ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރް ހޯސްޓްކުރާ ސެލެބްރިޓީ ޓޯކް ޝޯ "ކޮފީ ވިތު ކަރަން" ގެ ހަތް ވަނަ ސީޒަނަށް ތައްޔާރުވާން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
18 ޖޫން 2021
ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރް ހޯސްޓްކުރާ ސެލެބްރިޓީ ޓޯކް ޝޯ "ކޮފީ ވިތު ކަރަން" ގެ ހަތް ވަނަ ސީޒަނަށް ތައްޔާރުވާން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ވާހަކަ މީޑިއާތަކުގައި ދެކެވެން ފެށީ ކޮފީ ވިތު ކަރަން އިންސްޓަގްރާމް ސްޓޯރީގެ ދެ ޕޯސްޓަކާ ގުޅިގެންނެވެ. އޭގެ ތެރެއިން އެއް ޕޯސްޓްގައި އިނީ "ކޮފީ" ލިޔެފައިވާ ކަރުދާސް ތައްޓަކާ އެކު ކެޕްޝަނަކަށް ކޮފީ އަށް އިޝާރާތްކޮށް "ވިތު..." އެވެ. އަނެއް ޕޯސްޓްގައި ކޮފީ ތައްޓެއް އިން ތަބަކެވެ. އޭގައި ލިޔެފައި އިނީ "ކަރަން އޮން ކޮފީ ސީޒަން...؟" އެވެ.
"ކޮވީ ވިތު ކަރަން" ގެ އާ ސީޒަނެއްގެ ވާހަކަ ތިލަވެފައި މި ވަނީ މިދިޔަ އަހަރު އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު މަރުވުމާ ގުޅިގެން، އެކަމުގެ އިނގިލި ވަރަށް ބޮޑަށް ކަރަން އަށް އަމާޒުކޮށް، އޭނާ އަކީ ބޮލީވުޑްގެ "ނެޕޮޓޮޒަމް ގެ ރަސްގެފާނު" ކަމަށް ތުހުމަތުކޮށް ކިޔާފައިވާ ބޮޑެތި ފާޑުކިޔުންތަކާ އެކު އެ ޝޯ ދެން ނުގެނެސްދޭން ނިންމާފައިވާ ކަމަށް މީޑިއާތަކުން ބުނެފައި ވަނިކޮށެވެ.
އޭރު ބައެއް މީޑިއާތަކުން ބުނެފައި ވަނީ "ކޮފީ ވިތު ކަރަން" އަކީ ވަކި ބަޔަކަށް ފުރުސަތު ދީގެން، ކަރަން ވަކި ބަޔަކު ކުރިއަރުވަން ކުރާ މަސައްކަތެއް ކަމަށާއި އޭގެ ސަބަބުން ފިލްމީ ފަންނާނުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅޭ ކަމަށެވެ. "ކޮފީ ވިތު ކަރަން" އަކީ އަބަދު ވެސް ކަރަންއާ ގާތް ގުޅުން އޮންނަ އެންމެ މަޝްހޫރު މިސްމީހުން ބައިވެރިކޮށްގެން ގެނެސްދޭ ޝޯއެކެވެ.
އެކަމަކު އެންމެ ފަހުން 2019 ގައި ގެނެސްދިން ސީޒަނާ އެކު އެ ކުލަވަރު ކޮންމެވެސް ވަރަކަށް ބަދަލުކޮށްފައިވެ އެވެ.
ދެހާސް ހަތަރެއްގައި ގެނެސްދޭން ފެށި "ކޮފީ ވިތު ކަރަން" އަކީ ސްޓާ ވޯލްޑާ ގުޅިގެން ގެނެސްދެމުން އައި ޝޯއެކެވެ.
މި ޝޯގެ ހަތް ވަނަ ސީޒަނުގެ ވާހަކަ މީޑިއާތަކުގައި ދެކެވެން ފެށި ނަމަވެސް އެކަމާ ބެހޭ ގޮތުން ކަރަން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާ މިހާރު އަންނަނީ އާލިއާ ބަޓާއި ރަންވީރު ސިންގްއާ އެކު "ޕްރޭމް ކަހާނީ" ކިޔާ ފިލްމެއް ހަދަން ވެސް ތައްޔާރުވަމުންނެވެ.
"ކޮފީ ވިތު ކަރަން" އަށް ކާޖޮލް އާއި ރާނީ
"ކޮފީ ވިތު ކަރަން" ހުއްޓާލަނީ؟
ކަރަން ނެޓްފްލިކްސްއަށް ބޮޑު ބަޖެޓުގެ ސީރީޒެއް ހަދަނީ
ކަރަން ގެނެސްދެނީ އަނަންޔާގެ "ކޯލް މީ ބޭ"
ރަންވީރާއި ދީޕިކާ ކައިވެނީގެ ވީޑިއޯ ދައްކާލައިފި
"ކޮފީ ވިތު ކަރަން" އަށް ފުރަތަމަ ރަންވީރާއި ދީޕިކާ
"ކޮފީ ވިތު ކަރަން 8" މި މަހު 26 ގައި
ކޮފީ ވިތު ކަރަން އަށް ދާ މެހުމާނުންގެ ލިސްޓު!
ކޮފީ ވިތު ކަރަންއަށް ދާން ތަރިން ގާތުގައި އާދޭސްކޮށްފި
ކޮފީ ވިތު ކަރަންގައި ޕުޝްޕާގެ ޖޯޑު ފެންނާނެ