ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވި ގ. ކެނެރީގޭގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން އެމްއެންޑީއެފަށް ހުރި ގޮންޖެހުންތަކުގެ ތަފްސީލު "މިހާރު" ނޫހަށް ދިން ފަރާތެއް ހޯދަން ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުން މިއަދު ގޮވާލައިފި އެވެ.
31 މެއި 2021
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވި ގ. ކެނެރީގޭގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން އެމްއެންޑީއެފަށް ހުރި ގޮންޖެހުންތަކުގެ ތަފްސީލު "މިހާރު" ނޫހަށް ދިން ފަރާތެއް ހޯދަން ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުން މިއަދު ގޮވާލައިފި އެވެ.
"މިހާރު"ގެ ރިޕޯޓާ ބެހޭ ގޮތުން ބަހުސްކުރަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުވައިލެއްވީ ރިޔާސަތުން، މަޖލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. ރިޔާސަތުން ހުށަހަޅާ މައްސަލައެއްގެ ގޮތުގައި އެ މައްސަލައިގެ ބަހުސަށް ހުޅުވައިލައްވަމުން އީވާ ވިދާޅުވީ އެ މައްސަލައިގެ ބަހުސަށް ހުޅުވައިލެއްވީ މެމްބަރުން އެދިވަޑައިގަންނަވާތީ ކަަމަށެވެ.
މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ ނަޝީދަށް ރައްކާތެރިކަން ދިނުމުގެ ގޮތުން އެމްއެންޑީއެފުން އަަމަލުކުރާ ގޮތުގެ ތަފްސީލް މައުލޫމާތު ވަނީ ޝާއިއުކޮށްފައި ކަަމަށެވެ. ނޫހަށް އެ މައުލޫމާތު ދިން ދިނުމަކީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ނޫހުގައި އެވާ މައުލޫމާތަކީ ރައީސް ނަޝީދުގެ ހަށިކޮޅާ އަދި ރަައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅުގެ ތަފްސީލް މައުލޫމާތު. ރައީސް ނަޝީދުގެ ހަރަކާތްތައް އަޅުގަނޑުމެންނަށް އެނގޭ. އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ. އެހެން ނަމަވެސް ސަލާމަތާ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، އެމްއެންޑީއެފުން އެ ނަޒަރިއްޔާތުން ވިސްނާ ވިސްނުންތައް އެހެރީ އެއާޓިކަލްގައި ޝާއިއު ކޮށްފައި،" ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައުލޫމާތުތަކަކީ އެމްއެންޑީއެފްގެ ތެރެއިން އަދި ޑިފެންސް މިނިސްޓްރީގެ ތެެރެއިން ވެސް ވަރަށް މަދުބަޔަކަށް ނޫނީ އެނގޭނެ މައުލޫމާތެއް ނޫން ކަމަށެވެ. ރައީސް ނަޝީދަށް ދޭ ބްރީފިންތަކާއި އެމަނިކުފާނަށް ހުރި ނުރައްކާތަކުގެ މައުލޫމާތު ވެސް އެ ރިޕޯޓްގައި އެބަހުރި ކަމަށާއި އެއީ ވަރަށް ވަރަށް މަދު ބަަކަށް ނޫނީ އެނގޭނެ މައުލޫމާތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ މައުލޫމާތު ދީފައި ވާނީ ހަމަ ގައިމު ވެސް އާއްމުންގެ މީހެއް ކަމަަކަށް އަޅުގަނޑެއް ހަމަ ގައިމު ވެސް ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.
ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސައިން ވިދާޅުވީ އާއްމުކޮށްގެން އުޅެނީ ސަލާމަތާ ރައްކާތެރިކަން ދޭން ޖެހޭ ބޭފުޅަކާއި އެ ބޭފުޅާގެ އާއިލާ ދިިރިއުޅުއްވާ ގެކޮޅުގެ ރައްކާތެރިކަމާ ބެހޭ ގޮތުން ހުރި ބަލިކަށި ކަންތައްތަކުގެ ވާހަކަ ކަމަށެވެ. އެކަން އެގޮތަށް ކޮށްގެން އުޅެނީ ރައްކާތެރިކަން ދިނުން ލާޒިމުވާ މުއައްސަސާއިން ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއީ އަޅުގަނޑުމެން ދެކޭ ގޮތުގައި މީހެއްގެ ފުރާނަަ އަށް ނުރައްކާވާނެ ގޮތަކަށް އެ މުައައްސަސާއިން ނުވަތަ އެ މައުލޫމާތު ބޭރުކުރި ފަރާތުން އަމަލުކުރުން،" އޭނާ ވިދާޅުވި އެވެ.
ހުޅުދޫ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ އެ މައުލޫމާތު އާއްމުވުމުން ނަޝީދާއި އާއިލާގެ ބޭފުޅުން އިތުރު ނުރައްކަލުގެ ތެރެއަށް ވެއްޓިފައިވާ ކަަމަށާއި އެއީ ގާނޫނީ ކުށެއް ކަމަށެވެ. އެ މައުލޫމާތު އާއްމުކޮށްގެން އުޅެނީ ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގު އެހެން ގޮތަކަށް އަނބުރައިލަން ކުރާ މަސައްކަތެއް ކަމަށެވެ. އެއީ މަޖިލީހުން މިހާރު ފަށާފައިވާ ޕާލަމެންޓްރީ އިންކުއަރީ އަށް ނުފޫޒު ފޯރުވުމަކީ ވެސް އޭގެ ބޭނުމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
ސިފައިންނަށް ނޭނގި އިންޑިއާ ހެލިކޮޕްޓަރު ދަތުރެއް ކުރި
އުތުރު ތިލަފަޅުގެ އެއްބަސްވުން ހޯދަން މަޖިލީހުން އެދެނީ
ޒަމީލްގެ ސުލޫކީ މައްސަލައާ ގުޅިގެން އަސްލަމްގެ ނުރުހުން
ނަޝީދު ފޮނުއްވި އިމްތިޔާޒާ ގުޅޭ މައްސަލަ ބޭރުކޮށްލައިފި
މިނިސްޓަރު މާރިޔާ ވެސް މަޖިލިހަށް ހާޒިރު ކުރަނީ
ނޭޝަނަލް ސާވިސްގެ ތަމްރީނަށް 340 މީހުން ފުރައިފި
"ސެނަހިޔާގައި ތިބޭ ޑޮކްޓަރުންގެ އަސްކަރީ ރޯލެއް ނެތް"
ބޮޑު ހަތިޔާރު ނަގައިގެން ބޯޑަރު ނުބެލެހެއްޓޭނެ: އީވާ
ފުލުހުންނާއި ސިފައިން ޒިންމާއަދާކުރިތޯ ބަލަން ކޮމިޓީއަށް
މެންބަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ: އެމްޑީޕީ