15 ޖޫން 2021
އަމިއްލަ ދިރިއުޅުމުގެ ވާހަކަ މީޑިއާއާ ވަރަށް ދުރުގައި ގެންގުޅޭ ބަތަލާ ޕްރިތީ ޒިންތާއާ އެންމެ ގިނައިން އަމާޒުވާ އެއް ސުވާލަކީ ކައިވެނިކޮށްގެން އުޅޭ އަންހެނުންނަށް އިންޑިއާގައި އެންމެ ގިނައިން އަމާޒުވާ އެއް ސުވާލު ކަމަށްވާ "ދަރިއަކު ހޯދާނީ ކޮން އިރަކުންތޯ" އެވެ. އެކަމަކު މިއީ އޭނާ އެއްވެސް ވަރަކަށް ނުދައްކާ ވާހަކައެކެވެ.
އަމިއްލަ ދިރިއުޅުމުގެ ވާހަކަ މީޑިއާއާ ވަރަށް ދުރުގައި ގެންގުޅޭ ބަތަލާ ޕްރިތީ ޒިންތާއާ އެންމެ ގިނައިން އަމާޒުވާ އެއް ސުވާލަކީ ކައިވެނިކޮށްގެން އުޅޭ އަންހެނުންނަށް އިންޑިއާގައި އެންމެ ގިނައިން އަމާޒުވާ އެއް ސުވާލު ކަމަށްވާ "ދަރިއަކު ހޯދާނީ ކޮން އިރަކުންތޯ" އެވެ. އެކަމަކު މިއީ އޭނާ އެއްވެސް ވަރަކަށް ނުދައްކާ ވާހަކައެކެވެ.
ކައިވެނިކޮށްގެން އުޅޭ ބަތަލާއިންގެ ތެރެއިން ޕްރިތީގެ އިތުތުން ވިދިޔާ ބާލަން އާއި އުރްމިލާ މަޓޯންޑްކަރާއި ޕްރިޔަންކާ ޗޯޕްރާ އާއި ސޯނަމް ކަޕޫރާއި ދީޕިކާ ޕަދްކޯން އަކީ ވެސް މި ސުވާލު އަމާޒުވާ މީހުންނެވެ.
މި ބަތަލާއިންނަށް ބަލާ އިރު މިހާރު ބޮލީވުޑަށް ތަންކޮޅެއް ދުރުގައި ހުރި ޕްރިތީގެ ކައިވެންޏަށް މިހާރު ފަސް އަހަރެވެ. އެމެރިކާގެ ވިޔަފާރިވެރިއެެއް ކަމަށްވާ ޖީން ގުޑްއިނަފްއާ 46 އަހަރުގެ ބަތަލާ ކައިވެނިކުރީ 2016 ގަ އެވެ.
އޭގެ ފަހުން ޕްރިތީގެ ދިރިއުޅުން ބިނާވެފައި އޮތީ އިންޑިއާ އަށް ވުރެ ބޮޑަށް އެމެރިކާގެ ލޮސް އެންޖެލިސްގަ އެވެ. ދަރިޔަކު ހޯދުމާ ބެހޭ ގޮތުން ޕްރިތީ މިހާތަނަކަށް މާ ގިނަ ވާހަކަތައް ވެސް ނުދައްކަ އެވެ. އޭނާ އަކީ އަބަދުވެސް އަމިއްލަ ދިރިޅުމުގެ ކަންކަމުގެ ވާހަކަ މީޑިއާތަކާ ހިިއްސާނުކޮށްވޭތޯ ބަތަލާ ތަރިއެކެވެ. އެކަމަކު މިދިޔަ އަހަރު އެރި އަޑަކީ އާންމުކޮށް ދަރިން ހޯދާ އުމުރު މިހާރު ފަނަޅައިދާތީ ޕްރިތީ ދަރިޔަކު ހޯދަން ބިސް ފްރީޒްކުރި ވާހަކަ އެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން ވެސް އޭނާ އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
އޭރު މީޑިއާތަކުން ބުނީ އާއިލާގެ ވަރަށް ގިނަ މީހުންނާއި ގާތް ރައްޓެހިން ވެސް އަވަހަށް ދަރިޔަކު ހޯދަން ތަކުރާރުކޮށް ޕްރިތީ ގާތު އެދޭތީ ދެމަފިރިން އެކަމާ މެދު ސީރިއަސްކޮށް ވިސްނަން ފަށާފައިވާ ކަމަށެވެ. ޕްރިތީ ދަރިޔަކު ހޯދާނެ އިރެއްގެ އިންތިޒާރުގައި ގިނަ ފޭނުންތަކެއް ވެސް އެބަތިއްބެވެ. ބައެއް މީހުން އޭނާ އިންސްޓަގްރާމް ޕޯސްޓްތަކުގައި ވެސް އެކަމާ ބެހޭ ގޮތުން ސުވާލުކޮށް ހަދަ އެވެ.
