Roadha Mihaaru
މަންމަ އަމްރިތާއާ އެކު ސާރާގެ އިޝްތިހާރެއް

މަންމަ އަމްރިތާއާ އެކު ސާރާގެ ޓީވީ އިޝްތިހާރެއް

10 ޖޫން 2021

ބަތަލާ ސާރާ އަލީ ޚާން ބޮލީވުޑަށް ނުކުތް ފަހުން އޭނާ އާއި މަންމަ އަމްރިތާ ސިންގް އެކީގައި ފެންނާނެ އިރެއްގެ އިންތިޒާރުގައި ތިބި ފޭނުންނަށް ހާއްސަވާނެ އިޝްތިހާރެއް އިންޑިއާގެ ޓީވީ ޗެނަލްތަކުން މި ހަފުތާގައި ދައްކަން ފަށާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަތަލާ ސާރާ އަލީ ޚާން ބޮލީވުޑަށް ނުކުތް ފަހުން އޭނާ އާއި މަންމަ އަމްރިތާ ސިންގް އެކީގައި ފެންނާނެ އިރެއްގެ އިންތިޒާރުގައި ތިބި ފޭނުންނަށް ހާއްސަވާނެ އިޝްތިހާރެއް އިންޑިއާގެ ޓީވީ ޗެނަލްތަކުން މި ހަފުތާގައި ދައްކަން ފަށާނެ އެވެ.

ދެމައިން އެކީގައި ކުޅެފައިވާ މި އިޝްތިހާރަކީ މިހާރު މަގުބޫލުވަމުން އަންނަ ބްރޭންޑެއް ކަމަށްވާ މާމާ އާތުގެ އުފެއްދުމެއްގެ އިޝްތިހާރެކެވެ. އެއީ ބޯ މަސާޖްކުރާ ތެލެކެވެ.

މި އިޝްތިހާރުގެ މަސައްކަތުގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ވެސް ސާރާ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ. އޭގައި ފެންނަނީ އަމްރިތާ ދަރިފުޅުގެ ބޯ މަސާޖްކުރާ ތަނެވެ. މިހާރު ވެސް މަދުމަދުން ފިލްމުތަކުން ފެންމަ އަމްރިތާ، 63، އަކީ 1980 ގެ ތެރޭގައި ވަރަށް މަޝްހޫރު ބަތަލާއެކެވެ.

މަންމައާ އެކު ސާރާ އިޝްތިހާރަކުން ފެނުމުގެ ފުރުސަތު ލިބުނު އިރު ބެލުންތެރިން އެންމެ އުންމީދުކުރާ އެއް ކަމަކީ ބައްޕަ ސައިފާ އެކީ ވެސް ސާރާ ފެނުމެވެ. ދެބަފައިން ކުރިން އެކީގައި ފިލްމެއް ކުޅެން އުޅޭކަމުގެ އަޑުތަކެއް ވެސް އެރި އެވެ. އެއީ ފަހުން އަލަށް ތައާރަފުކުރި އަލާޔާ ފަރްނީޗަރްވާލާ އާއި ސައިފާ އެކު މިދިޔަ އަހަރު ގެނެސްދިން "ޖަވާނި ޖާނެމަން" އެވެ.

ބަތަލާ ކަރީނާ ކަޕޫރްގެ ދޮންދަރީ ސާރާ، 25، ގެ ކުރިއަށް އޮތް ފިލްމަކީ އަކްޝޭ ކުމާރާއި ދަނޫޝްއާ އެކު ކުޅެފައިވާ "އަތުރަން ގީ" ރޭ އެވެ. އޭނާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ވިކީ ކޯޝަލްގެ ސުޕަހީރޯ ފިލްމު "ދި އިމޯޓަލް އަޝްވަތައްމާ" ހިމެނެ އެވެ.

ސާރާގެ ދެ ފިލްމެއް މިދިޔަ އަހަރު ރިލީޒްވި އެވެ. އެއީ ފެބްރުއަރީގައި ސިނަމާތަކުގައި ދެއްކި "ލަވް އާޖް ކަލް" އާއި އެމެެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި "ކޫލީ ނަމްބަރު 1" އެވެ.

ސާރާ އާއި އަމްރިތާއާ އެކު މާމާ އާތު ބްރޭންޑްގެ އިޝްތިހާރެއް ގެނެސްދިން އިރު، އެ ބްރޭންޑްގެ އުފެއްދުންތައް އިޝްތިހާރުކުރާ މަޝްހޫރު ތަރިންގެ ތެރޭހައި ޝިލްޕާ ޝެޓީ ހިމެނެ އެވެ.