ކަރަން ޖޯހަރްގެ ޓޯކް ޝޯ "ކޮފީ ވިތު ކަރަން 8"ގެ މި ހަފުތާގެ އެޕިސޯޑްގައި ކާޖޮލް އާއި ރާނީ މުކަރްޖީ އެކުގައި މެހުމާނުންގެ ގޮތުގައި އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.
ކަރަން ޖޯހަރްގެ ޓޯކް ޝޯ "ކޮފީ ވިތު ކަރަން 8"ގެ މި ހަފުތާގެ އެޕިސޯޑްގައި ކާޖޮލް އާއި ރާނީ މުކަރްޖީ އެކުގައި މެހުމާނުންގެ ގޮތުގައި އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.
ކާޖޮލް އާއި ރާނީ އަންނަކަން ހާމަކޮށް މިހާރު ވަނީ އެ އެޕިސޯޑުގެ ޓީޒާއެއް ވެސް އާންމުކޮށްފަ އެވެ. ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ގެނެސްދޭ މި ޝޯގެ އާ އެޕިސޯޑް ސްޓްރީމް ކުރަން ފަށާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
އެކުގައި ބައެއް ފިލްމުތައް ކުޅެފައިވާ ކާޖޮލް އާއި ރާނީ އަކީ ނުވަދިހައިގެ ފަހުކޮޅާއި 2000 ގެ ކުރީކޮޅުގައި ބޮލީވުޑްގައި އެންމެ މަގުބޫލު މޫނުތަކެވެ. ކެމެރާގެ ފުރަގަހުގައި އެ ދެމީހުންނަކީ ވަރަށް ގާތް އެކުވެރިން ވެސް މެ އެވެ. އަދި މި ދެތަރިން އާއިލީ ގޮތުން ވެސް ގުޅުން އޮވެ އެވެ. ކާޖޮލްގެ ބައްޕަ ޝޯމޫ މުކަރްޖީ އާއި ރާނީގެ ބައްޕަ ރާމް މުކަރްޖީ އަކީ އެއް އާއިލާއެއްގެ މީހުންނެވެ.
ކާޖޮލް އާއި ރާނީ އެކުގައި ކުޅުނު ފުރަތަމަ ފިލްމަކީ ކަރަން ޑައިރެކްޓުކުރި ފުރަތަމަ ފިލްމު "ކުޗް ކުޗް ހޯތާ ހޭ" އެވެ.
އިންޑިއާގެ ސެލެބްރީންގެ އިންޓަވިއުތައް ގެނެސްދޭ އެންމެ މަގުބޫލު ޓޯކް ޝޯ "ކޮފީ ވިތު ކަރަން 8"ގެ ފުރަތަމަ އެޕިސޯޑްގައި މެހުމާނުންގެ ގޮތުގައި އައީ ރަންވީރު ސިންގް އާއި ދީޕިކާ ޕަދުކޯން އެވެ. އޭގެ ފަހުން ސަނީ ޑިއޯލް، ބޮބީ ޑިއޯލް، އަނަންޔާ ޕާޑޭ، ސާރާ އަލީ ހާން، އާލިއާ ބަޓް އަދި ކަރީނާ ކަޕޫރު ހާން ވަނީ މެހުމާނުންގެ ގޮތުގައި އައިސްފަ އެވެ.
"ކުޗު ކުޗު ހޯތާ ހޭ" ލަވައެއްގެ އާ ވާޝަންއެއް ނެރެނީ
"ޑުޕްލިކޭޓް" އަކީ އާލިއާ އަށް ދައްކަން ހެދި ފިލްމެއް
"ކޮފީ ވިތު ކަރަން 7" އަށް ތައްޔާރު ވަނީ؟
ކުޗް ކުޗް ހޯތާ ހޭ ނުކުޅުނީ ފާޑުކިޔާނެތީ: އައިޝްވާރިއާ
"ކޮފީ ވިތު ކަރަން" ހުއްޓާލަނީ؟
ސަލްމާން ކުޅުނު އަމަންގެ ރޯލް ލިބުނު: ޗަންދުރަޗޫރް
މެލްބަން ފެސްޓިވަލްގައި ކަރަން އަށް ޓްރިބިއުޓެއް
"ކުޗް ކުޗް ހޯތާ ހޭ" ގެ ދެވަނަ ބައެއް ހަދައިފާނެ
ކުޗް ކުޗް ހޯތާހޭ އަށް 20 އަހަރު ފުރުން ފާހަގަކުރަނީ
ކަރަން ނެޓްފްލިކްސްއަށް ބޮޑު ބަޖެޓުގެ ސީރީޒެއް ހަދަނީ