Roadha Mihaaru
ރައީސް ތީމުގެ އަށް ބަދަލުވާން އަސްލަމް ހުށަހަޅުއްވައިފި

ރައީސް ތީމުގެ އަށް ބަދަލުވެވެވަޑައިގަތުމަށް އަސްލަމް ހުށަހަޅުއްވައިފި

21 ޖޫން 2021

ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅުގެ ގޮތުގައި ކުރިން ބޭނުންކުރި ތީމުގެ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަދަލުވެވަޑައިގަތުމަށް ރައްޔިތުންގެ މަޖީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ހުށަހަޅުއްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅުގެ ގޮތުގައި ކުރިން ބޭނުންކުރި ތީމުގެ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަދަލުވެވަޑައިގަތުމަށް ރައްޔިތުންގެ މަޖީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ހުށަހަޅުއްވައިފި އެވެ.

އުއްތަމަ ފަނޑިޔާރާއި އާއިލާ ދިރިއުޅުއްވާނެ ތަނެއް ކަނޑައެޅުމަށްޓަކައި ފަނޑިޔާރުންގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލު، ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241) ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ދެންމެ ހުށަހެޅުއްވުމަށް ފަހު، އަސްލަމް ވިދާޅުވީ ތީީމުގެ އަކީ ރައީސަކު ދިރިއުޅުއްވަން، ރައްްކާތެރިކަމުގެ ގޮތުން އެންމެ އެކަށީގެންވާ ތަން ކަަމަށެވެ.

"ތީމުގެއަކީ އަޅުގަނޑުގެ މައުލޫމާތުގައި ރައީސުލް ޖުމްހޫރިއްޔާއަކު ދިރިއުޅުއްވުމަށްޓަކައި ސަލާމަތީ ގޮތުން ވެސް އެތައް ހަރުދަނާ ފިޔަވަޅުތަކެއް އެޅިގެން ބިނާކުރެވިފައިވާ ތަނެއް. ދައުލަތުގެ ހަރަދުގައި ބިނާކުރެވިފައިވާ ތަނެއް،" އުއްތަމަ ފަނޑިޔާރާއި އެ މަނިކުފާނުގެ އާއިލާ ދިރިއުޅުއްވާނެ ތަނެއް ކަނޑައެޅުމުގެ ބަހުސް މަރުހަލާގައި އަސްލަމް ވިދާޅުވި އެވެ.

އޭނާގެ އެ ހުށަހެޅުއްވުމަށް އެހެން ބައެއް މެމްބަރުން ވެސް ވަނީ ތާއީދު ކުރައްވައިފަ އެވެ.

މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން، ރިޕޯޓް ހުށަހެޅުއްވުމަށް ފަހު، ބަހުސްގެ ފުރަތަމަ ފުރުސަތުގައި އަަސްލަމް ވިދާޅުވީ ތީމުގެ ބިނާކުރި ދުވަސްވަރު އެކަމަށް ވަރަށް ގިނަ ފާޑުކިޔަމުން ދިޔަ ނަމަވެސް މިއަދު ރަނގަޅަށް ވިސްްނައިލާއިރު، އޭރުގެ ޭރައީސް މައުމޫން އަބްދުލްގައްޔޫމުގެ ނިންމެވުން ރަނގަޅުކަން އެނގޭ ކަަމަށެވެ. "އެހެންކަމުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ތީމުގެއަށް ބަދަލުވުމަށް ކަމާ ބެހޭ ފަރާތްތަކުން ކުރަން ޖެހޭ ކަންތައްތައް ކުރުމަކީ އެއީ މުހިއްމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން،" އޭނާ ވިދާޅުވި އެވެ.

އަސްލަމްގެ އެ ހުށަހެޅުއްވުމަށް މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ ޝަރީފު) އަދި އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް ވެސް ތާއީދު ކުރެއްވި އެވެ.

