އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
23 ޖޫން 2021
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
އީސީގެ މެމްބަރު ކަމަށް ފުރުސަތު ހުޅުވައިލީ ކުރިން އެ ކޮމިޝަނުގެ ރައީސަކަށް ހުންނެވި އަހުމަދު ޝަރީފް މި މަހުގެ 15 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.
އެ ކޮމިޝަނުގެ މެމްބަރުކަމަށް އެދި ހުށަހަޅާ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.
އިލެކްޝަންސްގެ މެމްބަރަކަށް އެދި ހުށަހަޅަން ބޭނުންވާ މީހުން، މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އިގުރާރުގެ އިތުރުން ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި އެއްވެސް ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް ސާފުކުރަން ޖެހޭ ފޯމު އަންނަ މަހުގެ 6-7 ގައި ބަލައިގަންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. ފޯމު ބަލައިގަންނާނީ އެ ދެ ދުވަހުގެ ހެނދުނު 10:30 އިން މެންދުރު 12:30 އަށެވެ.
ޝަރީފް އިސްތިއުފާ ދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގައި، ކޮމިޝަނުގެ ރައީސްކަމާއި މެންބަރުކަމުން އިސްތިއުފާ ދެއްވަނީ އެ މަގާމުގައި އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދެވިފައިވާ ކަމަށް ގަބޫލު ކުރެއްވެތީ އާއި އެހެން ބޭފުޅަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވިދާޅުވެފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް ޝަރީފް އައްޔަނު ކުރައްވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާޗު 6، 2018 ގައި އޭރު ރައީސްކަން ކުރެއްވި އަހުމަދު ސުލައިމާނު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އީސީއަށް ޒާހިދާއި ސޮލާހު އައްޔަން ކުރައްވައިފި
ފުއާދުގެ ދައުރު ހަމަވާތީ ކުރިމަތިލާން ހުޅުވާލައިފި
އަންނަ މަހުގެ 21 އާއި 22 ސަރުކާރު ބަންދު
އިތުރު ދައުރަކަށް ނަޝާތު އީސީ އަށް އައްޔަންކުރައްވައިފި
އަންނަ އާދިއްތަ ދުވަސް ސަރުކާރު ބަންދު
އީސީގެ މެމްބަރުކަމަށް އާސިފް އައްޔަންކުރައްވައިފި
އީސީގެ ރައީސް ޝަރީފް އިސްތިއުފާ ދެއްވައިފި
ކޮނޑޭ ކައުންސިލް ރައީސްގެ ނަތީޖާއަށް ބަދަލެއް ނާދޭ
އެމްޑީޕީއަށް 400 ގޮނޑި، ޕީޕީއެމަށް 325 ގޮނޑި
އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކުރަން މިރޭ ފަށަނީ