Roadha Mihaaru
ލުނބޯ ފަޅާނެކަމެއް ނެތް، ހަރު ޕާން އެއްލައިނުލާތި

ލުނބޯ ފަޅާނެކަމެއް ނެތް، ހަރު ޕާން އެއްލައިލާނެކަމެއް ނެތް

16 ޖޫން 2021

ކަންކަން ފަސޭހަކޮށްލަން ބަދިގޭގައި ވެސް ތަފާތު އުކުޅުތައް ބޭނުންކޮށްލެވިދާނެ އެވެެ. އޭރުން ކުރަން ޖެހޭ މަސައްކަތް ލުއިވެ ވަގުތު ވެސް ސަލާމަތްކުރެވޭނެ އެވެ. ބަދިގޭގައި އުޅޭއިރު ބޭނުންކުރެވިދާނެ އާދައިގެ އެކަމަކު ވަރަށް މުހިއްމު ތިން އުކުޅެއް ކިޔައިދޭނަމެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަންކަން ފަސޭހަކޮށްލަން ބަދިގޭގައި ވެސް ތަފާތު އުކުޅުތައް ބޭނުންކޮށްލެވިދާނެ އެވެެ. އޭރުން ކުރަން ޖެހޭ މަސައްކަތް ލުއިވެ ވަގުތު ވެސް ސަލާމަތްކުރެވޭނެ އެވެ. ބަދިގޭގައި އުޅޭއިރު ބޭނުންކުރެވިދާނެ އާދައިގެ އެކަމަކު ވަރަށް މުހިއްމު ތިން އުކުޅެއް ކިޔައިދޭނަމެވެ.

ލުނބޯ ނުވަތަ އޮރެންޖް ކަހަލަ އެއްޗަކުން ހުތް ފެލަން ގިނަ މީހުން ހަދާ ގޮތަކީ މެދުން ފަޅާލައި ހުތް ފެލަނީ އެވެ. މިގޮތަށް ހެދުމުން ހުތާ އެކު އޭގެ އޮށްތައް ވެސް ހުތް ފެލާ އެއްޗެއްގެ ތެރެއަށް އަންނާނެ އެވެ.

އެ ވަގުތަށް ބޭނުންވަނީ އެ އެއްޗެއްގެ އެއް ފަޅި ނަމަ ފަހުން ބޭނުން ކުރަން އަނެއް ފަޅި ފްރިޖްގައި ބާއްވަނީ އެވެ. މިހެން ހެދުމުން އެ ހަރުވެ، ކައިރި ފަށް ވެސް ކަޅުވެ، ދެން ހުތް ފެލަން އުނދަގޫވެ އެވެ.

އެހެންވީމާ މިކަމަށް މިއޮތީ ވަރަށް ވެސް ފަސޭހަ ހައްލެކެވެ. ލުނބޯ/އޮރެންޖް ހަރު ތަނެއްގެ މަތީގައި ބާއްވާފައި އަތުން ފިއްތައި ރޯލްކޮށްލާފައި ޗޮޕްސްޓިކެއް ނުވަތަ ދިގު ތިނޯހެއް ކަހަލަ އެއްޗަކުން ލުނބޯގެ ތިރިން ލޯވަޅެއް ހަދާލާނީ އެވެ. އެ ހެދޭ ލޯވަޅުން ވަރަށް ރީތިކޮށް، ވަރަށް ފަސޭހަކޮށް ހުތް ފެލައިލެވޭނެ އެވެ. ލުނބޯ ފަޅާލާނެކަމެއް ނެތެވެ.

މިގޮތަށް ހެނދުމުން އޮށް ސާފުކުރަން ނުޖެހުމާއި ލުނބޯގެ ތާޒާކަން ވެސް ގިނައިރަށް ހިފެހެއްޓޭނެ އެވެ.

ހަރުވެފައި އޮންނަ ޕާން/ބަނަސް މަޑުކޮށްލަން ބޭނުން ނަމަ އަވަން ނުވަތަ މައިކްރޮވޭވް 180 ޑިގްރީގައި ހޫނުކޮށްލާށެވެ. ދެން ޕާން/ބަނަސް ފެނުން ތެންމައިލާށެވެ. އެއަށް ފަހު އަވަންގެ ތެރެއަށް ލާފައި ކޮންމެ ފުށެއް ތިން މިނިޓަށް ހޫނުކޮށްލާނީ އެވެ.

އޭރުން އޮންނާނީ ބޭރާއި އެތެރެ ވެސް ވަރަށް މަޑުކޮށް އެތެރެ ކަފަ ހެދިފައި ކަހަލަ ގޮތަކަށެވެ.

ފެނު ކެއްކި ބިސް ވެސް ތަފާތު އަދި ފަސޭހަ ގޮތަކަށް ތޮށިގަނޑު ނޮޅައިލެވިދާނެ އެވެ. އެއްގޮތަކީ ބިސް ރަނގަޅަށް ކެއްކުމަށް ފަހު، ހިހޫވެލީމައި ކުޑަކޮށް ތަޅާލުމަށް ފަހު ތަނެއްގެ މަތީގައި ބާއްވާފައި ކުރިން ލުނބޯ/އޮރެންޖް ރޯލްކޮށްލި ގޮތަށް ހެދުމެވެ. އޭރުން ތޮށިގަނޑު ނައްޓަން ފަސޭހަ ވާނެ އެވެ. އަނެއް ގޮތަކީ ތޮއްޓާ އެކު ވަޅިއަކުން ބިސް ފަޅިކޮށްލާފައި ސަމުސަލަކުން ނެގުމެވެ.

މި ކަހަލަ ކުދިކުދި ބައެއް އުކުޅުތަކުން އެތައް ވަގުތެއް ސަލާމަތްކުރެވިދާނެ އެވެ.