Roadha Mihaaru
241 ކޮމިޓީގެ އިންކުއަރީއަށް ހަމީދު ހާޒިރުކޮށްފި

ނަޝީދަށް ދިން ހަމަލާއާ ގުޅޭ އިންކުއަރީއަށް ޕޮލިސް ކޮމިޝަނަރު ހާޒިރުކޮށްފި

05 ޖޫން 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދެވޭ ގޮތަށް އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ކުރިއަށް ގެންދާ ޕާލަމެންޓްރީ އިންކުއަރީގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާ މިއަދު ސުވާލުކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދެވޭ ގޮތަށް އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ކުރިއަށް ގެންދާ ޕާލަމެންޓްރީ އިންކުއަރީގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާ މިއަދު ސުވާލުކޮށްފި އެވެ.

ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން ޕާލަމެންޓްރީ އިންކުއަރީއެއް ކުރިއަށް ގެންދަން މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ ހަވަނަ ދުވަހު އެ މަނިކުފާނަށް ދިން ބޮމުގެ ހަަމަލާއާ ގުޅިގެން ސަލާމަތީ ކޮމިޓީން ބޭއްވި ބައްދަލުވުންތަކަކަށް ފަހު، މަޖިލީހުގެ ތަޅުމުންނެވެ. މި އިންކިއުއަރީ އަށް ވަކިވަކި ސިފައިން ހާޒިރު ނުވެ ސީދާ މުއައްސަސާއިން އިން ޖަވާބުދާރީވާން ސިފައިން ވަނީ ނިންމައިފަ އެވެ. ނަމަވެސް ކުރިން ވެސް ހާޒިރުވާ ގޮތަށް ވަކިވަކި ފުލުހުން މަޖިލީހަށް ހާޒިރުވާނެ އެވެ.

ދައުލަތުގެ ތިންބާރުގެ ތެރެއިން އެއް ބާރުގެ ވެރިއަކަށް ވާތީ އަދި ރާއްޖޭގެ ކުރީގެ ރައީސަކަށް ވާތީ ނަޝީދުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަމުން އަންނަނީ އެމްއެންޑީއެފުންނެވެ. މެއި މަހުގެ ހަ ވަނަ ދުވަހު އެ މަނިކުފާނަށް ދިން ޓެރަރިސްޓް ހަމަލާގައި ވަރަށް ބޮޑަށް ޒަހަމްވުމުން އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށް ފަހު މިހާރު ވަޑައިގެން ހުންނެވީ ޖަރުމަނުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 241 ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީ ގައި 241 ކޮމިޓީގެ މެމްްބަރުން ކުރެއްވި ސުވާލުތަކަށް ކަމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ޖަވާބުދެއްވަނީ

ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ފެށުމާ އެކު އޭރު އެންމެ ފުރަތަމަ ބޭއްވި މީޑިއާ ބްރީފިންގައި ކޮމިޝަނަރު ހަމީދު ވިދާޅުވީ އެ މަނިކުފާނަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ ޖާސޫސީ އެއްވެސް މައުލޫމާތެއް ފުލުހުންނަށް ލިބިފައިނުވާ ކަމަށެވެ.

ނަޝީދަށް ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތުތަކެއް އެމްއެންޑީއެފަށް ކުރިން ލިބި ފިޔަވަޅުތަކެއް ވެސް އެޅިކަން ފަހުން ވަނީ ހާމަވެފަ އެވެ.

މަޖިލީހުގެ 241 ކޮމިޓީން އަންނަނީ ޖުމްލަ ގޮތެއްގައި އެ ހުރިހާ ކަމެއް ބަލަމުންނެވެ. ހަމީދު ހާޒިރުކޮށްގެން މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމާ ބެހޭ މައުލޫމާތު އަދި ހާމައެއް ނުކުރެ އެވެ. ކޮމިޓީގެ ބައްދަލުުވުންތައް ކުރިއަށް ގެންދަނީ ސިއްރު ބައްދަލުވުންތަކެއްގެ ގޮތުގަ އެވެ.