Roadha Mihaaru
ޝާގެ ބައޮޕިކެއް ހަދަނީ

ޝާގެ ބައޮގްރަފިކަލް ޑްރާމާއެއް ހަދަނީ

23 މެއި 2021

އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ ޝާގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ ޝާގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން ނިންމައިފި އެވެ.

މި މަހުގެ 20 ގައި 75 އަހަރު ފުރުނު ފަންނާނުގެ ފިލްމު ހަދަން ނިންމާފައި ވަނީ ޔުނިވާސަލް ޕިކްޗާޒްއާ ގުޅިގެން 2008 ގެ "މާމާ މިއާ" ގެ ޕްރޮޑިއުސަރުން ކަމަށްވާ ޖޫޑީ ކްރޭމާ އާއި ގެރީ ގޮއެޒްމަން އެވެ. އެ މީހުން 2018 ގައި ގެނެސްދިން "މާމާ މިއާ" ގެ ސީކްއެލް "މާމާ މިއާ! ހިއާ ވީ ގޯ އެގެއިން" ގައި ޝާއާ އެކު މަސައްކަތްކޮށްފައިވެ އެވެ.

ހޮލީވުޑް ރިޕޯޓާ އިން ބުނި ގޮތުގައި ޝާގެ ބައޮޕިކްގެ ސްކްރީންޕްލޭ ހަވާލުކޮށްފައި ވަނީ ވަނީ މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ލިޔެ އޮސްކާ އެވޯޑް ވެސް ހާސިލުކޮށްފައިވާ އެރިކް ރޮތުއާ އެވެ. އޭނާ ލިޔުނު ފިލްމުތަކުގެ ތެރޭގައި 2018 ގެ "އަ ސްޓާ އިޒް ބޯން" އާއި 2008 ގެ "ކިއުރިއަސް ކޭސް އޮފް ބެންޖަމިން ބަޓަން" އާއި 1994 ގެ "ފޮރެސްޓް ގަމްޕް" އަދި 2001 ގެ "އަލީ "ހިމެނެ" އެވެ.

އެރިކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޑިއުން" އަދި "ކިލާޒް އޮފް ދަ ފްލާވާ މޫން" ހިމެނެ އެވެ.

ނަން އަދި އިއުލާންކޮށްފައި ނުވާ ޝާގެ ބައޮޕިކް ޑައިރެކްޓްކުރާނެ މީހަކު ވެސް އަދި އިއުލާންކޮށްފައިވާ ނުވާ އިރު އޭނާގެ ހަޔާތުގެ އުސްއަލިތައް ފިލްމުގައި ކިޔައިދޭނެ އެވެ. ޝާ އަކީ ބަތަލާއެއް، ލަވަކިޔުންތެރިއެއް އަދި ވަރުގަދަ ޓީވީ ޝަހުސިއްޔަތެކެވެ.

ބައޮޕިކެއް ހަދަން އުޅޭ ވާހަކަ ޝާ ޓްވީޓް ވެސް ކޮށްފައިވެ އެވެ.