Roadha Mihaaru
ރެޑް ވޭވްގެ 9 ވަނަ ފިހާރަ ހުޅުވައިފި

ރެޑް ވޭވްގެ 9 ވަނަ ފިހާރަ ހުޅުވައިފި

10 ޖެނުއަރީ 2018

ބަދިގެ އާއި ގެއަށް ބޭނުންވާ ސާމާނަށް ހާއްސަކޮށްގެން ރެޑް ވޭވްގެ ނުވަ ވަނަ ފިހާރަ މާލޭގައި މިއަދު ހުޅުވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބަދިގެ އާއި ގެއަށް ބޭނުންވާ ސާމާނަށް ހާއްސަކޮށްގެން ރެޑް ވޭވްގެ ނުވަ ވަނަ ފިހާރަ މާލޭގައި މިއަދު ހުޅުވައިފި އެވެ.

ސީޒާރީ ގޯޅީގައި ހުންނަ އެ ފިހާރައިގައި ބޭއްވި ކުޑަ ހަފުލާއެއްގައި އެތަން ރަސްމީކޮށް ހުޅުވައިދެއްވީ ރެޑް ވޭވްގެ ޖެނެރަލް މެނޭޖަރު އަލީ ޝަހީމެވެ.

ސީޒާރީ ގޯޅީގައި މިއަދު ހުޅުވި ރެޑް ވޭވްގެ ނުވަ ވަނަ ފިހާރައިން ލިބެން ހުރި ބައެއް ތަކެތި.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ސީޒާރީ ގޯޅީގައި މިއަދު ހުޅުވި ރެޑް ވޭވްގެ ނުވަ ވަނަ ފިހާރައިން ލިބެން ހުރި ބައެއް ތަކެތި.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭނާ ވިދާޅުވީ އެ ތަނުން ވެސް ރެޑް ވޭވްގެ އެހެން ފިހާރަތަކުން ލިބެން ހުރި ހުރިހާ މުދަލެއް އެއް އަގެއްގައި ލިބެން ހުންނާނެ ކަމަށެވެ. އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ، ވީހާ ވެސް ފަސޭހަކަމާ އެކު ކަސްޓަމަރުންނަށް އެއްޗެހި ގަނެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ކަމަށް ވިދާޅުވި އެވެ.

"ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމަށް މާލޭގެ ހުރިހާ ސަަރަހައްދެއްގައި ވެސް އަޅުގަނޑުމެންގެ ފިހާރަތައް ހުޅުވަން ވަނީ ނިންމައިފައި،" ޝަހީމް ވިދާޅުވި އެވެ.

ސީޒާރީ ގޯޅީގައި މިއަދު ހުޅުވި ރެޑް ވޭވްގެ ނުވަ ވަނަ ފިހާރައިން ލިބެން ހުރި ބައެއް ތަކެތި: ފަރުނީޗަރަށް ހާއްސަކޮށްގެން އަންނަ މަހުގެ ފުރަތަމަ ދުވަހު ފިހާރައެއް ހުޅުވަން ދަނީ ތައްޔާރުވަމުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މިއަދު ހުޅުވި ފިހާރައިން ވެސް އަގު ހެޔޮކޮށް ގިނަ ސާމާނުތަކެއް ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރެޑް ވޭވުން ވަނީ ހުޅުމާލޭގެ ނެއިބާ ހުޑް އެކެއްގައި ބޮޑު ސުޕަ މާކެޓެއް ހެދުމުގެ މަސައްކަތް ވެސް މިހާރު ފަށައިފަ އެވެ. ހުޅުމާލޭގައި ހަދާ ރެޑް ވޭވްގެ މެގަ މޯލް އަންނަ އަހަރުގެ ރޯދަ މަހަށް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިދިޔަ މަހާއި މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް ރެޑް ވޭވުން ވަނީ އާ ފިހާރައެއް ހުޅުވައިފަ އެވެ. ފަރުނީޗަރަށް ހާއްސަކޮށްގެން މާލޭގައި އަންނަ މަހު ފިހާރައެއް ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް ޝަހީީމް ވިދާޅުވި އެވެ.

ސީޒާރީ ގޯޅީގައި މިއަދު ހުޅުވި ރެޑް ވޭވްގެ ނުވަ ވަނަ ފިހާރައިން ލިބެން ހުރި ދުވާ މެޝިންތަކެއް.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ސީޒާރީ ގޯޅީގައި މިއަދު ހުޅުވި ރެޑް ވޭވްގެ ނުވަ ވަނަ ފިހާރައިން ލިބެން ހުރި ދުވާ މެޝިންތަކެއް.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު