ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު 10،000 އާ ގާތްކޮށްފި އެވެ.
07 ފެބުރުއަރީ 2021
ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު 10،000 އާ ގާތްކޮށްފި އެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު އެކަނި ވެސް 2،898 މީހަކަށް ރާއްޖޭގައި ކޮވިޑް-19 ގެ ވެކްސިން ޖަހާފައިވެ އެވެ. އެއީ މާލެ ސަރަހައްދުން 2،375 މީހަކަށާއި އަތޮޅު ތެރެއިން 523 މީހަކަށެވެ. އެހެންވެ، ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 ގެ ވެކްސިން ޖެހި މީހުންގެ އަދަދު މިހާރު ވަނީ 9،700 އިން މައްޗަށް އަރައިފަ އެވެ.
މާލެ ސަރަހައްދުގައި ވެކްސިން ޖެހުމަށް ހަ މަރުކަޒެއް ގާއިމް ކޮށްފައިވާއިރު، އަތޮޅު ތެރޭގައި 14 މަރުކަޒެއް ހުރެ އެވެ.
ރާއްޖެއިން މިހާތަނަށް ޖަހަނީ އިންޑިއާއިން ހަދިޔާކުރި 100،000 ޑޯޒްގެ ކޮވިޝީލްޑް ވެކްސިނެވެ. އެހެން ބައެއް ގައުމުތަކުގައި ބޭނުންކުރާ ކޮވިޑް-19 ގެ ވެކްސިން ރާއްޖެއަށް ލިބިފައި ވިޔަސް، އެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން އަދި ހުއްދަ ނުދެ އެވެ.
ކޮވިޑް ބޫސްޓާ ޑޯޒް ޖެހުން މަޖުބޫރު
ވެކްސިން ނުޖަހާ މުވައްޒަފުން ޓެސްޓު ހެދުން ލާޒިމު
50 ޕަސެންޓު މީހުން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފި
ކޮވިޑް ވެކްސިން ޖެހުން އީދު ބަންދަށް މެދުކަނޑާލަނީ
ދެ ބްރޭންޑްގެ ދެ ޑޯޒް ޖެހުނީ އޮޅުމަކުން: އެޗްއީއޯސީ
60 އަހަރުން މަތީގެ މީހުންނަށް ފައިޒާ ވެކްސިން ދެނީ
10،500އަށް ވުރެ ގިނަަ މީހުން ދެވަނަ ޑޯޒް ޖަހައިފި
ވެކްސިން ޖަހާ ސެންޓަރުތައް ހުހަށް!
ކޮވިޑު ވެކްސިން ޖެހި މީހުންގެ އަދަދު 880 އަށް
ރާއްޖޭގައި ކޮވިޑް ވެކްސިން މާދަމާ ދޭން ފަށަނީ