Roadha Mihaaru
ކަޓިން ބޯޑު ސާފުކުރަން ލޮނާއި ލުނބޯ

ކަޓިން ބޯޑު ސާފުކުރަން ލޮނާއި ލުނބޯ

04 ޖުލައި 2021

ބަދިގޭގައި ގެންގުޅޭ އެއްޗެހީގެ ތެރެއިން އެންމެ ގިނައިން ބޭނުންކުރާ އެކައްޗަކަށް ކަޓިން ބޯޑު ވާނެ އެވެ. އޭގެ މަތީގައި އަބަދު އެއްޗެހި ކޮށާތީ ކުލަ ބަދަލުވެ، ވަރަށް ބޮޑަށް ހަޑިވެފައި ހުންނަ ތަން ފެނެ އެވެ. ހަމައެކަނި ފެނުން ދޮވެލުމަކުން އެއަކަށް ސާފުކަމެއް ނާންނާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަދިގޭގައި ގެންގުޅޭ އެއްޗެހީގެ ތެރެއިން އެންމެ ގިނައިން ބޭނުންކުރާ އެކައްޗަކަށް ކަޓިން ބޯޑު ވާނެ އެވެ. އޭގެ މަތީގައި އަބަދު އެއްޗެހި ކޮށާތީ ކުލަ ބަދަލުވެ، ވަރަށް ބޮޑަށް ހަޑިވެފައި ހުންނަ ތަން ފެނެ އެވެ. ހަމައެކަނި ފެނުން ދޮވެލުމަކުން އެއަކަށް ސާފުކަމެއް ނާންނާނެ އެވެ.

ރީތިކޮށް ސާފުކޮށް ކަޓިން ބޭއްވުމަކީ ވަރަށް ބޮޑަށް ސަމާލުކަން ވެސް ދޭން ޖެހޭ ކަމެކެވެ. ސަބަބަކީ އޭގެ މަތިގައި ކޮށަނީ ކާ އެއްޗެއްހި ކަމަށްވާތީ އެވެ. އެހެންވެ މާ ބޮޑަށް ހަޑިވެ ކުލަ ބަދަލުވެފައި އޮންނަ ކަޓިން ބޯޑެއްގެ މަތީގައި އެއްޗެހި ކޮށުމަކީ ފަކުރު ގަންނަ ކަމަކަށް ވެސްް ވާނެ އެވެ.

މިކަމަށް ވަރަށް ފަސޭހަ، ލުއި ހައްލެއް އެބަ އޮތެވެ.

ލުނބޯ ފަޅިއަކާއި ލޮނު.

ލުނބޯ ފަޅިއަކާއި ލޮނު.

ބޭނުން ވަނީ ލުނބޯ ފަޅިއަކާއި ލޮނެވެ. ކަޓިން ބޯޑުގެ މައްޗަށް ލޮނު ބުރުއްސާފައި ނުވަތަ ލުނބޯ ފަޅީގައި ލޮނު ހާކާފައި ބޯޑުމަތީގައި ލުނބޯފަޅި ކާއްތާށެވެ. އޭރުން ވަރަށް އަވަހަށް ސާފުވެ، ކުރީގެ އަސްލު ކުލަ އެއަށް އަންނާނެ އެވެ. ރަނގަޅަށް ސާފުވެލީމާ ފެނުން ދޮވެލާނީ އެވެ. އޭރުން ހީވާނީ ހަމަ އާ އެއްޗެއްހެންނެވެ.

ޕްލާސްޓިކް ނުވަތަ ލަކުޑި ކަޓިން ބޯޑެއް ވިޔަސް މިގޮތަށް ނަތީޖާ ނެރެދޭނެ އެވެ.