ނަމަވެސް މިހާތަނަށް ވެސް ދަރިޔަކު ހޯދުމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ޕްރިތީ ނުދައްކަ އެވެ. އޭނާ ބަލިވެއިންކަމުގެ އަޑުތަކެއް 2018 ގައި ވެސް އެރި އެވެ. އޭރު އެ ވާހަކަ ދެކެވުނީ ޕަޕަރާޒީންގެ ކެމެރާތަކަށް ޕްރިތީ އެރި ގޮތުން، ބަނޑު ފެނުނު ގޮތުންނެވެ.
ކާމިޔާބު އަދި ރީތި އެތައް ފިލްމެއް ކުޅުނު ބަތަލާ އަކީ 2000 ގެ އަހަރުތަކުގެ ކުރީކޮޅު ބޮލީވުޑްގައި އެންމެ ވިދި އެއް ބަތަލާ އެވެ. ޝާހްރުކް ޚާނާ އެކު 1998 ގެ "ދިލް ސޭ" އިން ކެރިއަރު ފަށައިގަނެ، ޕްރިތީ ކުޅުނު ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ކަލް ހޯ ނަ ހޯ"، "ވީރު-ޒާރާ"، "ސަލާމް ނަމަސްތޭ"، "މިޝަން ކަޝްމީރު"، "ދިލް ޗާތާ ހޭ"، "ކިޔާ ކެހެނާ"، "ކޮއި...މިލް ގަޔާ"، "ހަރް ދިލް ޖޯ ޕިޔާރު ކަރޭގާ" އަދި "ކަބީ އަލްވިދާ ނާ ކެހެނާ" ހިމެނެ އެވެ.
ޕްރިތި އެންމެ ފަހުން ފެނިފައިވާ ފިލްމަކީ 2018 ގެ "ބައްޔާޖީ ސުޕަހިޓް" އެވެ. އަދި މިދިޔަ އަހަރު އެމެރިކާގެ ޓީވީ ސިލްސިލާ އޭބީސީގެ "ފްރެޝް އޮފް ދަ ބޯޓް" ގެ އެޕިސޯޑަކުން އޭނާ ފެނިފައިވެ އެވެ.
ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ޕްރިތީ އަކީ އިންޑިއަން ޕްރީމިއާ ލީގް (އައިޕީއެލް) ގައި ވާދަކުރާ ކްރިކެޓް ޓީމް ޕަންޖާބް ކިންގްސްގެ ހިއްސާދާރާކެވެ.
ޕްރިތީ ލުނބޯ އަސާރަ އެޅުމުގައި
ދެކުނު އިންޑިއާ ފިލްމަކުން ޕްރިތީ ފިލްމީ ދާއިރާ އަށް
ކަރަންގެ އާ ފިލްމުގައި ޕްރިތީ ފެންނާނެ
ޖާދޫގައި ޖައްސަން، ކަރަންގެ "ޓިޕިކަލް" ފިލްމެއް
"ކްރިޝް 4" ހެދޭނީ ކޮވިޑް ނިމުނީމަ
ކެޓްރީނާ އާއި ވިކީ އެކުގައި ފިލްމެއް ކުޅެނީ
ފަރުހާނާއި ޝިބާނީގެ ކައިވެނި މާޗުގައި
މަލާމާތްކުރިޔަސް ފަރުވާލެއް ނެތް: އަރުޖުން
އެކްޓަރު މޯހިތު ކައިވެނިކޮށްފި
ކަންޔޭ އާ ގެއެއް ގަތީ ކިމްގެ ގެއާ ވަރަށް ކައިރިން