Roadha Mihaaru
މިކްސަރު ސާފުކޮށްލަން ފަސޭހަ ގޮތެއް

މިކްސަރު ސާފުކޮށްލަން ފަސޭހަ ގޮތެއް

09 އޯގަސްޓް 2021

ބަދިގޭގައި ގެންގުޅޭ އެއްޗެހީގެ ތެރެއިން މިކްސަރަކީ އެންމެ ގިނައިން ބޭނުންކުރެވޭނެ އެކައްޗެވެ. އެހެންވެ މީގެ މިކްސަރު ޖަގުގެ ސާފުތާހިރުކަމަށް އިސްކަން ދިނުން ވަރަށް މުހިއްމެވެ. އެއްޗެއް ގިރާފައި ނުވަތަ މުގުރައިލުމަށް ފަހު، ފެންފޮދެއް އަޅާފައި ތަޅުވައިލިޔަސް އެ ސާފެއް ނުވާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަދިގޭގައި ގެންގުޅޭ އެއްޗެހީގެ ތެރެއިން މިކްސަރަކީ އެންމެ ގިނައިން ބޭނުންކުރެވޭނެ އެކައްޗެވެ. އެހެންވެ މީގެ މިކްސަރު ޖަގުގެ ސާފުތާހިރުކަމަށް އިސްކަން ދިނުން ވަރަށް މުހިއްމެވެ. އެއްޗެއް ގިރާފައި ނުވަތަ މުގުރައިލުމަށް ފަހު، ފެންފޮދެއް އަޅާފައި ތަޅުވައިލިޔަސް އެ ސާފެއް ނުވާނެ އެވެ.

ސައިބޯނި ސްޕޮންޖެއް ނުވަތަ ފޮތިކޮޅެއް ކަހަލަ އެއްޗަކުން މިކްސަރު ޖަގު ސާފުކުރަން އުޅުމަކީ ވެސް މާ ރައްކާތެރި ކަމަކަށް ވެސް ނުވާނެ އެވެ. އޭގެ ތިލައިން އަތް ޒަހަމް ވެސް ވެދާނެ އެވެ.

މިކަން ކޮށްލެވިދާނެ އެންމެ ފަސޭހަ ގޮތަކީ މިއެވެ؛ މިކްސަރު ބޭންކުރުމަށް ފަހު، ތަށި ދޮންނަ ސައިބޯނި އަޅާފައި އޭގެ ތެރެއަށް ތާފަނާ ފެން އަޅާފައި، ތިރީހަކަށް ސިކުންތަށް ބްލެންޑްކޮށްލާނީ އެވެ. ދެން ސާފު ފެނުން އެތެރެ ދޮވެލުމަށް ފަހު، ހިކެންދެން ބަހައްޓާނީ އެވެ. އޭރުން ޖަގު ހުންނާނީ ވަރަށް ރީތިކޮށް ސާފުވެ އެވެ.