Roadha Mihaaru
ޓްރަމްޕް ސެކިއުރިޓީ އަށް ދުވާލަކު އެއް މިލިއަން ޑޮލަރު

ޓްރަމްޕާއި އާއިލާގެ ސެކިއުރިޓީ އަށް ދުވާލަކު އެއް މިލިއަން ޑޮަލަރު

22 ނޮވެމްބަރ 2016

ނިއު ޔޯކް (ނޮވެމްބަރު 22) - އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕާއި އާއިލާގެ ސެކިއުރިޓީ އަށް ނިއު ޔޯކް ސިޓީ ފުލުހުން ދުވާލަކު އެއް މިލިއަން ޑޮލަރު ޚަރަދު ކުރަމުންދާ ކަމަށް ސިޓީގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ޔޯކް (ނޮވެމްބަރު 22) - އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕާއި އާއިލާގެ ސެކިއުރިޓީ އަށް ނިއު ޔޯކް ސިޓީ ފުލުހުން ދުވާލަކު އެއް މިލިއަން ޑޮލަރު ޚަރަދު ކުރަމުންދާ ކަމަށް ސިޓީގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ނިއު ޔޯކް ޕޮލިސް ޑިޕާޓްމަންޓުގެ ޑިޕިއުޓީ ކޮމިޝަނާ ޖޯން މިލާ ވިދާޅުވީ ނިއު ޔޯކުގައި ދިރިއުޅޭ ޓްރަމްޕާއި އޭނާގެ ދަރިންނަށް ސެކިއުރިޓީ ދިނުމަށް ފުލުހުން ހަމަޖައްސައި އަދި ސީކްރެޓް ސާވިސްގެ ރައްކާތެރިކަން ވެސް ދެމުންދާ ކަމަށެވެ.

ޓްރަމްޕް، ޓަވަރަށް ވަޑައިގަންނަވާ އިރު ގާޑުން ސެކިއުރިޓީ ދެނީ. --ފޮޓޯ:އޭއެފްޕީ

ޓްރަމްޕް، ޓަވަރަށް ވަޑައިގަންނަވާ އިރު ގާޑުން ސެކިއުރިޓީ ދެނީ. --ފޮޓޯ:އޭއެފްޕީ

ޖެނުއަރީ 20 ގައި ރައީސްކަމުގެ ހުވާ ކުރައްވާ ޓްރަމްޕް ވައިޓްހައުސް އަށް ބަދަލުވެވަޑައިގެންނެވި ނަމަވެސް ނިއު ޔޯކް ޕޮލިސް ޑިޕާޓްމަންޓުން ކުރާ ޚަރަދުތައް ކުޑަވާނެ ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ ޓްރަމްޕުގެ އަނބިކަނބަލުން މެލަނިއާ އާއި 10 އަހަރުގެ ދަރިފުޅު ވައިޓް ހައުސް އަށް ބަދަލު ނުވެ ނިއު ޔޯކްގެ ޓްރަމްޕް ޓަވަރުގައި ދިރިއުޅުއްވާނެތީ އެވެ. ހަގު ދަރިފުޅު މިހާރު ކިޔަވަމުންދާ ގްރޭޑް ނިމެންދެން މެލަނިއާ ދިރިއުޅުއްވާނީ ނިއު ޔޯކުގަ އެވެ. އެހެންވެ ޓްރަމްޕް ވެސް ވޮޝިންޓަނުން ނިއު ޔޯކަށް ގިނަ ގިނައިން ވަޑައިގަންނަވާނެ އެވެ. ޓްރަމްޕް ދިރިއުޅުއްވާ ޓްރަމްޕް ޓަވަރުގެ ސެކިއުރިޓީ ބަލަހައްޓާ ޗެކް ޕޮއިންޓްތައް ސްކްރީން ކުރަނީ ސީކްރެޓް ސާވިސް އިންނެވެ.

