އިންޑިއާގެ ސެލެބްރީންގެ އިންޓަވިއުތައް ގެނެސްދޭ އެންމެ މަގުބޫލު ޝޯ ކަމަށްވާ ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރު ހޯސްޓް ކުރާ "ކޮފީ ވިތު ކަރަން"ގެ އަށް ވަނަ ސީޒަން މި މަހު 26 ގައި ގެނެސްދޭން ނިންމައިފި އެވެ.
އިންޑިއާގެ ސެލެބްރީންގެ އިންޓަވިއުތައް ގެނެސްދޭ އެންމެ މަގުބޫލު ޝޯ ކަމަށްވާ ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރު ހޯސްޓް ކުރާ "ކޮފީ ވިތު ކަރަން"ގެ އަށް ވަނަ ސީޒަން މި މަހު 26 ގައި ގެނެސްދޭން ނިންމައިފި އެވެ.
އާ ސީޒަން ގެނެސްދޭ ތާރީހު ކަރަން އިއުލާންކުރީ އިއްޔެ އާންމުކުރި އާ ސީޒަންގެ ފުރަތަމަ ޓީޒާ ޓްރެއިލާގަ އެވެ.
މި ޝޯއަށް މިހާރު ވެސް އެތައް ބަޔަކު އިންތިޒާރު ކުރަމުން އަންނަ އިރު، ރިޕޯޓްތައް ބުނާ ގޮތުގައި ޝޯގެ ފުރަތަމަ އެޕިސޯޑްގެ މެހުމާނެއްގެ ގޮތުގައި ފެންނާނެ އެކަކަކީ ޝާހްރުކް ހާނެވެ. އެހެން އެ އެޕިސޯޑުތަކުގައި ޝާހުގެ ދަރިފުޅު ސުހާނާ ހާން އާއި އޭނާގެ ފުރަތަމަ ފިލްމު "އާޗީސް"ގައި އުޅޭ އެހެން އެކްޓަރުން ވެސް ފެންނާނެ އެވެ.
މިދިޔަ މަހު ކައިވެނިކުރި ޕަރިނީތީ ޗޯޕްރާ އާއި އޭނާގެ ފިރިމީހާ ރާގަވް ޗަންދާ އެއް އެޕިސޯޑެއްގައި މެހުމާނުންގެ ގޮތުގައި އަންނާނެ އިރު، ރަންބީރު ކަޕޫރާއި އާލިއާ ބަޓް ވެސް އެކުގައި އެޕިސޯޑަކަށް އަންނާނެ ކަމަށް ބައެއް ރިޕޯޓްތައް ބުންޏެވެ.
ދެކުނު އިންޑިއާ ސިނަމާގެ އެކްޓަރުން ކަމަށްވާ އައްލޫ އަރުޖުން އާއި ޔަޝް އަދި ރިޝަބް ޝެޓީ ވެސް ފެންނާނެ އެވެ.
ބައެއް ރިޕޯޓްތައް ބުނި ގޮތުގައި، ސަލްމާން ހާން އާއި ކެޓްރީނާ ކައިފް ވެސް އެއް އެޕިސޯޑެއްގައި ފެންނާނެ އެވެ.
މި އާ ސީޒަންއާ ގުޅިގެން ދެކެވޭ އެންމެ ހައިރާންކުރަނިވި ހަބަރަކީ މި ސީޒަންގައި ކަންގަނާ ރަނާވަތު ވެސް ފެނުން އެކަށީގެންވުމެވެ. ކަންގަނާ އާއި ކަރަންގެ މެދުގައި އުފެދުނު ކޯޅުގަނޑު ފެށުނީ ވެސް މި ޝޯގެ ކުރީގެ ސީޒަނެއްގެ އިންޓަވިއުއެއްގައި ދެކެވުނު ވާހަކައެއްގެ ތެރެއިންނެވެ. އެއީ މި ޝޯގެ ފަސްވަނަ ސީޒަންގަ އެވެ.
ކަންގަނާ ތުހުމަތު ކުރި ގޮތުގައި ކަރަންއަކީ "ނެޕޮޓިޒަމް" ޕްރޮމޯޓްކުރާ މީހެކެވެ. އާ ސީޒަންގެ ޓީޒާގައި ކަރަން ވަނީ ނެޕޮޓިޒަމްގެ ވާހަކަ ވެސް ދައްކައިފަ އެވެ. އެހެންވެ، މި ސީޒަންގައި އަނެއްކާ ވެސް ކަންގަނާ ފެނުމުގެ ފުރުސަތުގެ ބޮޑު ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ކަންގަނާ ވަނީ މިފަހުން ކަރަންގެ ބައެއް ފިލްމުތަކަށް ތައުރީފު ވެސް ކޮށްފަ އެވެ.
މިދިޔަ ސީޒަނެކޭ އެއްގޮތަށް އާ ސީޒަން ވެސް ގެނެސްދެނީ ސްޓްރީމިން ޕްލެޓްފޯމް ޑިޒްނީ ޕްލަސް ހޮޓްސްޓާ އިންނެވެ.
ކަރަން ނެޓްފްލިކްސްއަށް ބޮޑު ބަޖެޓުގެ ސީރީޒެއް ހަދަނީ
ކަރަން ގެނެސްދެނީ އަނަންޔާގެ "ކޯލް މީ ބޭ"
"ކޮފީ ވިތު ކަރަން" އަށް ކާޖޮލް އާއި ރާނީ
ރަންވީރާއި ދީޕިކާ ކައިވެނީގެ ވީޑިއޯ ދައްކާލައިފި
"ކޮފީ ވިތު ކަރަން" އަށް ފުރަތަމަ ރަންވީރާއި ދީޕިކާ
ކޮފީ ވިތު ކަރަން އަށް ދާ މެހުމާނުންގެ ލިސްޓު!
ކޮފީ ވިތު ކަރަންއަށް ދާން ތަރިން ގާތުގައި އާދޭސްކޮށްފި
ކޮފީ ވިތު ކަރަންގައި ޕުޝްޕާގެ ޖޯޑު ފެންނާނެ
"ކޮފީ ވިތް ކަރަން" ދެން ޓީވީން ނުދައްކާނެ
ޕަރިނީތީ ޖަޖުކަން ކުރާ "ހުނަރުބާޒް" މި މަހު