Roadha Mihaaru
ބޮކްސިން މެޗެއް ނަމަ މޮޅުވާނީ އަހަރެމެން: އެންރީކޭ

ބޮކްސިން މެޗެއް ނަމަ މޮޅުވާނީ އަހަރެމެން: އެންރީކޭ

20 ޖޫން 2021

ސެވިއްޔާ (ޖޫން 20) - ޕޮލެންޑާ ދެކޮޅަށް ރޭ ކުޅުނު މެޗަކީ، ބޮކްސިން މެޗެއް ނަމަ ރޭ މޮޅު ވާނީ ސްޕެއިން ކަމަށް އެ ޓީމުގެ ކޯޗް ލުއިސް އެންރީކޭ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސެވިއްޔާ (ޖޫން 20) - ޕޮލެންޑާ ދެކޮޅަށް ރޭ ކުޅުނު މެޗަކީ، ބޮކްސިން މެޗެއް ނަމަ ރޭ މޮޅު ވާނީ ސްޕެއިން ކަމަށް އެ ޓީމުގެ ކޯޗް ލުއިސް އެންރީކޭ ބުނެފި އެވެ.

އެންރީކޭ އިޝާރާތް ކުރީ ރޭގެ މެޗުގައި ސްޕެއިނުން އުފެއްދި ގިނަ ހަމަލާތަކަށެވެ. ރޭ ގެމެޗުގެ ފަހު ކޮޅުގައި ސްޕެއިން ވަނީ ގިނަ ހަމަލާތަކެއް އުފައްދައިފަ އެވެ.

"އެއީ ބޮކްސިން މެޗެއް ނަމަ ޕޮއިންޓް ހޯދައިގެން އަހަރެމެންނަށް މޮޅު ވެވޭނެ. އެކަމަކު ޕޮލެންޑަށް މޮޅު ވެވުނީސް. އެ ޓީމުން ވެސް ފުރުސަތުތައް އުފެއްދި އަހަރެމެން ޓީމަށް އުނދަގޫ ކުރި."

އެންރީކޭ ބުނީ ސްޕެއިންގެ ހާލަތަށް ވުރެ އޭނާއަށް ޓީމާ މެދު މާ ބޮޑަށް އުންމީދު ކުރެވުނު ކަމަށެވެ. ޖެރާޑް މޮރޭނޯއަށް ޕެނަލްޓީ ނާކާމިޔާބުވެ ސްޕެއިނަށް ޕޮލެންޑް އަތުން ހޯދުނީ އެންމެ ޕޮއިންޓެކެވެ. ދެ މެޗު ކުޅެ ސްޕެއިން އޮތީ ގުރޫޕްގެ ތިން ވަނައިގަ އެވެ. ސްވިޑެން އާއި ސްލޮވޭކިއާ އޮތީ ގުރޫޕްގެ އެންމެ ކުރީގަ އެވެ.

"ޓީމުގެ ފަރާތުން އަހަރެންނަށް އުންމީދު ކުރެވުނީ މާ ބޮޑަށް،" އެންރީކޭ ބުންޏެވެ. "އަހަރެން އުންމީދުކުރީ ބައިކޮޅަށް ލަނޑެއް ނުވަދެ ހަ ޕޮއިންޓް ހޯދަން ނަމަވެސް މިއޮތީ އަހަރެމެންގެ ހާލަތު."

ދެ ވަނަ ބުރަށް ދިއުމަށް، ސްޕެއިން ކުރަން ޖެހޭ މަސައްކަތް މިހާރު ބުރަ އެވެ. އަންނަ ބުދަ ދުވަހު ސްލޮވޭކިއާ އާ ދެކޮޅަށް ކުޅޭ މެޗުން އެ ޓީމަށް މޮޅުވުން މަޖުބޫރެވެ.