ކަރަން ޖޯހަރު ހޮސްޓްކުރާ ސެލެބްރިޓީ ޓޯކް ޝޯ "ކޮފީ ވިތު ކަރަން"ގެ ހަތް ވަނަ ސީޒަންގައި މެހެމާނުންގެ ގޮތުގައި ފެންނާނެ ތަރިން، އޭގެ ޓްރެއިލާއާ އެކު އިއްޔެ ދައްކާލައިފި އެވެ.
ކަރަން ޖޯހަރު ހޮސްޓްކުރާ ސެލެބްރިޓީ ޓޯކް ޝޯ "ކޮފީ ވިތު ކަރަން"ގެ ހަތް ވަނަ ސީޒަންގައި މެހެމާނުންގެ ގޮތުގައި ފެންނާނެ ތަރިން، އޭގެ ޓްރެއިލާއާ އެކު އިއްޔެ ދައްކާލައިފި އެވެ.
މީގެ 18 އަހަރު ކުރިން، 2004 ގައި ފެށި އެ ޝޯ އަކީ މެހެމާނުން އެ މީހުންގެ ދިރިއުޅުމާއި ގުޅޭ ގޮތުން ވަރަށް ގިނަ ވާހަކަދައްކާއި، "ކެންޑިޑް ކޮންފެޝަންސް"ތަކުގެ ސަބަބުން ބެލުންތެރިންގެ މަގުބޫލުކަން ލިބިފައިވާ ޝޯއެކެވެ.
އިއްޔެ އާންމުކުރި ޓްރެއިލާ އިން ފެންނަ ގޮތުގައި، މިފަހަރު ގެސްޓުންގެ ގޮތުގައި ފެންނާނީ ރަންވީރް ސިންގާއި އާލިއާ ބަޓް އެކުގަ އެވެ. އަދި އަކްޝޭ ކުމާރާއި ތަމަޅަ ފިލްމީ ތަރި ސަމަންތާ ރުތު ޕްރަބޫ އެކުގައި ފެންނާނެއިރު، އަނިލް ކަޕޫރާ އެކު ބައިވެރި ވާނީ ޒުވާން ތަރި ވަރުން ދާވަން އެވެ.
ސާރާ އަލީ ޚާނާއި ޖާންވީ ކަޕޫރް އެކުގައި ޓްރެއިލާ އިން ފެންނައިރު، ކިއާރާ އަދުވާނީ ފެންނަނީ ޝާހިދު ކަޕޫރާ އެކު އެވެ. ޓައިގާ ޝްރޮފާ އެކު ފެންނާނީ ކްރިތީ ސަނޮން އެވެ. އަދި އަނަންޔާ ޕާންޑޭއާ އެކު ފެންނަނީ ތެލޫގޫ ތަރި ވިޖޭ ދެވަރަކޮންޑާ އެވެ.
އެ ޓްރެއިލާގައި ފެންނަނީ އެ ތަރިންގެ ލިސްޓެވެ. އެކަމަކު އިތުރު ބަޔަކު ފެނިދާނެތޯ ސުވާލު އުފެދެ އެވެ.
ގިނަ ބަޔަކު ގަބޫލުކޮށްގެން ތިބީ މިފަހަރު މުޅިން އާ ގިނަ ތަރިންތަކެއް ޝޯއިން ފެންނާ ކަމަށެވެ. ވަކިން ހާއްސަކޮށް، ތަމަޅަ އަދި ތެލޫގޫ ފިލްމުތައް މި ދުވަސްވަރު ވަރަށް ބޮޑަށް ހިންގާތީ އެ ޝޯގައި ބޮޑަށް ފެންނާނީ އެ ތަރިން ކަމަށް ހީކުރެވުނަސް، މިފަހަރުގެ މެހެމާނުންގެ ތެރޭގައި ވެސް ގިނައީ ކުރިން ޝޯގައި ފެނުނު ތަރިންނެވެ.
ޓްރެއިލާއިން އެނގުނު ގޮތުގައި، ސަމަންތާ ވަނީ އޭނާގެ ކުރީގެ ކައިވެންޏާ ގުޅޭ ގޮތުން ވާހަކަދައްކައިފަ އެވެ. އަދި ސާރާ ވަނީ އޭނާގެ ކުރީގެ ލޯބިވެރިއަކާ ގުޅޭ ވާހަކަތައް ދައްކައިފަ އެވެ. ބެލެވޭ ގޮތުގައި އެ ޝޯގައި އޭނާ ދެއްކީ ކާތިކް އާރިޔަންގެ ވާހަކަ އެވެ.
އެ ޝޯ ސްޓްރީމްކުރަން ފަށާނީ މި މަހުގެ ހަތް ވަނަ ދުވަހުން ފަށައިގެން ޑިޒްނީ ޕްލަސް ހޮޓްސްޓާ އިންނެވެ.
ކަރަން ނެޓްފްލިކްސްއަށް ބޮޑު ބަޖެޓުގެ ސީރީޒެއް ހަދަނީ
ކަރަން ގެނެސްދެނީ އަނަންޔާގެ "ކޯލް މީ ބޭ"
"ކޮފީ ވިތު ކަރަން" އަށް ކާޖޮލް އާއި ރާނީ
ރަންވީރާއި ދީޕިކާ ކައިވެނީގެ ވީޑިއޯ ދައްކާލައިފި
"ކޮފީ ވިތު ކަރަން" އަށް ފުރަތަމަ ރަންވީރާއި ދީޕިކާ
"ކޮފީ ވިތު ކަރަން 8" މި މަހު 26 ގައި
ކޮފީ ވިތު ކަރަންއަށް ދާން ތަރިން ގާތުގައި އާދޭސްކޮށްފި
ކޮފީ ވިތު ކަރަންގައި ޕުޝްޕާގެ ޖޯޑު ފެންނާނެ
"ކޮފީ ވިތް ކަރަން" ދެން ޓީވީން ނުދައްކާނެ
ޕަރިނީތީ ޖަޖުކަން ކުރާ "ހުނަރުބާޒް" މި މަހު