Roadha Mihaaru
ޕްރަބާސް އާއި ދީޕިކާގެ ފިލްމު ޔޫރަޕަށް

ޕްރަބާސް އާއި ދީޕިކާގެ ފިލްމު ޔޫރަޕަށް

30 މެއި 2021

ތެލެގޫ އެކްޓަރު ޕްރަބާސް އާއި ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދްކޯން އެކީގައި ކުޅެން ހަމަޖެހިފައިވާ ފިލްމުގެ ޝޫޓިން ފެށޭނެ އިރެއް ބުނަން އަދިވެސް ނޭނގުނަސް، އޭގެ ވަރަށް ބޮޑު ބައި ޝޫޓްކުރާނީ ޔޫޕަރްގައި ކަމަށް ޕްރޮޑިއުސަރު އަޝްވިނީ ދަތު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ތެލެގޫ އެކްޓަރު ޕްރަބާސް އާއި ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދްކޯން އެކީގައި ކުޅެން ހަމަޖެހިފައިވާ ފިލްމުގެ ޝޫޓިން ފެށޭނެ އިރެއް ބުނަން އަދިވެސް ނޭނގުނަސް، އޭގެ ވަރަށް ބޮޑު ބައި ޝޫޓްކުރާނީ ޔޫޕަރްގައި ކަމަށް ޕްރޮޑިއުސަރު އަޝްވިނީ ދަތު ބުނެފި އެވެ.

ކާސްޓްގައި އަމީތާބް ބައްޗަން ވެސް ހިމެނޭ މި ފިލްމު 2019 ގައި އިއުލާންކުރި ނަމަވެސް އަދިވެސް ރަސްމީކޮށް ފިލްމުގެ ނަމެއް ވެސް ހާމައެއްނުކުރެ އެވެ. އެކަމަކު މިއީ 2050 ގައި ހިނގާ ހާދިސާއަކަށް ހަދާ ސައިންސް ފިކްޝަން ޖޯންރާގެ ފިލްމެކެވެ. މައިގަނޑު ޕްލޮޓަކީ އިންސާނުން އުފައްދާ ވައިރަހެއްގެ ސަބަބުން، ކުރިމަތިވާ ނުރައްކާތެރި ހާލަތަކާ ކުރިމަތިލާ ގޮތެވެ.

ފިލްމާ ބެހޭ ގޮތުން އަޝްވިނީ ބުނީ މީގެ ޑައިރެކްޓަރު ނާގް އަޝްވިންގެ ވާހަކަ އަކީ އާދަޔާހިލާފު މޮޅު ވާހަކައެއް ކަމަށެވެ. އެހެންވެ މިއީ ބެލުންތެރިންނަށް ވަރަށް ތަފާތު ކަންތައްތަކެއް ފެނިގެން ދާނެ ފިލްމެއް ކަމަށް ބުންޏެވެ. ނާގް އަކީ ވަރަށް ބޮޑު ތަރުހީބެއް ލިބުނު 2018 ގެ ފިލްމު "މަހާނަތީ" ގެ ޑައިރެކްޓަރެވެ. އެ ފިލްމަކީ ތިން ނެޝަނަލް އެވޯޑް ވެސް ހާސިލުކުރި ފިލްމެކެވެ. އެއީ މޮޅު ތެލެގޫ ފީޗާ ފިލްމުގެ އެވޯޑާއި ބަތަލާ ކީރްތީ ސުރޭޝް އަށް ލިބުނު އެންމެ މޮޅު ބަތަލާގެ އެވޯޑްގެ އިތުރުން އެންމެ މޮޅު ކޮސްޓިއުމް ޑިޒައިން އެވޯޑެވެވެ.

އާ ފިލްމާ ބެހޭ ގޮތުން އަޝްވިނީ ބުނީ ތައްޔާރީތައް މިހާރު ވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

"ޔޫރަޕްގެ ވަރަށް ގިނަ ހިސާބުތަކުގައި މީގެ މަންޒަރުތައް ނަގާނެ،" ބޮޑު ބަޖެޓަކުން ހަދާ ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ.

ޕްރަބާސް މި ވަގުތު "އާދިޕުރުޝް" ގެ މަސައްކަތްކުރަމުން އަންނަ އިރު އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ރިލީޒްކުރަން ތައްޔާރުވެފައިވާ "ރާދޭ ޝާމް" އާއި "ސަލާރު" ހިމެނެ އެވެ.

ދީޕިކާގެ އަތުގައި ވެސް ޝޫޓިން ފަށާފައި އޮތް "ޕަތާން" އާއި ނަން އިއުލާންނުކުރާ ތުރިލާއެއްގެ އިތުރުން "ފައިޓާ" އާއި "ދި އިންޓާން" ހިމެނެ އެވެ. ރިތިކް ރޯޝަނާ އެކު ކުޅޭ ޑައިރެކްޓަރު ސިދާތު އާނަންދުގެ "ފައިޓާ" އަކީ އަންނަ އަހަރުގެ ސެޕްޓެމްބަރު 30 އަށް ތާވަލުކޮށްފައި އޮތް ފިލްމެކެވެ. "ދި އިންޓާން" އަކީ އަމީތާބާ އެކު އަނެއްކާ ވެސް ދީޕިކާ ފެންނާނެ ފިލްމެކެވެ. އޭގެ ޑައިރެކްޓަރަކީ މިހާރު އަޖޭ ދޭވްގަންގެ "މައިދާން" ހަދާ "އަމިތު ޝަރުމާ އެވެ.

އެންމެ އަވަހަށް ރިލީޒްވާނެ ދީޕިކާގެ ފިލްމަކީ ފިރިމީހާ ރަންވީރު ސިންގްއާ އެކު ކުޅެފައިވާ "83" އެވެ.