Roadha Mihaaru
އާ ފަރުވާތަކަކާ އެކު އަައިޖީއެމްއެޗަށް ބޮޑު ބަދަލެއް

އަނެއްކާވެސް އައިޖީއެމްއެޗުން ބޮޑެތި ހިދުމަތްތަކެއް، މި ފަހަރު ދަރިމައިވުމާއި ކިޑްނީގެ ބަލިތަކަށް ހާއްސަ

20 ނޮވެމްބަރ 2016

ދަރިމައިވުމުގައި ދިމާވާ މައްސަލަތަކާއި ކިޑްނީގެ ބަލިތަކާއި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ބަލިތަކަށް ފަރުވާ ދޭ، ވަކި ސެންޓަރެއް އައިޖީއެމްއެޗުގައި މިއަދު ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ދަރިމައިވުމުގައި ދިމާވާ މައްސަލަތަކާއި ކިޑްނީގެ ބަލިތަކާއި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ބަލިތަކަށް ފަރުވާ ދޭ، ވަކި ސެންޓަރެއް އައިޖީއެމްއެޗުގައި މިއަދު ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.

ދަރިމައިވުމުގައި ދިމާވާ މައްސަލަތަކާއި ކިޑްނީގެ ބޮޑެތި ބަލިތަކަށް އެ ހޮސްޕިޓަލުގައި އަލަށް ފަރުވާ ދޭން ފެށި ނަމަވެސް ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ކުރިން އެތަނުގައި ފަރުވާ ދިނެވެ. އެކަމަކު އެ ހިދުމަތް މެދުކެނޑިފައި އޮންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ.

އިންޑިއާގެ އެންޔޫ ހޮސްޕިޓަލާ ގުޅިގެން، "ނެޝަނަލް ޔޫރޯ ރީނަލް އެންޑް ފާޓިލިޓީ ސެންޓަރު"ގެ ނަމުގައި އަލަށް ހުޅުވި ސެންޓަރުގައި އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ވެސް ފަރުވާ ދެ އެވެ.

އައިޖީއެމްއެޗުގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޔުނިޓުގެ ޑިރެކްޓަރު އަހުމަދު މައުސޫމް ވިދާޅުވީ ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ފަރުވާ ދިނުމަށް ނަން ނޯޓުކުރަން ހުޅުވާލި ފުރުސަތުގައި 260 އަށް ވުރެ ގިނަ މީހުން ނަން ނޯޓުކުރި ކަމަށެވެ. އެހެންވެ ދެ ޝިފްޓަކަށް ބަހާލައިގެން ދުވާލަކު 40 މީހުންނަށް އެތަނުން ހިދުމަތް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އައިޖީއެމްއެޗުގައި އަލަށް ހުޅުވި ސެންޓަރުގައި މިއަދު މަސައްކަތް ކުރަނީ: ދަރިމައިވުމާއި ކިޑްނީގެ ބަލިތަކާއި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް މި ސެންޓަރުން ފަރުވާ ދޭ.--- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އައިޖީއެމްއެޗުގައި އަލަށް ހުޅުވި ސެންޓަރުގައި މިއަދު މަސައްކަތް ކުރަނީ: ދަރިމައިވުމާއި ކިޑްނީގެ ބަލިތަކާއި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް މި ސެންޓަރުން ފަރުވާ ދޭ.--- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ހާއްސަ އެޕޮއިންޓްމެންޓް ޑިސެމްބަރު 8 އާ ހަމައަށް ވަނީ ފުލްވެފަ އެވެ.

މައުސޫމް ވިދާޅުވީ އެ ބައްޔަށް އައިޖީއެމްއެޗުން ފަރުވާ ނުކުރެވޭތީ ގިނަ މީހުން ދާން ޖެހެނީ ރާއްޖޭން ބޭރަށް ކަމަށާއި އެކަމަކު މިހާރު ރަނގަޅު ވަސީލަތްތަކަކާ އެކު، ވަކި ސެންޓަރެއް ގާއިމްކުރުމުން އޭގެ ފަސޭހަ ގިނަ ބަޔަކަށް ލިބޭނެ ކަމަށެވެ.

މި ސެންޓަރުގައި ފަރުވާ ދެނީ ސުޕަ ސްޕެޝަލިސްޓް ޑޮކްޓަރުންނެވެ.

މައުސޫމް ވިދާޅުވި ގޮތުގައި ކިޑްނީގެ ބަލިތަކަށް ކުރިން ނުދޭ ގިނަ ފަރުވާ ތަކެއް މިހާރު ލިބޭނެ އެވެ.

ކިޑްނީގެ ބަލިތަކަށް އެ ސެންޓަރުގައި ސުޕަ ޝްޕެލިސްޓް ޑޮކްޓަރު އިބްރާހިމް ޝިހާމްގެ އިތުރުން ވެސް ހާއްސަ އެހެން ޑޮކްޓަރުން މަސައްކަތް ކުރައްވާނެ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

އައިޖީއެމްއެޗުގައި އަލަށް ހުޅުވި ސެންޓަރުން ހިދުމަތް ހޯދުމަށް މިއަދު ދިޔަ ބައެއް މީހުން: ދަރިމައިވުމާއި ކިޑްނީގެ ބަލިތަކާއި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް މި ސެންޓަރުން ފަރުވާ ދޭ-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

"ކުރިން ޑރ. ޝިހާމް ޗުއްޓީ ނެންގެވީމައި ކިޑްނީގެ އެއްވެސް ބައްޔަކަށް ފަރުވާއެއް ނުދެވޭ. އެކަމަކު މިހާރު ސެންޓަރުގައި ހިދުމަތް މި ފެށީ އޭނާ އާއި އިތުރު ޑޮކްޓަރުންނާ އެކު. އެހެންވީމަ ހިދުމަތް މެދުނުކެނޑި އަބަދު ވެސް ލިބެމުންދާނެ،" މައުސޫމް ވިދާޅުވި އެވެ.

ދަރިމައިވުމުގައި ދިމާވާ މައްސަލަތަކަށް ވެސް ގިނަ ފަރުވާތަކެއް އާ ސެންޓަރުން ދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

މައުސޫމް ވިދާޅުވީ އެ ސެންޓަރު ގާއިމް ކުރީ ހަމައެކަނި ޑޮކްޓަރަށް ދައްކާލާފައި ނިންމާ ގޮތަށް ނޫން ކަމަށާއި ބަލިމީހާއަށް އިތުރަށް ފަރުވާ ބޭނުންވާ ނަމަ އޭގެ ހުރިހާ މައުލޫމާތަކާއި ހަދާނެ ގޮތް ވެސް ކިޔައިދޭނެ ކަމަށެވެ.

"ބަލިމީހާ މިތަނަށް އައިމަ އޭނާއަށް ދިމާވެފައިވާ މައްސަލަ އެންމެ ފުރަތަމަ ބަލާނީ މެޑިކަލް އޮފިސަރެއް. ސުޕަސްޕެޝަލިސްޓް ޑޮކްޓަރަށް، ބަލީގެ ހުރިހާ ތަފްސީލާއި އޭގެ މައުލޫމާތު ދޭނީ އެ މެޑިކަލް އޮފިސަރު. ހުރިހާ ކަމެއް ވެސް މިތަނުގައި ކުރިއަށް ގެންދާނީ ވަރަށް ޕްލޭންކޮށްގެން،" މައުސޫމް ވިދާޅުވި އެވެ.