޮޑުގޭގައި އިމާރާތް ކުރަން ވިސްނަވާފައިވާ އިސްލާމީ މަރުކަޒުގެ ކުރެހުމެއް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އެއީ އަދި ހިޔާލެއް ކަމަށާއި އެ މިސްކިތް އިމާރާތް ކުރުން ފައިނަލް ވާނީ އާންމުން ދެކޭގޮތް ބެލުމަށް ފަހު ކަމަށް މޭޔަރު ވިދާޅުވި އެވެ.
މުއިއްޒު ހުށަހެޅުއްވި ކުރެހުމުން ފެންނަ ގޮތުގައި އެއީ ޒަމާނީ ފެންވަރަށް ޑިޒައިން ކޮށްފައިވާ ހަތަރު ބުރީގެ މިސްކިތެކެވެ. ޕާކިން އަށް ވަކި ބައެއް ކަނޑައަޅާފައިވާއިރު، ފުރަތަމަ ދެ ބުރި ހާއްސަ ކޮށްފައި ވަނީ މިސްކިތަށެވެ. ތިންވަނަ ބުރީގައި ލައިބްރަރީއެއް އަދި ހަތަރުވަނަ ބުރީގައި ހުންނާނީ އޮޑިޓޯރިއަމެކެވެ.
ރޭގެ ބައްދަލުވުމުގައި މޭޔަރު މުއިއްޒު ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
"ކައުންސިލް ކެމްޕޭންގެ ތެރޭގައި އަދި ރަސްމީކޮށް މަގާމާ ހަވާލުވި ފަހުން ވެސް ލިބިފައި އޮތް މައުލޫމާތަކަށް ބަލާއިރު ވެސް ރައްޔިތުން ބޭނުންވަނީ އެ ތަނުގައި މިސްކިތެއް، ތައުލީމު، އިސްލާމީ ނޮލެޖް ލިބޭ ގޮތަށް އިސްލާމީ ސެންޓަރެއް ބިނާވެގެން ދާން. އެހެންވީމާ އަޅުގަނޑުމެން ކައުންސިލުން ތިޔަބޭފުޅުންގެ ހިޔާލަށް، ލަފަޔަށް މި ހުށަހަޅާ ގޮތަކީ ވެސް ހަމަ އެ ގޮތް،" މުއިއްޒު ވިދާޅުވި އެވެ.
ބޮޑުގެ ހުންނަނީ އާބާދީ ބޮޑު ސަރަހައްދެއްގައި ކަމަށް ވެފައި ކައުންސިލަށް މިހާތަނަށް ލިބުނު ހިޔާލުތަކަށް ބަލާއިރު އަދި ކައުންސިލަށް ފެންނަ ގޮތުގައި ވެސް އެ ބިން ބޭނުންކުރަން އެންމެ ރަނގަޅީ އިސްލާމީ މަރުކަޒެއް އިމާރާތް ކުރުމަށް ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
އިސްލާމީ މަރުކަޒުގެ އިތުރުން، މުއިއްޒު ވަނީ މާފަންނުން އައިކެއާ މިހާރު ހުންނަ ސަރަހައްދުގައި ވަރަށް ކުރިން ހުރި ބޮޑު ގަޑި ނުވަތަ ގަޑިބުރު އަލުން ބެހެއްޓުމުގެ ހިޔާލު ވެސް ރޭގެ ބައްދަލުވުމަށް ހުށަހަޅުއްވައިފަ އެވެ.
އަދި ރެންޓަލްސް ކުރިން ހުރި ބިމުގައި އަންހެނުންގެ މާރުކޭޓަކާއި ރެސްޓޯރަންޓަކާ އެކު ހަތަރު ބުރިއަށް ތަރައްގީ ކުރާ ސައިކަލު ޕާކުކުރާ މަލްޓި ޕާޕަސް އިމާރާތެއްގެ އިތުރުން މަލްޓި ލޭޔާ ކޮންސެޕްޓަށް ރަސްފަންނު ކައިރީ ފުޓްސަލް ދަނޑެއް ތަރައްގީ ކުރުމުގެ ހިޔާލު ވެސް ހުށަހެޅުއްވި އެވެ.
މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް ރޯދައަށް ނިމޭނެ
ފައިސާ ބޭނުންކުރީ މިސްކިތްތަކުގެ މަރާމާތަށް: މުއިއްޒު
މިސްކިތްތައް މަރާމާތުކުރާ ފަންޑަށް 7 ލައްކަ ރުފިޔާ
ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ފުލުހުން ހާއްސަކުރަނީ
ސަލްމާން މިސްކިތަށް ޕާކިން ޒޯން ހަދަން ފުރުސަތު ނުދިން
މާލޭގެ މިސްކިތްތައް ސީސީޓީވީން ގުޅާލަން ނިންމައިފި
މާފަންނު ބޮޑުގޭގައި ޕާކިން ޒޯނެއް ހަދަނީ
މާލޭ މިސްކިތެއްގެ ދޮރުގައި ރޯކުރަން މަސައްކަތްކޮށްފި
މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ފަސްތަރީގެ ފާހާނާތައް
މިސްކިތްތައް ސާފުކުރާ ވަޒީފާ އަށް ބޮޑު ޑިމާންޑެއް