Roadha Mihaaru
އަފްޣާނިސްތާނުގައި ދިވެއްސަކަށް އަނިޔާއެއްނުކުރޭ: ޕޮލިސް

އަފްޣާނިސްތާނު ޖަލުގައި ދިވެހި އާއިލާއަށް އަނިޔާކުރި ވާހަކަ އަކީ ދޮގެއް: ޕޮލިސް

17 ޖޫން 2021

ހަނގުރާމާގައި ބައިވެރިވާން ދިޔަ ކަމުގެ ކުށް ސާބިތުވެ އަފްޣާނިސްތާނުގައި 21 އަހަރަށް ޖަލަށް ލާފައިވާ ދިވެއްސެއް ކަމަށްވާ އަލީ ޝާފިއު އާއި އޭނާގެ އާއިލާއަށް ދިވެހި ފުލުހުން އަނިޔާކޮށް ހުތުރުބަހުން މުއާމަލާތްކުރި ކަމަށްބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތައް ދޮގުކޮށް ފުލުހުން މިރޭ އިންޒާރުދީފި އެވެ.

ހަނގުރާމާގައި ބައިވެރިވާން ދިޔަ ކަމުގެ ކުށް ސާބިތުވެ އަފްޣާނިސްތާނުގައި 21 އަހަރަށް ޖަލަށް ލާފައިވާ ދިވެއްސެއް ކަމަށްވާ އަލީ ޝާފިއު އާއި އޭނާގެ އާއިލާއަށް ދިވެހި ފުލުހުން އަނިޔާކޮށް ހުތުރުބަހުން މުއާމަލާތްކުރި ކަމަށްބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތައް ދޮގުކޮށް ފުލުހުން މިރޭ އިންޒާރުދީފި އެވެ.

ފުލުހުން ނެރުނު ބަޔާނުގައި ބުނީ ޝާފިއު އާއި އޭނާގެ އަންހެނުންނާއި ހަތަރު ދަރިންނާ އެކު އަފްޣާނިސްތާނުގެ ނަންގަރްހާރު ޕްރޮވިންސުން ހައްޔަރުކުރިކަމުގެ މައުލޫމާތު އިންޓަޕޯލް މެދުވެރިކޮށް ލިބުނީ ނޮވެމްބަރު 18، 2018 ގައި ކަމަށެވެ. އެ މައުލޫމާތު ލިބުމުން ފުލުހުންގެ ޓީމެއް ފެބްރުއަރީ 2019 ގައި އެ ގައުމަށް ދިޔަ ކަމަށް ވެސް ބުންޏެވެ.

ނަމަވެސް އެ މައްސަލައިގައި ޝާފިއު އާއި އޭނާގެ އާއިލާއަށް ފުލުހުންގެ ބަޔަކު އަނިޔާކޮށް ހުތުރު ބަހުން މުއާމަލާތްކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އެ އިދާރާއިން ބުންޏެވެ. އެކަމުގައި ފުލުހުން ކޮށްފައިވާ އެއްވެސް މަސައްކަތެއްގައި އިންސާނީ ހައްގަށާއި ކަރާމާތަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމުގެ ޔަގީންކަން ވެސް އެ މުއައްސަސާއިން ދީފައި ވެ އެވެ.

"ސޯޝަލް މީޑިއާ މެދުވެރިކޮށް، ސަލާމަތީ ހިދުމަތްތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ ވަކިވަކި މުވައްޒަފުންނާ މެދު، މީހުންގެ މެދުގައި ނަފްރަތު އުފައްދައި އެ މުވައްޒަފުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ދައްކައި ސޯޝަލް މީޑިއާގައި ވަކިވަކި ޕޯސްޓުތައް ކުރަމުންދާ މީހުންގެ މައްސަލަތަކާއި މިފަދަ ހަގީގަތާ ހިލާފު ވާހަކަތަކަށް ހިތްވަރުދޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް އެ މީހުންނާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެކަމުގައި ދަންނަވަމެވެ،" ބަޔާނުގައި ބުންޏެވެ.

ޝާފިއުގެ އާއިލާއިން ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ފުލުހުން މިރޭ ނެރުނު ބަޔާން.

ޑިސެމްބަރު 3، 2019 ގައި ފުލުހުން ނެރުނު ބަޔާނުގައި ބުނީ ސްރީ ލަންކާ މަގުން ޕާކިސްތާނަށް ގޮސް އަދި ޕާކިސްތާނުން ޝާފިއު އަފްޣާނިސްތާނަށް ދަތުރުކުރީ އެ ގައުމުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓްގެ ގޮތްޕެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޚޮރަސާން ޕްރޮޮވިންސާ ގުޅުމަށް ކަމަށާއި އައިއެސްއާ ގުޅުންހުރި ވީޑިއޯއެއް އޭނާގެ އަތުން ފެނުނު ކަމުގެ މައުލޫމާތު ވެސް އިންޓަޕޮލް މެދުވެރިކޮށް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މައުލޫމާތު ލިބުމުން އަފްޣާނިސްތާނުގެ ފުލުހުންނާ ގުޅިގެން ދިވެހި ފުލުހުން ޚާއްސަ ޖޮއިންޓް އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ކަމަށާއި އޭނާ އެ ގައުމަށް ފޮނުވުމުގައި ހަރަކާތްތެރިވި އިސް މީހުންގެ މައުލޫމާތު ވެސް އަފްޣާނިސްތާނުގެ ފުލުހުންނާ ހިއްސާ ކޮށްފައިވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ މައްސަލައިގައި ޝާފިއު އާއި އޭނާގެ އަންހެނުންނާއި ދަރިން ހައްޔަރުކޮށް، އެ ދެމަފިރިންނަށް 21 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވެ އެވެ.