Roadha Mihaaru
ބުޅާތަކަށް ފެސިލިޓީއެއް ގާއިމްކުރަން ނިންމައިފި

ބުޅާ ފެސިލިޓީއެއް ގާއިމްކުރަން ސިޓީ ކައުންސިލުން ނިންމައިފި

08 ޖޫން 2021

މާލޭގައި ދިމާވެފައިވާ ބުޅަލުގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން ހާއްސަ ފެސިލިޓީއެއް، ނުވަތަ ބުޅާތައް ބަލަހައްޓާނެ ތަނެއް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަހުމަދު އިޔާދު އަހުމަދު އިޔާދު

މާލޭގައި ދިމާވެފައިވާ ބުޅަލުގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން ހާއްސަ ފެސިލިޓީއެއް، ނުވަތަ ބުޅާތައް ބަލަހައްޓާނެ ތަނެއް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިއްޔެ ސިޓީ ކައުންސިލުން ބޭއްވި އާންމު ޖަލްސާގައި ނިންމި ކަންތައްތައް ރައްޔިތުންނާ ހިއްސާކުރުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުން ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ މާލޭގައި ދިމާވެފައިވާ ބުޅަލުގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އެކަމަކު އެ ފެސިލިޓީ ހަދާނީ ކޮންތަނެއްގައި ކަމެއް އަދި ނުނިންމަ އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި މަގުމައްޗަށް ދޫކޮށްލާފައިވާ ބުޅާތަކަށް އަޅާލަންޖެހޭނެ ކަމަށް ކައުންސިލުން ގަބޫލުކުރެ އެވެ. އަދި އެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި އަމަލީގޮތުން މަސައްކަތް ފަށާފައިވާ ކަމަށާއި ކުރީގެ ސިޓީ ކައުންސިލުން ކުރި މަސައްކަތްތަކުގެ އަލީގައި އެޗްޑީސީއާ އެކު މަޝްވަރާކޮށްގެން ފެސިލިޓީއެއް ގާއިމްކުރެވޭތޯ މަސައްކަތްކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ބުޅާތަކާ މެދު އިންސާނިއްޔަތު ކަމާއެކީ ކަންތައްތައް ކުރެވޭނެ ގޮތް ހޯދައި ކަމާބެހޭ މާހިރުންގެ ލަފަޔާ އެކު މާދަމާ [މިއަދު] އެ މަސައްކަތްތައް ފަށަން ނިންމައިފިން،" މުއިއްޒު ވިދާޅުވި އެވެ.

މާލޭގެ އިތުރުން ހުޅުމާލެ އާއި ވިލިމާލޭގެ މަގުމަތީގައި ބުޅާ އިތުރުވުމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އާންމުން ވަނީ ކުރިން ވެސް އެދިފަ އެވެ.