241 ކޮމިޓީގެ މުގައްރިރު އަސްލަމް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.--ފޮޓޯ: މަޖިލީހުގެ އިދާރާ

241 ކޮމިޓީގެ މުގައްރިރު އަސްލަމް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.--ފޮޓޯ: މަޖިލީހުގެ އިދާރާ

ޝަރީފު ވިދާޅުވީ ދައުލަތުގެ ތިން ބާރުގެ ވެރިންގެ ތެރެއިން، ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ނުރައްކާ އެންމެ ބޮޑުވާނީ ރައީސަށް ކަމަށާއި އެހެންވެ މުލިއާގެއަކީ އެކަމަށް އެންމެ އެކަށޭނެ ތަން ނޫން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އުޅުއްވާ ގަނޑުވަރަކަށް ތީމުގެ ބަދަލުކުރީ، ވަރަށް ބޮޑަށް ސެކިއުރިޓީ އެސެސްްމެންޓް ހެދުމަށް ފަހު ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.

މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން، ރިޕޯޓް ހުށަހެޅުއްވުމަށް ފަހު، ބަހުސްގެ ފުރަތަމަ ފުރުސަތުގައި ވާހަކަ ދައްކަވަމުން އަަސްލަމް ވިދާޅުވީ ތީމުގެ ބިނާކުރި ދުވަސްވަރު އެކަމަށް ވަރަށް ގިނަ ފާޑުކިއުންތައް ހުރިކަމަށް ވިޔަސް މިއަދު ރަނގަޅަށް ވިސްްނައިލާއިރު، އޭރުގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ނިންމެވުން ރަނގަޅުކަން އެނގޭ ކަަމަށެވެ.

"އެހެންވީމާ ދައުލަތުގެ ފަރާތުން، ކަމެއް ދިމާ ނުވަނީސް، ސުޕްރީމް ކޯޓު އެހެން އިމާރާތަކަށް އެކަށީގެންވާ ތަނަަކަށް ބަދަލުކުރުމަށް ފަހު އެއީ ރައީސުލްޖުމްހޫރިއްޔާގެ ގަނޑުވަރުކަމަށް ހެދުމަކީ އަޅުގަނޑު ވެސް ގަބޫލުކުރާ ކަމަކަށް ވާތީ އެވާހަކަ ދަންނަވައިލަން،" ޝަރީފް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތީމުގެ އަށް ބަދަލުވެވަޑައިގުމަށް އެމްޑީޕީގެ އިސް މެމްބަރު އަސްލަމް ހުށަހެޅުއްވިއިރު، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލަ އަށް ފަހު، ދައުލަތުގެ ތިން ބާރުގެ އެންމެ އިސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ވަނީ ސުވާލުތައް އުފެދިފަ އެވެ. މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ނަޝީދަށް ދިން ޓެރަރިސްޓް ހަމަލަ އަށް ފަހު، ދައުލަތުގެ އެންމެ އިސް ތިން ވެރިންގެ ސަލާމަތީކަންކަން ވެސް ވަނީ ވަރުގަދަ ކޮށްފަ އެވެ. ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު، ހަތިޔާރު އެޅި ސިފައިންގެ އިތުރު ފައުޖެއް ވެސް މިހާރު ދަތުރުކުރެ އެވެ.

ތީމުގެއަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި، ދައުލަތުގެ އެންމެ އިސްވެރިޔާ ހުންނެވުމަށް އިމާރާތްކުރި ތަނެކެވެ. ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑަށް އިސްކަންދީގެ އިމާރާތްކުރި އެ ތަން، މައުމޫންގެ ވެރިކަން ނޮވެމްބަރު 11، 2008 ގައި ބަދަލުވުމަށް ފަހު ބޭނުންކުރަނީ ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ބޭނުންތަަކަށެވެ.

ނަޝީދުގެ ވެރިކަމުގެ ކުރީކޮޅު ވަނީ ތީމުގެ އާންމުންނަށާއި ނޫސްވެރިންނަށް ވެސް ވަރަށް ބޮޑަށް ހުޅުވާލައި، ސަލާމަތީ ގޮތުން ހަދާފައިވާ ބައެއް ތަންތަން ވެސް ދައްކާލައިފަ އެވެ.