Roadha Mihaaru
ޕެޓު ޖަނަވާރު މަގުމައްޗަށް ދޫކުރުން މަނާކުރާ ބިލެއް

ޕެޓު ޖަނަވާރު މަގުމައްޗަށް ދޫކޮށްލުން މަނާކުރާ ގޮތަށް ބިލެއް ހުށަހަޅައިފި

10 ޖޫން 2021

އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު މަގުމަތީގައި ނުވަތަ އެހެން ތަނެއްގައި އުޅުމަށް ދޫކޮށްލުން މަނާކުރާ ގޮތަށް "ޖަނަވާރުގެ ސިއްހަތާ ބެހޭ" ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު މަގުމަތީގައި ނުވަތަ އެހެން ތަނެއްގައި އުޅުމަށް ދޫކޮށްލުން މަނާކުރާ ގޮތަށް "ޖަނަވާރުގެ ސިއްހަތާ ބެހޭ" ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ހުށަހެޅުއްވި ބިލުގައި ބުނާ ގޮތުން އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު ބަލަހައްޓާ ފަރާތުން އެ ޖަނަވާރުގެ ސިއްހަތާއި ދުޅަހެޔޮކަމުގެ ޒިންމާ އުފުލައި، ރަނގަޅަށް ގެންގުޅެން ޖެހޭނެ އެވެ. އަދި ޖަނަވާރު ގެންގުޅެން ޖެހެނީ މަގުމައްޗަށާއި އާންމު ތަންތަނުގެ ސާފުތާހިރުކަން ނުގެއްލޭ ގޮތަށެވެ.

އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުގެ ތެރެއިން، މަގުމައްޗަށް ވީއްލި، މީހުންނަށާއި ތިމާވެއްޓަށް އޭގެ އަސަރުކުރާ މިންވަރަށް އޭގެ އާބާދީ ބޮޑުވެގެން ދިޔުމުގެ ފުރުސަތު އޮތް، އަދި އެއްގަމު ޖަނަވާރު ގެންގުޅެންވާނީ އެ އެއްޗެހި ދެނެގަނެވޭނެ ފަދަ ދާއިމީ އާލާތެއް ހަރުކޮށްގެން ކަމަށް ބިލުގައިވެ އެވެ. އެތަކެތި ހަރުކުރުމާ ގުޅޭ އުސޫލުތައް، މި ގާނޫނުގެ ދަށުން ހަދައި ގަވާއިދުގައި ކަނޑައަޅަންޖެހެ އެވެ.

ބިލުގައިވާ ގޮތުން، ޕެޓް ޖަނަވާރުންގެ ތެރެއިން ވީއްލިގެން މަގުމަތީގައި އުޅޭ ޖަނަވާރުތައް އިންސާނިއްޔަތުކަމާ އެކު ނައްތާލުމުގެ އިހްތިޔާރު ވެސް އޮވެ އެވެ. އެއީ ޖަނަވާރުގެ މެދުގައި ފެތުރޭ ނުވަތަ ޖަނަވާރުގެ ޒަރިއްޔާ އިން އިންސާނުންނަށް ޖެހޭ ބައްޔެއް ޖެހިފައިވުމާއި ފުރާނައަށް ނުރައްކާވެފައިވާ ވަރަށް ޒަހަމްވުން ހިމެނެ އެވެ.

"ވީއްލިގެން މަގުމަތީގައި އުޅޭ އޮޅުކޮށްގެން ގެންގިޅޭ ޖަނަވާރު ނުވިހާ ގޮތަށް ހަދަންވާނީ ނުވަތަ ހޯޖާކުރަންވާނީ ނުވަތަ ނައްތާލަންވާނީ ޖަނަވާރު ޑޮކްޓަރެއްގެ ލަފާގެ މަތިންނެވެ."

އޭގެ އިތުރުން ވެސް ރައްކާތެރި ގޮތުގައި ޖަނަވާރު ގެންގުޅެ، ވިއްސައި އާލާކުރުމަށް މަގުފަހިކުރުމުގެ ގޮތުން، ޖަނަވާރު ގެންގުޅުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ވެސް އޭގައި ހިމެނެ އެވެ. އަދި ނުވިހާ ގޮތަށް ހެދުމާއި ނައްތާލަން ޖެހެނީ ވެސް އެއީ މީހަކު ނުވަތަ ގެއަކުން އޮޅުކޮށްގެން ގެންގުޅޭ އެއްޗެއްތޯ ވެސް ބެލުމަށް ފަހުގަ އެވެ.

މި ބިލުގައި ވަނީ ޖަނަވާރާއި ޖަނަވާރުގެ އުފެއްދުންތައް އިމްޕޯޓްކުރުމާއި އެކްސްޕޯޓްކުރުމާއި ޓްރާންސިޓްކުރުމާއި އެތަކެތި ގަނެވިއްކުމުގައި އަމަލުކުރަން ޖެހޭނެ އުސޫލުތައް ވެސް ކަނޑައަޅަން ޖެހެ އެވެ. އެއާ ހިލާފަށް ރާއްޖެއަށް ޖަނަވާރުގެ އުފެއްދުންތައް އެކްސްޕޯޓްކުރުމާއި އިމްޕޯޓްކުރުމަކީ ވެސް މަނާ ކަމެކެވެ. އަދި ރައްކާތެރި ގޮތެއްގައި ޖަނަވާރު ގެންގުޅެ، ވިއްސައި އާލާކުރުމަށް މަގުފަހިކުރުމަށްޓަކައި، ޖަނަވާރު ގެންގުޅުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތަކެއް ވެސް ބިލުގައިވެ އެވެ.

އެ ބިލުގައި އެންމެ ބޮޑު ޖޫރިމަނާއެއް ކަނޑައަޅާފައި ވަނީ ރިޕޯޓްކުރަން ޖެހޭ ބައްޔެއް ހުރި ޖަނަވާރެއް ވިއްކަން ބެހެއްޓުމާއި އެފަދަ ބަލި ޖައްސައި އެއްޗެއް، ގަސްދުގައި ރާއްޖެއަށް އެތެރެކޮށްފިނަމަ އެވެ. އެ ކުށުގެ އަދަބަކީ 10،000-25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. އަދި މި ބިލުގެ ދަށުން ހަދައި، އެއްވެސް ގާނޫނަކާއި ހިލާފުވެއްޖެ ނަމަ އަދަބަކީ 5000-10،000 ރުފިޔާގެ ޖޫރިމަނާ އެކެވެ. ޖަނަވާރުގެ ވިޔަފާރިކުރަން ހުއްދަދީފައިވާ ތަންތަން ފިޔަވައި، އިތުރު ތަނަކުން އެފަދަ ވިޔަފާރިއެއް ކުރާ ނަމަ، ވެސް އެ ވަރުގެ ޖޫރިމަނާއެއް އަންނާނެ ކަމަށް އޭގައިވެ އެވެ.