Roadha Mihaaru
މައިކްރޮވޭވް ސާފުކުރަން ފަސޭހަ ގޮތެއް

މައިކްރޮވޭވް ސާފުކުރަން ފަސޭހަ ގޮތެއް

05 ޖުލައި 2021

އާންމުކޮށް ބޭނުންކުރާ މައިކްރޮވޭވް އަވަނެއް ނަމަ އަބަދުވެސް އެ ސާފުކޮށް ބަހައްޓަންޖެހޭނެ އެވެ. އެހެން ނޫނީ އެއަށް ލާ ކާއެއްޗެހީގެ ސާފުތާހިރުކަމެއް ވެސް ނުހުންނާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާންމުކޮށް ބޭނުންކުރާ މައިކްރޮވޭވް އަވަނެއް ނަމަ އަބަދުވެސް އެ ސާފުކޮށް ބަހައްޓަންޖެހޭނެ އެވެ. އެހެން ނޫނީ އެއަށް ލާ ކާއެއްޗެހީގެ ސާފުތާހިރުކަމެއް ވެސް ނުހުންނާނެ އެވެ.

ވިނިގާ އާއި ފެނުން މައިކްރޮވޭވް އަވަން ސާފުކޮށްލެވޭނެ އެވެ. ބިއްލޫރި ބޯތައްޓަކަށް ފެނާއި ވިނިގާ އެއްވަރަކަށް އަޅާފައި މައިކްރޮވްވަށް ލައި ޖައްސާފައި 10-15 މިނިޓް ވަންދެން ބަހައްޓާށެވެ.

އެއަށް ފަހު ހޫނުކަން ކެނޑުނީމާ ސާފު ސްޕޮންޖަކުން ނުވަތަ ފޮތިކޮޅަކުން އެތެރެ ފޮހެލޭނީ އެވެ. އޭރުން މައިކްރޮވްވޭގް އެތެރެ ފެންނާނީ ވަރަށް ސާފުކޮށް ރީތިކޮށެވެ. މައިކްރޮވޭވްގެ އެތެރޭގެ ނުބައި ވަސް ކަނޑުވާލަން ވިނިގާ ފެނުގެ ތެރެއަށް ލުނބޯ ހުތް ނުވަތަ ލެމަން އެސެންޝަލް އޮއިލް ފޮދެއް ވެސް އަޅާލެވިދާނެ އެވެ.

މައިކްރޮވޭވްގެ އެތެރެ ސާފުކޮށް ރީތިކޮށްލަން ވިނިގާގެ ބަދަލުގައި ފެން ބޯތައްޓެއްގެ ތެރެއަށް 15 ވަރަކަށް ތިކި ލެމަން އެސެންޝަލް އޮއިލް އަޅާފައި އޭގެ ތެރޭގައި 10-15 މިނިޓަށް ހޫނުކޮށްލީމާ ވެސް އޭގެ އާވި މައިކްރޮވޭވްގެ ތެރޭގައި ފެތުރި ސާފުވެ، ވެސް ރަނގަޅުކޮށްދޭނެ އެވެ.

ލެމަން އެސެންޝަލް އޮއިލް އަކީ އާންމުކޮށް ބާޒާރުން ގަންނަން ލިބޭނެ އެއްޗެކެވެ. ނޫން ނަމަ ބަދަލުގައި ލުނބޯ ހުތް ވެސް ރަނގަޅުވާނެ އެވެ.

މީގެ އިތުރަށް ސާފު ތެތް ސްޕޮންޖެއް ނުވަތަ ފޮތިގަނޑެއްގެ މައިކްރޮވޭވްގެ ތެރެއަށް ލާފައި ދެ މިނިޓެއްހާ އިރު ހޫނުކޮށްލުމަކީ ވެސް އެ ސާފުކޮށްލެވިދާނެ ގޮތެކެވެ. މީގެ ސަބަބުން އެތެރޭގައި ހަރުލާފައި ހުންނަ ޖަރާސީމުތައް ނައްތައިދޭނެ އެވެ.