ޓްރަމްޕް، ޓަވަރަށް ވަޑައިގަންނަވާ އިރު ގާޑުން ސެކިއުރިޓީ ދެނީ. --ފޮޓޯ:އޭއެފްޕީ

ޓްރަމްޕް، ޓަވަރަށް ވަޑައިގަންނަވާ އިރު ގާޑުން ސެކިއުރިޓީ ދެނީ. --ފޮޓޯ:އޭއެފްޕީ

ނިއު ޔޯކުގެ މޭޔަރު ބިލް ޑި ބްލާސިއޯ ހުކުރު ދުވަހު ވިދާޅުވީ މިހާރު ހިނގާ ޚަރަދުތަކުން ބައެއް ނިއު ޔޯކް ޕޮލިސް ޑިޕާޓްމަންޓަށް ދިނުމާ ބެހޭ ގޮތުން ފެޑެރަލް ސަރުކާރާ އެކު ވަރަށް އަވަހަށް މަޝްވަރާ ކުރާނެ ކަމަށެވެ.

ނިއު ޔޯކް ސިޓީގެ މޭޔަރު ޑި ބްލާސިއޯ ޓްރަމްޕް ޓަވަރުން ނުކުމެވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

ނިއު ޔޯކް ސިޓީގެ މޭޔަރު ޑި ބްލާސިއޯ ޓްރަމްޕް ޓަވަރުން ނުކުމެވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

އދ. ގެ ބައްދަލުވުންތަކަށް ވަޑައިގަންނަވާ ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންނަށް ނިއު ޔޯކް ފުލުހުން ސެކިއުޓީ ދީގެން ހިނގި ޚަރަދު މީގެ ކުރިން ވަނީ ހޯދައިފަ އެވެ. ސިޓީގެ ރެކޯޑްތައް ދައްކާ ގޮތުން ޖޫން މަހުގެ 30 އަށް ނިމުނު 12 މަސް ދުވަހަށް ސެކިއުރިޓީ ޚިދުމަތް ދީގެން ނިއު ޔޯކް ޕޮލިހަށް ވަނީ 26 މިލިއަން ޑޮލަރު ލިބިފަ އެވެ.

ޓްރަމްޕް ޓަވަރުގައި ނިއު ޔޯކް ފުލުހުން ސަލާމަތީ ކަންކަން ބަލަހައްޓަނީ.

ޓްރަމްޕް ޓަވަރުގައި ނިއު ޔޯކް ފުލުހުން ސަލާމަތީ ކަންކަން ބަލަހައްޓަނީ.

ނިއު ޔޯކުގެ މެދުތެރޭގެ ފިފްތު އެވެނިއު 56 ސްޓްރީޓުގައި ހުންނަ ޓްރަމްޕް ޓަވަރު ސަރަހައްދުގައި ފުލުހުން މިހާރު ވެސް ވަނީ ބެރިކޭޑް ޖަހައިފަ އެވެ. ޓްރަމްޕް ޓަވަރު ހުންނަ މަގު ވެސް ވަނީ ޓްރެފިކަށް ބަންދުކޮށްފަ އެވެ. ޓްރަމްޕް ދަތުރު ކުރައްވާ އިރު މަގުތަކުގެ ސެކިއުރިޓީ ބަލަހައްޓަން މަގު ބަންދު ކުރަން ޖެހެ އެވެ. ޓްރަމްޕް ނިއު ޖާޒީ އަށް ހުކުރު ދުވަހު ދަތުރު ކުރެއްވިއިރު ލިންކޮން ޓަނަލް ވެސް ވަނީ ބަންދުކޮށްފަ އެވެ.

ޓްރަމްޕް، ޓަވަރަށް ވަޑައިގަންނަވާ އިރު ގާޑުން ސެކިއުރިޓީ ދެނީ. --ފޮޓޯ:އޭއެފްޕީ

ޓްރަމްޕް، ޓަވަރަށް ވަޑައިގަންނަވާ އިރު ގާޑުން ސެކިއުރިޓީ ދެނީ. --ފޮޓޯ:އޭއެފްޕީ