01 ޖޫން 2021
ފ. އަތޮޅުގެ ބައެއް ރަށްތަކުން ނެގި ކޮވިޑް-19ގެ ސާމްޕަލްތަކެއްގެ ނަތީޖާ ދިނުމުގައި ލަސްވީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
ފ. އަތޮޅުގެ ބައެއް ރަށްތަކުން ނެގި ކޮވިޑް-19ގެ ސާމްޕަލްތަކެއްގެ ނަތީޖާ ދިނުމުގައި ލަސްވީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
އެޗްޕީއޭ އިން ބުނީ ފ. އަތޮޅުން ނަގާ ސާމްޕަލްތައް ޓެސްޓުކުރަން ގެންދަނީ ދ. ކުޑަހުވަދޫގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ކަމަށެވެ. އެކަމަކު ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކުޑަހުވަދު އަށް ގެންދިޔަ ސާމްޕަލްތަކެއް ޓެސްޓުނުކުރެވި މާލެ ފޮނުވަން ޖެހުނު ކަމަށް ބުންޏެވެ. އެކަމަކު އެހެން ދިމާވީ އެންމެ ދުވަހަކު ކަމަށް އެތަނުން ބުންޏެވެ.
ރާއްޖެ އަށް މިފަހުން ކުރި ގަދަ ވިއްސާރައިގައި މޫސުން ވަރަށް ބޮޑަށް ގޯސްވުމުގެ ސަބަބުން ވެސް ސާމްޕަލްތައް ޓެސްޓުކުރަން ނުފޮނުވި ލަސްވި ކަމަށް ވެސް ބުންޏެވެ.
މި މަހުގެ 30 ވަނަ ދުވަހު ފ. އަތޮޅު ނެގި ސާމްޕަލްތަކެއް މިހާރު ވެސް އަންނަނީ ޓެސްޓުކުރަމުންނެވެ. އެކަމަކު އެއަށް ވުރެ ކުރީ ތާރީހެއްގައި ނަގާފައިވާ އެއްވެސް ސާމްޕަލެއް ޓެސްޓުނުކުރެވި މިހާރު ނޯންނާނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
ނަތީޖާ ލިބުމުގައި ލަސްވާ މައްސަލަ ހައްލުކޮށް، ސާމްޕަލް ނަގާތާ 24 ގަޑިއިރުގެ ތެރޭގައި މިހާރު ނަތީޖާ ލިބޭނެކަމުގެ ޔަގީންކަން އެޗްޕީއޭއިން ދިނެވެ.
ފ. އަތޮޅުގެ ދެ ރަށެއް މިހާރު ވެސް އޮތީ މޮނީޓަރިންގަ އެވެ. އެއީ ނިލަންދު އާއި ބިލެތްދޫ އެވެ.
ޓެސްޓުކުރަން ގެންދާ ސާމްޕަލްގެ ނަތީޖާ ލިބުން ލަސްވެ މީގެ ކުރިން ވެސް ވަރަށް ގިނަ މީހުން ޝަކުވާކޮށްފައިވެ އެވެ. ގިނަ ސާމްޕަލްތަކެއް ޓެސްޓު ނުކުރެވި ލަސްވެގެން ގޮސް، ބޮޑު ބެކްލޮގެއް ވެސް ހަފުތާއަކަށް ވުރެ ގިނަ ދުވަހު މީގެ ކުރިން އޮތެވެ.
ކޮވިޑްގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވެ، މާލެ އާއި ރަށްރަށުގައި ވަނީ ހަރުކަށި ފިޔަވަޅުތައް އަޅައިފަ އެވެ. ކޮވިޑްގެ ކޭސްތައް މި ދޭތެރެއިން 1،000 ވުރެ މަތީގައި ހުރުމަށް ފަހު، އެޗްޕީއޭ އިން އެޅި ހާއްސަ އާ ފިޔަވަޅުތަކުގެ ސަބުބުން މިހާރު ކޭސްތަކުގެ އަދަދު އަންނަނީ ދަށްވަމުންނެވެ.
ފާނަބަސަންދު ފެތުރެނީ، މި މަހުގެ މިހާތަނަށް 215ކޭސް
ޕަންޕު ބޭނުންކޮށްގެން ފެން ހިންދުން މިހާރު ފަސޭހަވާނެ
ބޮޑު ގަހެއް ވެއްޓި ވެހިކަލްތަކަށް ގެއްލުންވެއްޖެ
ބޯ ވިއްސާރާގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެއްޖެ
ކުރިއަށް އޮތް ތިން ދުވަހު މާލެއަށް މަސްދުވަހުގެ ވާރޭ
މާލެއަށް އިއްޔެ 100 މިލިމީޓަރުގެ ވާރޭ ވެހުނު
މާލެއަށްކުރި ވިއްސާރަ: ގެއްލުން މިލިއަނަކަށް ވުރެ މަތި
ކޮމަންޑުއަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް
ބޯކޮށް ވާރޭވެހި މާލެ އާއި ހުޅުލެ ފެނުއަޑީގައި
ގަދަ ހޫނަށް ފަހު ރޭ މާލެއަށް ބޯކޮށް ވާރޭ ވެހިއްޖެ